ޗައިނާއިން ތަޅާލުމަށް ނިންމާފައިވާ މިސްކިތް ސަރަހައްދަށް މުސްލިމުން އެއްވެ ވަރުގަދަ މުޒާހަރާތަކެއް ފެށުމުން ޗައިނާ ސަރުކާރުން މިސްކިތް ތަޅާލުމުގެ މަސައްކަތް މަޑުޖައްސާލައިފިއެވެ،

ނިންޝިއާ ރީޖަންގެ ވީޒޫގައި ހުންނަ އެންމެބޮޑު މިސްކިތް ތަޅާލަން ޗައިނާ ސަރުކާރުން މިދިޔަ ހަފްތާގައި ނިންމީ އެ މިސްކިތް ބިނާކޮށްފާ ވަނީ ހުއްދަނެތި ކަމަށް ބުނެއެވެ.

މިސްކިތުގެ މައްސަލާގައި ޗައިނާ ސަރުކާރުން އަމަލު ކުރަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ޗައިނާގެ އެކި ކަންކޮޅުތަކު އުޅޭ މުސްލިމުން ވަނީ މިސްކިތް ހުރި ސަރަހައްދުގައި އެމީހުންގެ ޝުއޫރުތަށް ފާޅުކޮށްފައެވެ.

"ސަރުކާރުން ބުނަނީ، މިސްކިތް އިމާރާތަކީ ޣައިރުގާނޫނީ އިމާރާތެއް ކަމަށް. އެކަމަކު އެއީ ދޮގެއް. އެއީ، މީގެ އެތައް އަހަރެއްކުރިން އިމާރާތްކޮށްފައިވާ، ދިގު ތާރީޚެއްއޮތް މިސްކިތެއް" މިސްކިތް ހުރި ސަރަހައްދުގައި ހުރި މާ އޭނާގެ ޝުއޫރު ހިއްސާ ކުރިއެެވެ.

މިސްކިތުގެ ދިފާއުގައި ޗައިނާގެ އެކި ކަންކޮޅުތަކު ދިރިއުޅެމުންދާ މުސްލިމުން މިސްކިތް ކައިރިއަށް އެއްވެ އެމީހުންގެ ޝުއޫެރުތަށް ބަންޑުން ކޮށްލިއިރު، ހޮނިހިރު ދުވަހު ސަރުކާރުގެ އޮފިޝަލަކުވަނީ، އެ ސަރަހައްދަށްގޮސް ސަރުކާރުގެ ފަރާތުން ބަޔާނެއް އިއްވާފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މިސްކިތް ތަޅާލުން މިވަގުތަށް މަޑުޖައްސާލަން ސަރުކާރުން ނިންމައިފި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ސަރުކާރުގެ އެނިންމުން އިއުލާން ކުރުމާއެކު މިސްކިތް ސަރަހައްދަށް ޖަވާވި އެތަށް ސަތޭކަ މުސްލިމުން ވަނީ އެސަރަހައްދު ދޫކޮށްގޮސްފައެވެ.

ޗައިނާ ސަރުކާރުން އެ ގައުމުގެ މުސްލިމުންނާމެދު އިހާނެތިކޮށް ހިތާ ކަމަށް ބުނެ ބައެއް ފަރާތްތަކުން މީގެ ކުރިން ވެސް ތަފާތު ބަޔާންތައް ނެރެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަމާރުމޯލްޑިވިއަންމ

    ހުސް ދޯގު ވާހަކަ.މިސްކިތް ތަޅާނީ އޒްރޭލުން

  2. ނަޖްވާ

    މިސްކިތް ތަޅައިގެން އުޅޭ ބަޔެއްގެ އެހީ އަހަރުމެން ހޯދައިގެން ބުރިޖް އަޅަނީ ދޯ؟

  3. ނުރަބޯ

    މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ އުއްތަރުޕްރަދޭޝްގެ އަޔޯދިއާގައި ހުރި 18ވަނަ ގަރުނުގެ ތާރީޚީ މިސްކިތެއް ހައްދުފަހަނައަޅާފައިވާ ހަރުކަށި ހިންދީން ތަޅާ ބިމާ ހަމަ ކޮށްލި. އެއިރު އިންޑިއާ ފުލުހުން އެތާތިބީ އެކަމަށް ހިތްވަރުދޭން މިކަމުގެ ތެރޭގައި އެތައް ބަޔަކު މަރުވި. އެކަމަކު ކަލޭމެންގެ ގުރޫޖީ ކެރަފާ ނަޝީދު މިގައުމުގެ މައި ވައިގެބަނދަރު ހަދިޔާކުރީ އެ އިންޑިޔާއަށް. ވީމާ އެވާހަކަ ނުދައްކާ ޗައިނާގެ ވާހަކަ ދައްކަނީ ކީއްކުރަން؟ ދެން އެންމެ ގިނައިން މިސްކިތްތަކާ އަމިއްލަ ގެދޮރު ތަޅާ ބިމާހަކުރަނީ ޔަހޫދީން އެމީހުނާ ކަލޭމެންގެ ގުރޫޖީ ކެރަފާ ނަޝީދު ވަރަށް ގާތް ގުޅުމެއް ބޭއްވި. އެހެންވީމާ ރީނދޫ ފިކުރުގެ މީހުންނަށް ބުނެލަންއޮތީ ގުދޯގުދޯ ނުގޮވާށޭ އަދި އަނގަ މައްޗަށް ޖަހައިގެން ތިބެ ކުޅުނުޖަހާށޭ އެ ކުޅު ފައިބާނީ ހަމަ ކަލޭމެންގެ ބޮލަށޭ.