އެމެރިކާގައި މަޝްހޫރު، ފާދިރީއެއް ކަމަށްވާ ހިލަރިއަން ހޭގީ އިސްލާމްވެއްޖެ އެވެ. ހިލަރިން އަކީ ނަސޯރާ ދީނުގެ މީހުން ވަރަށް ބޮޑު އިލްމުވެރިއެއްގެ ގޮތުގައި ބަލަމުން އައި މީހެކެވެ. އޭނާ އަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ނަސޯރާ އިން ވެސް ވަރަށް ބޮޑަށް އިހްތިރާމް ކުރެއެވެ.
އިސްލާމް ވުމަށް ފަހު ހޭގީގެ ނަން ވަނީ ސައީދު އަބްދުއްލަތީފްގެ ނަމަށް ބަދަލުކޮށްފަ އެވެ. އިސްލާމްވިކަން އިއުލާން ކުރުމަށް ފަހު އާއްމު ކުރި ބްލޮގް ޕޯސްޓެއްގައި ސައީދު ވިދާޅުވީ އޭނާ އަށް މިއަދު ކުރެވެނީ އަމިއްލަ ގެއަށް އެނބުރި އާދެވުމުގެ އިހްސާސް ކަމަށެވެ.
އިސްލާމްދީން ގަބޫލުކުރުމާ އެކު މުސްލިމުން އޭނާ ބަލައިގަތީ ވަރަށް ފުރިހަމަ މެހެމާންދާރީއަކާއި އިހްތިރާމާ އެކުގައި ކަމަށް ބްލޮގް ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
އިސްލާމްވި ސަބަބާއި ގުޅޭ ގޮތުން އަދި ތަފްސީލްކޮށް ވާހަކަނުދެއްކެވި ނަމަވެސް ސައީދު ވިދާޅުވީ 20 އަހަރުގެ ދިގު ދަތުރަކަށް ފަހު އިސްލާމް ދީނަށް އައުމުގެ ލުއި ލިބިއްޖެ ކަމަށެވެ.
އޭނާ އެހެން ވިދާޅުވުމުން ބައެއް މީހުން މީސް މީޑިއާގައި ބުނެފައިވާ ގޮތުގައި ސައީދު އިސްލާމްދީން ދިރާސާ ކުރަމުން އަންނަތާ 20 އަހަރު ވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ސައީދު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ސައީދު ވިދާޅުވީ ދެން އޮތީ އީމާންތެރިކަން އިތުރުކޮށް ވަރުގަދަކުރުން ކަމަށާއި ދީނަށާއި، އުންމަތަށް އަދި ރަސޫލާއަށް ވަފާތެރިވުންމަތީ ދެމިހުންނަވާނެ ކަމަށެވެ. "މުސްތަގުބަލްގައި ވާނެ ގޮތެއް އަހަންނަކަށް ނޭނގެ. އާ ކަމެއްގެ ތެރެއަށް ދާއިރު ބިރުވެރިކަން އިހުސާސްކުރެވޭނެ. އެކަމަކު، އަހަންނަށް ލިބުނީ ހަމަޖެހުން. އުފާވެރިކަން." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި އިސްލާމް ދީން ގަބޫލުކުރިކަން އިއުލާންކުރި ހިސާބުން ފެށިގެން އޭނާގެ ފޯނަށް ހުއްޓުމެއް ނެތި ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މެސެޖާއި ކޯލުތައް އަންނަނީ ލިބެމުންނެވެ. އެފަރާތްތަކުން ދަނީ އޭނާ އަށް މަރުހަބާ ކިޔަމުން ކަމަށް ވިދާޅުވިއެވެ.
މަރްޙަބާ ލޮބުވެތި އަޚް
الحمدلله.
ماشاء الله
ﷲ ތެދުމަގު ދައްކަވަން އިރާދަކުރެއްވި އަޅަކަށް ނުބައި މަގު ދައްކާނެ ފަރާތެއް ނުވެއެވެ.
ވަކި ބަޔަކަށް ވަކި ގޮތަކަށް އިރާދަ ކުރައްވައިގެން އެ ބަޔަކަށް ވަކި ގޮތަކަށް ކަންތައްތައް ވަނީ އެއީ އެ ބައެއްގެ ބާރު ނުފޯރާ ކަމަކަށް ވާއިރު އެބައެއްގެ ކުށަކީ ކޮބައިތޯ..؟
އަލްޙަމްދު ލިއްﷲ
ޢަލްހަމްދު ލިއްލާހު..ތިބާޔައް ބާއްޖަވެރިކަންހުރި..
ޢަލްހަމްދު ލިއްލާހު..
ދިވެހިނގެ ތެރޭގައި އުޅޭނެ މިކަމާ މޭކަރާ ބަޔަކު އެމްޑީ އެން ކަހަލަ ފާޑުފާޑުގެ ރައިޓްސްތަކުގައި މަސެއްކަތްކުރާ މީހުން
ﷲއަކްބަރ. އިސްލާމްދީނާއި މުސްލިމުން މަތިވެރި ކުރައްވަވައި މުޝްރިކުން ބަލިކުރައްވައި ނިކަމެތި ކުރައްވަވާނދޭވެ.
الحمد الله. ﷲއޭނާއަކީ ފުރިހަމަ މުސްލިމަކު ކަމުގައި ލައްވާ އީމާންކަމާއި އިޙްސާންތެރިކަމުގެ މަގަށް ވާޞިލްވުމުގެ ހެޔޮ ތައުފީޤު ދެއްވާ ފުރިހަމަ މުސްލިމެއްގެ ގޮތުގައި ތައުޙީދުގެ އަހުލުވެރިއެއްގެ ގޮތުގައި އިބަ އިލާާހާއި ބައްދަލުކުރާ އަޅެއް ކަމުގައި ލައްވާންދޭވެ. އާމީން.
ޢައިރު މުސްލިމު ދީންތަކުގެ ފާދިރީން ވަރަށް ގިނައިން އިސްލާމްވެފައި އެބަ ހުއްޓެވެ. އިސްލާމްވަމުން އާދެއެވެ. ނަމަވެސް އިސްލާމްދީނުގެ އެއްވެސް ޢިލްމުވެރިއަކު މުރުތައްދު ނުވާކަމީ ޙައްޤަކީ ކޮބައިކަން ދޭހަވާ އަލިގަދަ ދަލީލެކެވެ.
ޢަލްހަމްދުލިﷲ... އޭނާއަށް މީގެ ކުރިން އިޙްތިރާމް ކުރި އެންމެނަަށް ހިދާޔަތް ދައްކަވާންދޭ..
މަރްޙަބާ ލޮބުވެތި އަޚް
الحمدلله.
ماشاء الله
ﷲ ތެދުމަގު ދައްކަވަން އިރާދަކުރެއްވި އަޅަކަށް ނުބައި މަގު ދައްކާނެ ފަރާތެއް ނުވެއެވެ.
ﷲ އަށް ޙަމްދު ހުރި ، ސަޢީދު އަށް ބާއްޖަވެރިކަން ހުރި .
ނަނަނަ ތިހެން ކިހިނެއްތޯ ބުނާނީ ؟
އެބޭފުޅާ އިސްލާމްދީން ދިރާސާ ކުރާތާ 20 އަހަރުވެއްޖެ
ﷲތަޢާލާ އެންމެހާ އިންސާނުންނަށް ވަސިއްޔަތް ކުރައްވާ ފައިވަނީ ދުނިޔެއާއި މެދު ވިސްނާ ބަލާ ހޯދާ ފިކުރުކުރުމަށް