އިރާނުގައި ބުރުގާ ނާޅައި ނިވާ ނުވެ މަގުމަތީގައި އުޅޭ މީހުން ދެނެގަތުމަށް އެ ގައުމުގެ ފުލުހުން ސްމާޓް ކެމެރާ ބޭނުން ކުރުމަށް ނިންމާފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބުރުގާ ނާޅައި މަގުމަތީ އުޅޭ މީހުން ދެނެގަތުމަށް ކެމެރާ ބޭނުންކޮށް ފިޔަވަޅު އަޅާނެއެވެ.

ފުލުހުން ބުނި ގޮތުގައި ހެދުން އެޅުމުގެ އުސޫލާ ޚިލާފުވެގެން އުޅޭ އަންހެނުންނަށް އެމީހުންގެ އަމަލުތަކުގެ ނަތީޖާއާ ބެހޭ ގޮތުން އިންޒާރުދޭ ޓެކްސްޓް މެސެޖުތައް ލިބޭނެއެވެ.

އީރާނުން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ އީރާނުގައި މިފަހުގެ ތާރީޚެއްގައި ބުރުގާ އަޅާ މީހުން މަދުވެ ބުރުގާގެ މައްސަލައެއްގައި 22 އަހަރުގެ ޤުރްދިޝް އިރާނިއަން އަށް ނިސްބަތްވާ މާސާ އަމީނީ ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވުމާ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ބުރުގާ ނަގައިގެން އެ ގައުމާއި އަދި އެހެން ގައުމުތަކުގައިވެސް އިހުތިޖާޖުތައް ކުރިއެވެ.

އީރާނުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.

އޭނާގެ މަރާ ގުޅިގެން އީރާނުގެ ގިނަ ބަޔަކު ދަނީ މަގުތަކެއް ނުކުމެ ސަރުކާރާއި ދެކޮޅަށް ޝުއޫރުތައް ފާޅުކޮށް އަދި ބުރުގާ ވެސް އަންދަމުންނެވެ.

އީރާނުގައި މިހާރު ގާނޫނު އޮންނަ ގޮތުން ހުރިހާ އަންހެނުން ވެސް ބުރުގާ އަޅަން މަޖުބޫރެވެ. ބުރުގާ ނާޅާނަމަ ކުރިން ހަރުކަށި އަދަބު ދިން ނަމަވެސް މިހާރު ބުރުގާ ނާޅައި ނުވަތަ ފެޝަން ބުރުގާ އަޅައިގެން ބޯ ރަނގަޅަށް ނިވާނުކޮށް އުޅޭނަމަ ގެންދަނީ "ރީ އެޑިއުކޭޝަން " ކްލާހަކަށެވެ. އަދި އާއިލާގެ މީހަކު ރަނގަޅު ބުރުގާއެއް ހިފައިގެން އައިސް ހަވާލުވުމުން ދޫކޮށްލައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާސް

    ރަނގަޅު. ޝީން މިދަނީ ދީނީ މިންގަޑުތަށް ހިފެހެއްޓުމަށް ޓެކްނޮލޮޖީބޭނުން ކުރަމުން. އެކަމަކު ސުންނީ ސައުދީއިން މިހާރު ފެންނަނީ ޓެކްނޮލޮޖީއިން މިއުޒިކާއި އެންޓަޓެއިންމަންޓު ކުރިއަރުވައި ދީނީ މިންގަޑުތަށް މުޖުތަމައުގެ ތެރެއިން ދޫކުރަމުން. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ފާޅުގައި އަނިޔާވެރިވެ އުދުވާން ހިންގަމުން އަގްސާ މިސްކިތަށް ގެއްލުންދެމުންދާއިރު ޝީންގެ ލުބުނާނުން އެވަނީ އިސްރާއީލަށް ރޮކެޓު ހަަމަލަދީފަ. އެކަމަކު ސުންނީ ސައުދީއިން އެތިބަ ފެންނަނީ ބަހުގެ ހަމަލާދީފައި ތިބޭތަން.ި މިއީ މިއަދު މުސްލިމުންގެ ހާލަތު. ދުނިޔޭގައި އެތަކެއް ސަތޭކަ މިލިޔަން ސުންނީ މުސްލިމުން އެބަތިބި.

    2
    2
  2. Anonymous

    އިރާނުގެ ޝީޢީންނަކީ ބިދުޢަވެރި ޝިރުކުގެ ތެރެއަށް ވަދެގެން އުޅޭ ޖަމާޢަތެއް. އެމީހުންގެ ކަންތައް ހުންނާނީ އެހެން. ބޯ ނިވާނުކުރާ އަންހެނުންނަށް ވެސް ގަދަކަމުން ބޯ ނިވާކުރުމަށް މަޖުބޫރުކޮށް ތަންތާ ހުޅުޖަހާ ބިއްލޫރިތައް ތަޅާލާ މީހުން މެރުން
    އަހުލުއް ސުންނާ ވަލްޖަމާޢަތާ އެތައް ކަމެއް އެމީހުން ތަފާތު

    • އަލީ ލަޠީފް

      އަހުލުއްސުންނާގަ އޮންނަނީ ޒަކާތް ނުނެރޭ މީހުންގެ ގޭގައި ރޯކޮށްލުން.
      ނަމާދު ނުކުރާމިހުންގެ ބޯ ކަނޑާލުން.
      ޒިނޭކުރާމީހުން ރަޖަމް ކުރުން.