މެލޭޝިއާ އާއި، ބްރޫނާއީއަށް ވެސް މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހޮނިހިރު ދުވަސް ކަން އިއުލާނު ކޮށްފިއެވެ.

މެލޭޝިއާ އާއި ބްރޫނާއީން މިގޮތަށް އިއުލާނު ކޮށްފައި ވަނީ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީއެވެ.

އަރަބި އައި އިސްލާމީ ގައުމަކަށް ޝައްވާލް މަހުގެ ހަނދު މިއަދު ނުފެންނާނެ ކަމަށް، ބައެއް ފަލަކީ އިލްމުވެރިން ދަނީ ބުނަމުންނެވެ.

އެހެންކަމުން މި ދެ ގައުމަށްވެސް މާދަމާ އަކީ ރޯދަ މަހުގެ އެންމެ ފަހު ދުވަހެވެ.

ކީރިތި ރަސޫލާގެ ސުންނަތުން އަދި ފަލަކީ އިލްމީ ހަގީގަތްތަކުން ސާބިތުވާ ގޮތުގައި ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ. ބައެއް އިލްމުވެރިން ބުނާ ގޮތުގައި މިއަދު އިރު އޮއްސުމާ އެކު، އިސްލާމީ ޝަރުއީ ހަމަތަކުގެ މަތިން ރަމަޟާން މަސް ނިމި ޝައްވާލް މަސް ފެށޭނެއެވެ.އިރު އޮއްސުމުގެ މާ ކުރިން، އައު ހަނދު އުފަންވެފައިވާތީ މިއަދަކީ ރަމަޟާން މަހުގެ ފަހު ދުވަހެވެ. އަދި ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ވެސް އެ އިލްމުވެރިން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދިވެހިރާއްޖޭގައި އުޅޭ މަހާ ކަހީނުގެ ބަސް ދޮގުވީ ދޯ. އެހެން މީހުން ހަދާ ހިސާބަށް ބަރޯސާވެގެން ފަތުވާ ނެރެންޏާ މަހާ ކަހީނަށް ވާނީ އެހެން ދޯ.

  2. އަވަށުމީހުން

    ރާއްޖެއަށް ހުކުރު އީދެއް .