އިންޑިއަން އެއާފޯސް ސިފައިންގެ މިގް-21 މަރުކާގެ މަތިންދާ ބޯޓެއް ރާޖަސްތާނުގެ އަވަށެއްގެ ގެއެއްގެ މައްޗަށް ވެއްޓި ތިން މީހަކު މަރުވެ ތިން މީހަކު ޒަހަމްވެއްޖެއެވެ.

ސޫރަތުގަރް ސިޓީގެ އެއާބޭސް ފުރައިގެން ދަތުރު ކުރަމުން ދިޔަ އެ ބޯޓު ރަޖަސްތާންގެ ބަހްލޯލް ނަގަރް ކައިރިއަށް ވެއްޓުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޓެކްނިކަލް މައްސަލަ ދިމާވުމާއެކު ޕައިލެޓް ވަނީ ބޯޓުން ފުންމާލައިފައެވެ. އޭނާ ސަލާމަތްވެފައިވާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއަން އެއާފޯސް (އައިއޭއެފް) އިން ބުނީ ކުދި ކުދި ޒަހަމްތައް ލިބުނު ޕައިލެޓް ސަލާމަތް ކުރުމަށް ހެލިކޮޕްޓަރެއް ފޮނުވާފައިވާ ކަމަށެވެ.

"ޕައިލެޓަށް އޮންބޯޑް އިމަޖެންސީއެއް ދިމާވެ، މިހާރު އަމަލު ކުރަމުން އަންނަ އިޖުރާއަތުތަކާއި އެއްގޮތަށް މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭތޯ މަސައްކަތް ކުރި. އެކަން ނުކުރެވުމުން އޭނާ ވަނީ ބޯޓުން ފުންމާލާފައި".އައިއޭއެފް އިން ބުނެފައި ވެއެވެ.

އައިއޭއެފުން ބުނީ ބޯޓު ވެއްޓުނު ސަބަބު ދެނެގަތުމަށް ތަހުގީގު ކުރުމަށް އަންގާފައިވާ ކަމަށެވެ.

"އައިއޭއެފްގެ މިގް-21 މަރުކާގެ މަތިންދާބޯޓެއް މިއަދު ހެނދުނު ސޫރަތުގަރް ކައިރިއަށް ވެއްޓުނީ ރޫޓިން ޓްރެއިނިންގެ ތެރެއިން. އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރުމަށް ވަނީ ނިންމާފައި."

އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި ބާރު އަޑެއް އިވުމާއެކު، ކުއްލިއަކަށް މަތިން ޕެރަޝޫޓެއް މަތިން އަންނަތަން ފެނުނެވެ. އޭގެ ސިކުންތުކޮޅެއްގެ ތެރޭގައި މަތިންދާބޯޓެއް ރާތީ ރާމްގެ ގެއަށް ވެއްޓުނު ކަމަށްވެސް ބުންޏެވެ. އަދި އެގެއިން ތިން މީހަކު މަރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ދިރާސާ ކޮށްފަ ހުރި ގަނޑު ތައް ޓީ.ވީ ސްކްރީން އަށް ފެއްނަގޮތަށް ދައްކާތަން ފެނޭ. މި ޝަހީދު އަށް ނުފެނުނީ އަނެއްކާ ކީއްވެ ބާ؟ އިބޫ އަށް ވައިޖެހިޔަސް ދައްކަން ވާނީ ހަމަޖެހޭ ވާހަކަ ދޯ!