ފަލަސްތީނަށްވެސް މާދަމާ އަކީ ފިތުރު އީދުގެ ފުރަތަމަ ދުވަސް ކަން އިއުލާނު ކޮށްފިއެވެ.

އެގައުމުގައި ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ މާދަމާ އަކީ އީދު ދުވަހުގެ ފުރަތަމަ ދުވަސް ކަން އިއުލާނު ކޮށްފައެވެ.

ރުއެޓް އެ ހިލާލް ކޮމިޓީ ޕާކިސްތާނުން ބުނީ އަންނަ ހޮނިހިރު ދުވަހު އެ ގައުމުގައި ފިތުރު އީދު ފާހަގަ ކުރާނެ ކަމަށެވެ.

ބައްދަލުވުންތައް ބޭއްވުމަށްފަހު އަދި މުޅި ގައުމުގައި މަޝްވަރާކޮށްގެން ހަނދު ފެނުނު ކަމުގެ ތައުރީފު އަޅުގަނޑުމެންނަށް ހޯދިފައި ނުވާ ކަމަށް ހަނދު ބަލާ ކޮމިޓީން ބުންޏެވެ.

މި އިއުލާނާއެކު މާދަމާ ފާހަގަކުރާނީ ރަމަޟާން މަހުގެ ފަހު ހުކުރު ދުވަސް ކަމަށްވާ ޖުމަތުލް ވިދާ އެވެ.

ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ގައުމުތަކުން ވެސް ވަނީ ހުކުރު ދުވަހު އީދު އިއުލާނުކޮށް ޝަވާލް މަހުގެ ފުރަތަމަ ދުވަސް މާދަމާ ފަށާނެ ކަމަށް ބުނެފަ އެވެ.

ކީރިތި ރަސޫލާގެ ސުންނަތުން އަދި ފަލަކީ އިލްމީ ހަގީގަތްތަކުން ސާބިތުވާ ގޮތުގައި ކޮންމެ ހަނދު މަހެއްގައި ވެސް އޮންނާނީ 29 ދުވަސް ނުވަތަ 30 ދުވަހެވެ.