ޓިނުތަކެއް ވަގަށް ނަގައިގެން ޔޫގެންޑާގެ މިނިސްޓަރެއް ކަމަށްވާ މެރީ ގޮރަޓީ ޖަލަށް ލައިފި އެވެ.

މިނިސްޓަރު ހައްޔަރުކޮށްފައި ވަނީ އޭނާގެ ޝަރީއަތް ފެށުމުގެ ކުރިންނެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ދާނެ އެވެ.

މިނިސްޓަރު ކަފާލާތުން ދޫކޮށްލުމަށް އެދިވަޑައިގަން ނަމަވެސް ކޯޓުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

އެ މައްސަލައިގައި މިނިސްޓަރުގެ ބޭބެއަކަށް ވެސް ދައުވާ އުފުލި އެވެ.

މިނިސްޓަރު ވަގަށް ނެގި ޓިނުތަކަކީ ޔޫގެންޑާގެ އެންމެ ފަގީރު ހިސާބުތަކުގައި އަޅާ ހައުސިން ޔުނިޓްތަކަށް ގެންދިއުމަށް ހުރި ޓިނުތަކެއް ކަމަށް ވެއެވެ.

ނަމަވެސް މިނިސްޓަރު ވަނީ އެ ޓިނުތައް ބޭނުންކޮށްގެން އޭނާގެ މަންމަގެ ގެވެސް ހިޔާ ކުރުމަށް ބޭނުންކޮށްފަ އެވެ.

އެތައް ހާސް ޓިނުތަކެއް ނެގި ކަމަށް ތުހުމަތު ކުރެވޭ އެ މައްސަލައިގައި ސަރުކާރުގެ އިތުރު 10 މީހެއްގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވެއެވެ.

އޭގެ ތެރޭގައި ޔޫގެންޑާގެ ރައީސް އާއި ބޮޑުވަޒީރު ވެސް ހިމެނިވަޑައިގަންނަވައެވެ.

އެ މައްސަލަ ހޫނުވުމުން ބޮޑުވަޒީރު ވަނީ ޓިނުތައް އަނބުރާ ރައްދުކުރުމަށް ގޮވާލައި މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.

އެ މައްސަލައިގައި ޔޫގެންޑާގެ ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ޔޫގެންޑާއަށް އެހީގެ ގޮތުގައި ލިބުނު އެތައް މިލިއަން ޑޮލަރެއް ދެ މިނިސްޓަރަކު ބޭނުން ކުރި މައްސަލައެއް ވެސް ފެންމަތިވެފަ އެވެ.

އެފްރިކާގެ ގައުމުތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ވަރަށް ބޮޑުކަން ފާހަގަ ކޮށްލެވެ އެވެ،

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކެލާ އާރިފް

    ދިވެހިރާއްޖޭގަވެސް މީގެކުރިން މިފަދަކަމެއްވަނީ ހިގާފަ، ޓިނުތަކެއް ވަގައްނަގައިގެން އެމީހަކުވަނީ އަރުވާލާފަ، މިހާރު އެމީހަކުދަނީ ދެޕާޓީއެއް އެއްކޮށްލައިގެން ހަދާފައިވާ ކޯލީޝަންގެ އިސްމީހެއްގެ ގޮތުގަ ހަރަކާތްތެރިވަމުން، އޭނައަކީ މަޖިލިސްގަ ވަރަށް ހަޑިހުތުރު ވާހަކަދައްކާމީހެއް އަދި އަވގުރާނަގޮވާމީހެއް

    29
    6
    • Anonymous

      ޓިނުތަކެއް ވަގަށް ނެގީއެއް ނޫނެވެ. އިލްޔާސް އިބްރާހީމު އަށް އަނބިމީހާ ނުދިނީމާ ކަމެއް ބޮލުގައި އަޅުވާފައި ޖަލަށްލީއެވެ.

      16
      13
  2. އަލީ

    މިގައުމުގަ ވެސް ތިކަހަލަ ކަމެއް ހިނގިޔޭ ކިޔާ. ފަހުން ހަމަ އެބޭފުޅާގެ ދަރީގެ އައިނެއްގެ ވާހަކަ ވެސް ކިޔާ

    13
    2
  3. ެައަބްދޫ

    ޢަދުރެއާއެކުތަ

    12
    3
  4. ވާނުވާ

    އަދުރޭ އާ ދެބެންގެ ދެދަރިތޯއްޗެ

    14
    4
  5. ހުސްކުރާސޭލް

    އަދުރޭކައިރިންދަސްކުރީ ދޯ ؟

    11
    5
  6. ޢަހޫ

    ޢަދުރޭ މާކުރީގައުޅެނީ ތިކަމުގަ ސަދިކިރިޔާދޯ ޔޫގެންޑާމީހުންނަށް ތިކަންދަސްވީ

    12
    4
  7. ކިޔު

    އެހެންވީމަ ތިޔާ ޓިނުވަގު މިނިސްޓަރުތާ!

    11
  8. އަމްރު

    އަދުރޭއާއި ގުޅުމުން އިތުރައް ސާފުވާނެ ޓިނުތަކައް ވީގޮތް

    12
    6
    • Anonymous

      ކާޕެޓު ވަގަށްވީގޮތް ސާފުވާނެގޮތެއް ނެތްތަ؟

  9. ބޮކި

    ޓިނުއަދުރޭގެ ދެވަނަ.......

    3
    1
  10. Anonymous

    ކާޕެޓް ވަގަށްނަގައިގެން ފ
    ޟިގައުމުގެ ފޮރިން މިނިސްޓަރު ކީއްވެ ޖަލަށް ނުލީ. ލާންޖެހޭނެ.

  11. ޓިނުއަދުރޭ

    ނަންވާނީ އަދުރޭ..

  12. އަދުރޭ

    ތިކަން ކުރަން ނޭނގުނީ

    4
    1
  13. ޓިނޭ

    ތިވެދާނެ އަދުރޭގެ ތިމާގެ މީހަކަށް.

    4
    3
  14. Anonymous

    އަދުރޭ ބާވެފައި އޮތް ދެގަނޑު ޓިނު ނެގީމަ މިރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކުކޮށް މީހުންނަށް ހަޖޫޖަހައި ވަނަން ކިޔުމުގައި އަރާތިބި އެމްޑީޕީ ގުންޑާއިން ޓިނުއަދުރޭ ކިޔަނީ. ކޮބާތޯ ފޮރިން މިނިސްޓަރު ވަގަށް ގެންދިޔަ ކާޕެޓް އަދި އަގުބޮޑު ތަށިބަރި. ކާޕެޓް ސާހިދު ނޫނީ ތަށިބަރި ސާހިދު ކިޔަންވީނޫންތޯ. މާތާހިރުވާނެ.
    އިބޫ ރާއްޖޭގެ ބައެއް ބަޔަކަށް ދީފައިވަނީ. ފޯޅަވަހި އިބޫ ކިޔަންވީނޫންތޯ. މައިބަދަ ނަސީދުވެސް ސަޅި ނަމެއް.

    6
    1
  15. ވެލިދޫ

    އަދުރޭޔާ މީނަޔާ ކައިވެނިކުރާ ދުވަހެއްދެކެން އެއްމެ ބޭނުންވަނީ !

  16. ހަންޕާންޗް

    އަދުރޭ ސޯގެ ދަރިވަރަކަށްވާނީ