އިސްރާއީލްގެ މީހުންނަށް އަނިޔާ ކުރަން އަންނަ ކޮންމެ މީހަކު އޭގެ އަގު އަދާ ކުރަން ޖެހޭނެ ކަމަށް ބުނެ، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދީފިއެވެ.

އިސްރާއީލް ސިފައިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން ހަމަލާތައް ދެމުން އަންނަ އިރު، މި ހަމަލާތަކުގައި ފަލަސްތީނުގެ 33 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ފަލަސްތީންގެ ކުށެއް ނެތް ބައެއް އާންމުންނާއި އިސްލާމިކް ޖިހާދުގެ ކޮމާންޑަރުންތަކެއް ވެސް ހިމެނެއެވެ. އަދި މި ހަމަލާތަކުގައި 100 އަށް ވުރެ ގިނަ ފަލަސްތީން މީހުންނަށް ވަނީ އަނިޔާވެފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެމީހުންގެ ބޭނުމަކީ އިސްލާމިކް ޖިހާދުން ބޭނުން ކުރަމުން އަންނަ ތަންތަނަށް ހަމަލާދީ އެ ތަންތަން ނައްތާލުމެވެ. ރައްދުގައި އިސްލާމިކް ޖިހާދުން ވެސް ވަނީ އިސްރާއީލަށް 2،000 އެއްހާ ރޮކެޓު ހަމަލާތައް ފޮނުވާލައިފައެވެ. މި ހަމަލާތަކުގައި އިސްރާއީލްގެ އެކަކު ވަނީ މަރާލައިފައެވެ.

އިސްރާއީލްގެ ސިފައިންނާއި ފަލަސްތީނު ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ އިސްލާމިކް ޖިހާދުން ހަމަލާތައް ބަދަލު ކުރަމުން އަންނަ ދަނޑިވަޅުގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރުންތަކެއް ޝަހީދުކޮށްލި ކަން ކަށަވަރުކޮށްދީފައެވެ.

އަދި މި އޮޕަރޭޝަން ނުނިމޭ ކަމަށާއި އަދި އޮތީ އޮޕަރޭޝަންގެ މެދުތެރޭގައި ކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރެން ބުނެފައި ވަނީ، އަހަރުމެންނަށް ގެއްލުން ދޭން އަންނަ ކޮންމެ މީހަކު އޭގެ އަގު އަދާ ކުރަން ޖެހޭނެ. މި ކެމްޕެއިންގައި އަދި މިއުޅެނީ މެދު ތެރޭގައި." ނަތަންޔާހޫ ބުނެފައިވެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ކުރިން ބުނީ އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާތަނަށް ދިން ހަމަލާތަކުގެ ސަބަބުން ފަލަސްތީންގެ ހަތިޔާރު އެޅި ގްރޫޕްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެކަމަކު، އިސްރާއީލުން މި ހަމަލާތައް ދިނުން އަދިވެސް ހުއްޓާ ނުލާނެ ކަމަށް އޭނާ ބުންޏެވެ.

ފަލަސްތީނުގެ އިސްލާމިކް ޖިހާދާއި އިސްރާއީލްގެ އަސްކަރިއްޔާއާ ދެމެދު ހަމަލާތައް ބަދަލުތައް ކުރާތާ މިއަދަށް ވަނީ ހަތަރު ދުވަސްވެފައެވެ. ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލަން ދުނިޔޭގެ ބައެއް ގައުމުތަކުން ގޮވާލި ނަމަވެސް މިހާތަނަށް އައިއިރު، އެފަދަ އެއްވެސް މަންޒަރެއް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަލަސްތީނީ

    އެމީހުންނަށް ދޯ އަދިވެސް އަނިޔާ ލިބެނީ

  2. ކަލޯ

    ތިކަލޭގެއަށް ހަލާކުހުރި..ފަލަސްތީނުގެ ނިކަމެތި ރައްޔިތުން މަރާ ގެދޮރުން ބޭރުކޮށް ބިންތައް ފޭރޭތާ އެތައް އަހަރެއް މިވަނީ ވެފަ..އަދިވެސް އަނިޔާ މިލިބެނީ މިމީހުންނަށޯ..

  3. އއ

    މިދުނިޔޭގަ ތިބި އެއްމެ ލަދުކުޑަ ފިނޑި އެއްމެ ދެފުއްދެގޮތް ހުރިބަޔަކީ މިހާރު މިއުޅޭ މުސްލިމުންނޭކިތާ 1500 މިލިޔަޔަންމީހުން. !!!މިމީހުންގެ ދަންނަބޭކަލުން ބުނަނީ ވެރިމީހާއާ އިދިކޮޅައް ކަމެއް ކޮއްގެން ނުވާނެކަމައް.!! މިހުރިހާ އެއްމެން ކޮންޓުރޯލު ކޮއްގެން އިޒުރޭލުގެ އަނިޔާވެރިކަމާ އާއްމު ކޮރަޕްޝަން ދަމަހައްޓަނީ މިގައުތަކުގަ ވެރިކަންކުރާ ބައިގަޑު.!!! މިފަސާދައާ އަނިޔާވެރިކަން ދަމަހެއްޓުމުގެ މައިގަނޑުބަޔަކީ ދައުލަތްތަކުން ފަސޭހައިން ކައިގެން އުޅޭ ބައެއްމީހުން އިލްމުވެރިންނޭ ކިޔާމީހުން. !

    1
    2
  4. އެދުރު

    މީނަމީކާކު؟ މިކާފަރު ކަލޭ ދައްކާވާހަކަ ދެއްތޯ! ފަލަސްތީނު ރައްޔަތުންނަށް މީނަ މިކުރަނީ އަނިޔާއެއް ނޫންތޯއެވެ. ލޯބިން ފިރުމަނީ ތަ
    ދެންއަނިޔާ ކުރަންޏާ ކިހާވަރުވާނެތޯ

  5. އއ

    ކޮން އިސްލާމީ ގައުމަކުން މިކަމައް އެކަށީގެންވާ މަސައްކަތެއް ކުރީ؟؟ އެކަމަކު މިގައުމުތަކުގެ ވެރިންނާ އިދިކޮޅައް ބަހެއް ބުނުން ކަމެއްކުރުން މިއޮންނަނީ ދީނީ އިލްމްގެ ތެރޭންނޭކިޔާފަ މަނާކޮއްފަ ! މިއިން ވެރިއަކު ޒިއްމާ ކުރުވޭނެ ގޮތެއް ދީނުގަ ނެތްކަމުގެ ފަތުވާމިވަނީ ދީފަ!! މިފަތުވާ ދީގެން މިއުޅެނީ ވެރިން އެދޭ ކޮއްމެގޮތަކައް ކިތައްމެ ފަސާދައެއް ހިންގިޔަސް ގައުމު ވިއްކިޔަސް ރައްޔިތުން ހަނުތިބެންވާނެކަމުގަ ބުނެ! މީ އިސްލާމީގަެުމުތަކައް ޖެހިފަވާ ހަމަ ބުއްދިއާ ޚިލާފު މުސީބާތެއް!