ދެކުނު ކޮރެއާގެ އާބާދީ މަދުވަމުން ދިއުމަކީ އެގައުމުގެ ސަރުކާރުގެ އެންމެ ބޮޑު ބޮލުގެ ރިހުމެވެ. މިހާރު އެގައުމުގައި އޮތް އާބާދީ މުސްކުޅިވާއިރު، މަސައްކަތުގެ ދާއިރާއަށް ނިކުންނާނެ ޒުވާނުންނެއް އެކަށީގެންވާ އަދަދާއި ގާތައް ވެސް ނުލިބޭނެކަން ތަފާސް ހިސާބުތަކުން ކަށަވަރު ވެއެވެ.
2022 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދެކުނު ކޮރެއާގެ ކޮންމެ އަންހެނަކު ހޯދާ ކުދިންގެ ނިސްބަތް ވަނީ 0.78 އަށް ވެއްޓިފައެވެ. އެއީ އޭގެ ކުރީއަހަރު އެވްރެޖް ހުރި 0.81 އަށް ވުރެ ވެސް ދަށް އަދަދެކެވެ. ދެކުނު ކޮރެއާގެ އާބާދީ އެކަށީގެންވާ އަދަދެއްގައި ހިފެހެއްޓުމަށް މިއަދަދު 2.1 އަށް އިތުރު ކުރަން ޖެހެއެވެ.
އެހެންކަމުން އާބާދީ އިތުރު ކުރުމަށް ދެކުނު ކޮރެއާގެ ސަރުކާރުން އަންނަނީ ސަރުކާރަށް ހެދެން އޮތިއްޔާ އޮތް ފަނޑިތައެއް ހަދަމުންނެވެ.
ދެކުނު ކޮރެއާ ސަރުކާރުން މިހާރު ނިންމާފައި ވަނީ އަލަށް މައިންބަފައިންނަށްވާ މީހުންނަށް ހަދިޔާއެއްގެ ގޮތުން 10000 ޑޮލަރު ދޭން ނިންމާފައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް -/160000 ރުފިޔާ އެވެ. އޭގެ އިތުރުން ލިބޭ ދަރިފުޅަށް އެއްއަހަރު ވަންދެން ކޮންމެ މަހަކު ގާތްގަނޑަކަށް 500 ޑޮލަރު ދޭނެއެވެ. އެއްއަހަރާއި ދެއަހަރާއި ދެމެދުގެ ކުދިންނަށް މަހަކު ގާތްގަނޑަކަށް 250 ޑޮލަރު ދޭނެއެވެ.
އެކަނިވެރި މައިން ނުވަތަ ބަފައިންނާއި، ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކަށް ދަރިން އެލެމެންޓްރީ ސްކޫލް ނިމެންދެން ސަރުކާރުން ކޮންމެ މަހަކު ވަކި އަދަދެއްގެ ފައިސާ ދޭނެއެވެ.
މީގެ އިތުރުން މާބަނޑުވާ އަންހެނުންގެ ބޭސް ފަރުވާގެ ހުރިހާ ހަރަދެއް ވެސް ހަމަޖައްސާނީ ސަރުކާރުންނެވެ.
ދެން ސަރުކާރުން އިތުރަށް ދޭނެ އިނާޔަތްތަކުގެ ތެރޭގައި ދިރިއުޅުމަށް ވިއްކާ ފްލެޓްތައް ހުންނަ އިމާރާތްތަކުގައި ކުދިން ކުޅޭނެ ތަންތަން ހެދުމާއި، އަދި އެތަންތަނުގައި ހުންނަ ކުޅޭ އެއްޗެހި އެއްވެސް އަގަކާއި ނުލައި އެކުދިން ބޭނުންނަމަ ގެންދިއުމުގެ ފުރުސަތު ދިނުން ފަދަ ކަންކަން ވެސް ހިމެނެއެވެ.
ދެކުނު ކޮރެއާ އިން އަންނަނީ ތައުލީމީ ދާއިރާއަށް ކުރާ ހޭދަ ވެސް މިހާރު އިތުރު ކުރަމުންނެވެ. މިދިޔަ އަހަރު ވެސް އެގައުމުން ތައުލީމީ ދާއިރާ އަށް 19 ބިލިއަން ޑޮލަރު ހަރަދު ކުރިއެވެ.
ނަމަވެސް މިހުރިހާ ކަމަކުން ވެސް ދެކުނު ކޮރެއާގެ އާބާދީ އިތުރުވެދާނެ ކަމުގެ ނިޝާނެއް އަދި ނުފެނެއެވެ.
މަމިދަނީ މަގޭގެ ފަނި %110 ޕާރފޯމްކުރޭ - 4 މީހުންނާއި އެއްފަހަރާ ކައިވެނި ކުރެވޭނެ އަންމީހާ ބޭނުންވާ އުސޫލުގެމަތިން
ރަސޫލުﷲ އެންގެވީ ތިޔަބައިމީހުން ގިނައިން ދަރިން ހޯދުމަށެވެ. އެހެންނަމަވެސް މާމޮޅު ޑިމޮކްރަސީއެކޭކިޔާ ދީނާ އިދިކޮޅު ފިކުރެއް ގެނެސް ކަލޭމެން ތަރައްގީއޭ ކިޔައި ދޭތެރެދުރުކޮށް ހެދީއެވެ. އެކަމުގެ ސަބަބުން ރަހިމުގެ ކެންސަރުވެސް ޖެހެން މެދުވެރިވީއެވެ.
މިއަދު ގަބޫލުކުރަންވީ ހަގީގަތަކީ ﷲގެރަސޫލާގެ ބަސްފުޅުގެ ތެދުކަމެވެ. ދަރިން ގިނައިން ހޯދުމަކީ ރިޒުގު އިތުރުވާ ކަމެކެވެ.
ރަހިމުގެ ކެންސަރު ޖެހެނީ ފިރިހެނުންގެ ފަރާތުން