އިޒްރޭލާއިއެކު ޒަމާނުއްސުރެ ކުރަމުން ދާ ހަނގުރާމައާއި ގުޅޭގޮތުން ސުލްހައިގެ މަޝްވާރާކުރުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ޗައިނާއަށް ދަތުރުކުރައްވަން ހަމަޖެހިއްޖެއެވެ.

އައްބާސް ޗައިނާއަށް ދަތުރުކުރައްވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ''އިޒްރޭލުން ފަލަސްތީނާއި ފުށުއަރާ މައްސަލައަށް ރަނގަޅަށް އިންސާފުވެރި އަވަސް ހައްލެއް'' ހޯދަން ކުރެއްވި ވައުދުގެ ދަށުން ދެއްވި ދައުވަތެއް ޤަބޫލުކުރެއްވުމަށްފަހުގައިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ އިތުރު އޮފިޝަލަކު ކަމަށްވާ ވާންގް ވެންބިން ވަނީ އައްބާސްއަކީ ޗައިނާ މީހުންނަާއި ރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިއެވެ. "ފަލަސްތީނުގެ ރައްޔިތުންގެ ޝަރުޢީ ޤައުމީ ޙައްޤުތައް އަލުން ހޯދައިދިނުމުގެ އިންސާފުވެރި މަޤްޞަދަށް ޗައިނާއިން އަބަދުވެސް ވަރުގަދައަށް ތާއީދުކުރޭ" އޭނާ އިތުރަށް ބުނެފައިވެއެވެ.

އައްބާސް ޗައިނާއަށް ދަތުރުކުރައްވާނީ ޖޫން 13 އިން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ހުއާ ޗިންޔިންގ ހުކުރު ދުވަހުގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރީގައި މެދު އިރުމަތީގެ މަސްރަހުގައި ސުލްހައިގެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލް އަދާކޮށްފައިވަނީ ހަމައެކަނި އެމެރިކާއިންނެވެ. އެހެން ނަމަވެސް، ނިމިދިޔަ އެޕްރީލް މަހުން ފެށިގެން ޗައިނާއިން ވަނީ އިޒްރޭލާއި ފަލަސްތީނުގެ ދޭތެރޭގައި ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް ވާން އިސްނަގާފައިއެވެ.

ޗައިނާއިން ވަނީ ދާދި ފަހުން މީގެ އަހަރުތަކެއް ކުރިން ސައުދީ އަރަބިއްޔާއާއި އީރާނާއި ދެމެދު އޮތް ހަމަނުޖެހުމާއި ގުޅިގެން އެ ދެ ޤައުމުގެ ދެމެދު ސުލްހަ ގާއިމުކުރުމަށް ބައްދަލުވުންތައް އެ ޤައުމުގައި ބާއްވާފައިއެވެ. ނަތީޖާއެއްގެ ގޮތުން އަހަރުތަކެއް ވަންދެން ސައުދީގައި ބަންދުކޮށްފައި ހުރި އީރާނުގެ އެމްބަސީ ވަނީ އަލުން ހުޅުވާލާފައިއެވެ.

އަރަބި ދުނިޔޭގެ މަސްރަހަށް ޗައިނާއިން ބާއްވާ ޝައުގުވެރިކަމާއި ދޭތެރޭ ވަރަށް ގިނަ ބަޔަކު ދަނީ ހައިރާންކަން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙެހެހ

    ސުލްޙަވާނެކަމެއްނެތް ، އިޒްރޭލް ނައްތާލަންވީ ، ކޮންމެފަަހަރަކުފަލަސްތީނުގެ ކުށެއްނެތް އެތައްބަޔަކު މެރީމަވެސް އަނެއްކާާފުދެނީ ، ނުވާނެ ތިކަމެއް ފަލަސްތީނުވެރިންވެސް ހުޅަންގުގެ ފައިސާގައި ޖެހެނީތަ ، ނުޖހޭނެ ސުލްހަވާކަށް

    1
    3
    • ޖެހެނީހޭ..ޔާސިރު އަރާފާތު މަރުވެ އޭނާގެ މާލިއްޔަތު ބެލިއިރު ހުރިވަރު އެނގެން އޮންނާނެ…ދެރަވަރު…