ގުދުސްގެ އަލް އަޤްސާ މިސްކިތުގެ ތެރޭގައި އިސްރާއީލު ފުލުހުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދިނުމުން ލުބުނާނުން އިސްރާއީލަށް ހަމަލާ ދީފިއެވެ.

އިސްރާއިލް ސިފައިން ބުނެފައިވާގޮތުގައި، އެ ގައުމުން ފޮނުވި ރޮކެޓެއް ސިފައިން ވަނީ ހުއްޓުވާފައެވެ.

"ލުބުނާނުން އިސްރާއީލުގެ ސަރަހައްދަކަށް ރޮކެޓެއް ފޮނުވާލި އިރު އެ ރޮކެޓެއް ކާމިޔާބުކަމާއެކު ވަނީ ހުއްޓުވާފައި". އިސްރާއީލްގެ ސިފައިން ނެރުނު ބަޔާނެއްގައި ވެއެވެ.

ސިފައިން ބުނިގޮތުގައި، ޝްލޮމީ ޓައުން އާއި އިސްރާއީލުގެ އުތުރުގެ މޮޝަވް ބެޓްޒެޓްގައި ހަމަލާއެއް އަންނާނެ ކަމުގެ އިންޒާރުދޭ ސައިރެންސް އަޅުވާފައި ވެއެވެ.

ލުބުނާނުގެ ދެކުނުން ވެސް ދެވަނަ ރޮކެޓް ހަމަލާއެއް ދީފައިވާކަމަށް ލުބުނާނުގެ ސަލާމަތީ ދެ މަސްދަރަކުން ރޮއިޓާސް ނޫސް އެޖެންސީއަށް ކިޔައިދިނެވެ.

އަދި ރޮކެޓުގެ ހަމަލާގައި ކުޑަކުއްޖަކު ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި އިސްރާއީލުގެ ރައްޔިތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ތިބުމަށް އަންގަމުންދާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާއާ ގުޅިގެން ލުބުނާނުގެ އަސްކަރިއްޔާއާއި އދ.ގެ އިންޓަރިމް ފޯސް އިން ލުބުނާން (ޔުނިފިލް) އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒަބޫރު

    ކޮންފަދަ ލުބުނާނުގެ ހިޒްބުﷲ އާއި އިސްރާއީލްގެ
    3ވަނަ ކުރިމަތިލުމެއް ހިނގައިފިއްޔާ

    24
    1
  2. ޑެނީ

    ތީ ހަގީގީ މުސްލިމުންނަކީ ލުބުނާން އައް ސެލިއުޓް

    38
    1
  3. ރެފްރީ

    ސާބަސް ސާބަސް ދީފަބަހަށްޓާ

    22
  4. ިސިސޖ

    ައިސްރޭލު ސޮޑުންތައް ހުސްކޮށްލާ..ސާބަހޭ

  5. އަލި

    އަލްހަމްދު ލިއްލާހި... ހަމަލާދީ މުޅި އިސްރާއީލް ސުންނާފަތިކޮއްލާ... ތި އިޒުރެލަކީ މުސްލިމް އުއްމަތަށް ޖެހިފައ އޮތް ބޮޑު މުސްީބާތެއް..