އިންޑިއާގެ ގެއެއްގެ ތެރޭގައި ކައްކާ ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާގައި 12 ދުވަހުގެ އަންހެން ކުއްޖެއް ހިމެނޭހެން ދެ ކުއްޖަކު މަރުވެ، އާއިލާގެ އިތުރު ހަތަރު މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެެވެ.

ޗީފް ފަޔާ އޮފިސަރު ޕްރަދީޕް ކުމާރު ޗޯބޭ ވިދާޅުވީ ސެކްޓާ އަށެއްގައި ހުންނަ ޖޭޖޭ ކްލަސްޓާގައި ހުންނަ ގެއެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އޭނާގެ ޑިޕާޓްމަންޓަށް ލިބުނީ ރޭ ދަންވަރު 2:52 ހާއިރު ކަމަށެވެ.

"އެންމެ ކައިރީގައި ހުރި ފަޔަރ ސްޓޭޝަނާއި އެ ތަނާ ދެމެދުގެ ދުރުމިނަކީ ގާތްގަނޑަކަށް 2.5 ކިލޯމީޓަރު. އަލިފާން ނިއްވާ މީހުންނާއެކު ދެ ފެން ޓެންޑަރެއް ހަތަރު މިނެޓުގެ ތެރޭގައި އެ ތަނަށް ދިޔައިރު އަލިފާނުގެ ހާދިސާގައި އާއިލާގެ ހަ މީހަކު އަނދައިގެން ގޮސްފައިވާ ކަން އެނގުނު. އޭގެ ތެރޭގައި ހިމެނެނީ 12 އަހަރުގެ ފިރިހެން ކުއްޖަކާއި އަލަށް އުފަންވި އަންހެން ކުއްޖަކު މަރުވީ އެންމެ 12 ދުވަހުގެ ކުއްޖެއް".

މީީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަލިފާން ގަނޑު ނިއްވާލާފައިވަނީ 20 މިނެޓުންނެވެ. އަދި އަލިފާން ރޯވާން ފެށީ ގޭގައި ބަހައްޓާފައި ހުރި އެލްޕީޖީ ސިލިންޑަރުގައި އެއްޗެއް ގޮވުމުގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު