މިދިޔަ ފެބްރުއަރީ މަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުންތަކަށްފަހު މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުންދާ މީހުން 128 ގަޑިއިރު ފަހުން ސަލާމަތް ކުރި ސަލާމަތް ކުރި ދެ މަހުގެ ތުއްތު ކުއްޖާގެ މިހާރު ހާލަތަކީ ކޮބައިތޯ ބަލަން ބޭނުންވާ އެތައް ބަޔަކު ތިބޭނެއެވެ.

މީގެ ކުރިން ބެލުނުވުނުގޮތުގައި ބިންހެލުމުގައި އެ ކުއްޖާގެ މަންމަ މަރުވީއެވެ. ނަމަވެސް މިހާރު މީޑިއާތަކަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ މަންމަ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ.

އެގޮތުން މިހާރު 56 ދުވަސް ފަހުން މަންމަ އާއި އެ އަންހެން ދަރިފުޅު އަނެއްކާވެސް މި ވަނީ ބައްދަލު ވެފައެވެ.

ޔޫކްރެއިންގެ އިންޓާނަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި މަސައްކަތް ކުރައްވާ އެންޓަން ގެރަޝްޗެންކޯ ވަނީ ފޮޓޯތަކާއި އުފާވެރި ހަބަރު ހާމަކޮށްފައެވެ.

ތުރުކީގެ ނިއުސް ވެބްސައިޓެއްގައި ވާގޮތުން ތުއްތު ކުއްޖާގެ މަންމައަށް އެހެން ހޮސްޕިޓަލެއްގައި ފަރުވާ ދީފައިވާއިރު، އޭގެ 54 ދުވަސް ފަހުން ހެދި ޑީއެންއޭ ޓެސްޓަކަށް ފަހު އެ ކުއްޖާ އާއި މަންމަ މި ވަނީ ހޯދިފައެވެ.

މިއާއެކު އެތައް ބަޔަކު ދަނީ އެ މީހުންގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ.

"މިއީ ވަރަށް އުފާވެރި ހަބަރެއް" މީހަކު ލިޔެފައިވެއެވެ.

"އުފާވެރި ހަބަރެއް. އަހަރެން ވަރަށް އުފާވޭ އެ ދެމީހުން ސަލާމަތްވެ، އެކަކު އަނެކަކާ އަނެއްކާވެސް ބައްދަލުވީމަ. ޝުކުރިއްޔާ މިކަން ހިއްސާކުރީތީ،" އެހެން މީހަކު ބުނެފައި ވެއެވެ.