ޓެސްޓްތަކެއް ހެދުމަށް އިތުރަށް ފައިސާ ނެގި ސްރީލަންކާގެ 8 ހޮސްޕިޓަލެއް ޖޫރިމަނާ ކޮށްފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ހޮސްޕިޓަލްތަކުން ކަނޑައެޅިފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާފައިވަނީ ޑެންގީ އާއި އެންޓިޖެން ފަދަ ޓެސްޓްތަކަށެވެ. އެމައްސަލައިގައި 8 ހޮސްޕިޓަލަކާއި ޕްރައިވެޓް ލެބޯޓަރީތަކެއް 5.5 މިލިއަން ލަންކަން ރުޕީސް އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ހޮސްޕިޓަލްތަކާއި ލެބޯޓްރީތައް ޖޫރިމަނާ ކޮށްފައިވަނީ ކޮލަމްބޯއާއި ގަންގޮޑަވިލާ މެޖިސްޓްރޭޓް ކޯޓުތަކުންނެވެ.

ހޮސްޕިޓަލްތަކެއް އިތުރަށް ފައިސާ ނަގާކަން އެނގިފައިވަނީ ކޮލަމްބޯ ސަރަހައްދުގައި ހުންނަ ކޮންޒިއުމާ އެފެއާސް އޮތޯރިޓީން ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑެއްގެ ތެރެއިންނެވެ.

ދުނިޔޭގެ ގައުމުތަކުގެ ހޮސްޕިޓަލްތަކާއި ޕްރައިވެޓް ތަންތަނުން އާންމުކޮށް ޓެސްޓްތަކާއި އެހެނިހެން ހިދުމަތްތަކަށް އޮންނަނީ އަގެއް ކަނޑައަޅާފައެވެ. ނަމަވެސް ބައެއް ގައުމުތަކުގައި މިފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. ނަމަވެސް އެފަދަ މައްސަލަތައް މީޑިއާއަކަށް ތިލައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު