ޗައިނާ ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ ވެއްޖެއެެވެ.

އދ. އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން އިންޑިއާގެ އާބާދީއަކީ 142.86 ކްރޯޑެވެ. ޗައިނާގެ އާބާދީއަކީ 142.57 ކްރޯޑެވެ.

މިއީ 1950 ވަނަ އަހަރުގެ ފަހުން އާބާދީގެ ތަފާސް ހިސާބުތައް އެއްކުރަން ފެށި ފަހުން އދ.ގެ އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ލިސްޓުގެ އެއްވަނަ އަށް އިންޑިއާ އެރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޗައިނާގެ އާބާދީ ދަށަށް ދާން ފެށިތާ ދުވަސްތަކެއް ވެއްޖެއެވެ. މިއާއެކު އެ ގައުމުގެ ބައެއް ސަރަޙައްދުތަކުން ވެސް އުފަންވާ ނިސްބަތް އިތުރުކުރަން ނިންމާފައިވާކަން ވަނީ އިއުލާނު ކޮށްފައެވެ. އެހެން ނަމަވެސް ރަސްމީ ގޮތުން މިހާތަނަށް ކުރި މަސައްކަތުން ވެސް އެ އަދަދު މައްޗަށް ނުދާކަމަށް ދައްކައެވެ.

އިންޑިއާގައި މިހާރު ދިިރިއުޅެމުންދާ މީހުންގެ ސީދާ އަދަދު އަދި ނޭނގެއެވެ. އެ ގައުމުގައި 2011 ވަނަ އަހަރުގެ ފަހުން އަދި ބޯހިމަނާފައެއް ނުވެއެވެ.

އެ ގައުމުގައި ކޮންމެ 10 އަހަރަކުން އެއްފަހަރު ބޯހިމަނާއިރު، 2021 ވަނަ އަހަރު ފަށަން ތައްޔާރުވެސް ވިއެވެ. ނަމަވެސް ކޮވިޑް-19 އާ ހެދި އެކަން އޮތީ މަޑުޖައްސާލަފައެވެ.

އދ.ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާގެ އާބާދީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބަޔަކީ 14 އަހަރުން ދަށުގެ ކުދިންނެވެ. އަދި އާބާދީގެ %68 މީހުންނަކީ 15 އަހަރާއި 64 އަހަރާ ދެމެދުގެ މީހުން ކަމަށް ދައްކާއިރު، %7 އަކީ 65 އަހަރުން މަތީގެ މީހުން ކަމަށްވެސް ބުނެފައި ވެއެވެ.

އދ.ގެ އާ ރިޕޯޓުގައިވާގޮތުން 2023 ވަނަ އަހަރުގެ މެދުތެރޭގައި ދުނިޔޭގެ އާބާދީ 8.045 ބިލިއަނަށް އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާައެކްސް

    ޢެންމެބަލާބޮޑީވެސް

    13
  2. މުޖުތަބާ

    އާބާދީ ބޮޑުވީމަ ނިމުނީތަ.!!! ފަގީރުންގެ ނިސްބަތް އިންތިހާއަށް މަތީގަ.. ތަޢުލީމީ ހޭލުންތެރިކަމާއި، އިޖުތިމާޢީ ހޭލުންތެރިކަން އެހާ ދަށް.. ގެރިގޮރުްން މޫނުދޮވުމާއި އަންހެނުން ރޭޕްކުރުން އެންމެ ކުރީގަ.. ހަޑި މުޑުދާރު ދިރިއުޅުމުން 1 ވަނަ.

    14
    • މަ

      ހިންދޫ ދީނުގެ މީހުން އެހާ ގިނަ ކަމަށް އޮތީ 🤲

  3. މުޙައްމަދު

    މިއާބާދީއަކީ އިންސާނުންނާ ގެރީގެ އާބާދީއެއްތަ