އިންޑިއާގެ ބިހާރުގެ ބޯދްގަޔާގެ ތަރުކާރީ މާރުކޭޓެއްގައި މިއަދ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އެ މާރުކޭޓުގެ 115 ފިހާރައެއް އަނދާ ހުލިވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރޯވި އަލިފާންގަނޑު ކުޑަ ހިނދުކޮޅެއްގެ މުޅި ސަރަހައްދަށް ފެތުރި، އެތައް ފިހާރަތަކެއް ވަނީ އަންދާފައެވެ. މިއާއެކު އެ އަލިފާންގަނޑު ކޮންޓްރޯލް ކުރަން އާއްމުންނަށް ބޮޑު ތަކުލީފަކަށް ވެގެން ދިޔައެވެ.

އެތަނުގައި އެވަގުތު ތިބި ބައެއް މީހުން ބުނި ގޮތުގައި އަލިފާންގަނޑު ބޮޑަށް ފެތުރިގަތީ އެލްޕީޖީ ސިލިންޑަރުތަކެއް ގޮވި ފަހުންނެވެ.

އެ މާރުކޭޓުގައި ކާބޯތަކެތީގެ އައުޓްލެޓް އޮޕަރޭޓް ކުރާ މީހެއް ކަމަށްވާ މުހައްމަދު ރާޖޫ ބުނީ، އަލިފާންގަނޑު އެހާ ބޮޑުވުމުން، އަލިފާން ނިއްވަން އެއްވެސް މީހަކު މާބޮޑު މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ސިލިންޑަރު ގޮއްވާލުމާ އެކު އެ އަލިފާންގަނޑު އިތުރަށް ފެތުރި ގަތް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ ފިހާރަތައް އިތުރަށް އަނދައިގެން ދިޔަ ބޮޑަށް ފެތުރުމާއެކު، އަލިފާނުގެ ހާދިސާގައި 115 އާއި 117 ފިހާރަ އެއްކޮށް ހަލާކުވެ އެތައް ލައްކަ ފައިސާގެ ގެއްލުމެއް ވަނީ ލިބިފައި. އެންމެ ފަޔަރ ބްރިގޭޑެއް މިތަނަށް އައީ، އެއީވެސް ލަސްވެގެން، އެހާ ހިސާބުން މާރުކޭޓުގެ ބޮޑުބައެއް އޮތީ އަލިފާން ރޯވެފައި".

އަދި މި ހާދިސާގައި 5-6 ސައިކަލެއް ވެސް އަނދާފައިވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. އަދި އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމުން ފުލުހުންވެސް އެ ސަރަހައްދަށް އެއްވިއެވެ.

މިހާތަނަށް އައިއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިގެން ރިޕޯޓް ކޮށްފައެއް ނުވެއެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ވެސް އަދި ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ގެރިމޯދީގެ ބަލާވެރިކަން ދޯ.

    4
    2