ޕާކިސްތާނަށް އަހަރުގެ ފިތުރު އީދު ދުވަހަކީ ހޮނިހިރު ދުވަސް ކަން އިއުލާނު ކޮށްފިއެވެ.

ޕާކިސްތާނުގެ ރުއެޓް އެ ހިލާލް ކޮމިޓީން ބުނީ އަންނަ ހޮނިހިރު ދުވަހަކީ އެ ގައުމުގައި ފިތުރު އީދު ދުވަސް ކަމަށެވެ.

ބައްދަލުވުންތައް ބޭއްވުމަށްފަހު އަދި ގައުމުގެ އެކި ކަންކޮޅުތަކުގައި މަޝްވަރާކޮށްގެން ހަނދު ފެނުނު ކަން ހޯދިފައި ނުވާ ކަމަށް ހަނދު ބަލާ ކޮމިޓީން ބުންޏެވެ.

އެހެންކަމުން މާދަމާ ފާހަގަކުރާނީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށްވެސް ބުނެފައި ވެއެވެ.

ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކަށް ހަނދު ފެނިފައިވާތީ ހުކުރު ދުވަހަކީ އީދުކަން އިއުލާނުކޮށް ޝަވާލް މަހުގެ ފުރަތަމަ ދުވަސް މާދަމާ ފަށާނެ ކަމަށް ބުނެފައި ވެއެވެ.

ކީރިތި ރަސޫލާގެ ސުންނަތުން އަދި ފަލަކީ އިލްމީ ހަގީގަތްތަކުން ސާބިތުވާ ގޮތުގައި ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ.