އިރާނުން ރަޝިއާ އަށް ފޯރުކޮށްދޭ ޑްރޯންގެ މައްސަލައިގައި ފްރާންސުން އިރާނަށް އިންޒާރު ދީފިއެވެ.

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ހޮނިހިރު ދުވަހު އިރާންގެ ރައީސް އިބްރާހިމް ރައީސީ އަށް ގުޅުއްވައި ރަޝިއާ އަށް ޑްރޯން ސަޕްލައި ކުރުމުގެ ނަތީޖާއާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.

އަދި މެކްރޯން ވަނީ ޔޫކްރެއިން އާއި ރަޝިއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އިރާނުން ރަޝިޔާއަށް ދޭ އެއްބާރުލުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވާފައިއެވެ.

މެކްރޯންގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ އިރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިއެވެ. ފަރަންސޭސް ވިލާތުގެ އިތުރުން އިނގިރޭސި ވިލާތް، ޖަރުމަން، އެމެރިކާއާއި ޔޫކްރެއިނުން ވަނީ އީރާނުން ރަޝިޔާއަށް ޑްރޯން ސަޕްލައިކޮށްދިނުމަކީ އދ.ގެ ސެކިއުރިޓީ ކައުންސިލްއިން އިން 2015 ވަނަ އަހަރު ފާސްކޮށްފައިވާ އީރާނުގެ ނިއުކްލިއާ ހަތިޔާރުގެ ޑީލާ ބެހޭ މުއާހަދާ އާ ޚިލާފުވާ އަމަލެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ފަރަންސޭސް ވިލާތުގެ ޚާރިޖީ ވުޒާރާއިން ވަނީ މިކަމާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކާއި މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނިމިދިޔަ ހުކުރު ދުވަހުގައި އެމެރިކާގެ ވައިޓް ހައުސްއިން ވަނީ ރަޝިޔާއާއި އިރާނާއި ދެމެދު އަސްކަރީ ގުޅުން ވަރުގަދަވަމުންދާ ކަމަށްވެސް ފާހަގަކުރައްވައުފައެވެ.

ބުރާސްފަތި ދުވަހުގައިވެސް، ރަޝިޔާއިން ވަނީ ޔޫކްރޭންގެ ވެރިރަށް ކިއެވްގެ އަވަށެއް ކަމުގައިވާ މަކާރިވްއަށް 3 ޑްރޯން ބޭނުންކޮށްގެން ހަމަލާ ފޮނުވާފައިއެވެ. ޔޫކްރެއިންގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި އެ ޑްރޯންތަަކަކީ 'އަމިއްލައަށް މަރުވުމަށް އީރާނުން ފަރުމާކޮށްފައިވާ' ޑްރޯންތަކެކެވެ. މި ހަމަލާތަކުގައި އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗަށް ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫކްރެއިނުން ވަނީ ރަޝިޔާގެ ހަމަލާތަކަށް ރައްދު ޖަވާބު ދެއްވަން ތައްޔާރަށް ތިބި ކަމަށް އަންގައިފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނުނޭ

    އީރާން ބާރުގަދަ

    16
  2. ޢަހިމަދު

    ބަލަ ކަލޭމެން ޔޫކުރޭނަށް ހަތިޔާރު ދެނީކީއްވެ

    22
  3. ރުޅިބޮކި

    ބަލަ މެކުރޯނީ ޔޫމެން އަބަދުވެސް ބޭނުންވަނީ ޔޫމެން އެކަނި މުޅި ދުނިޔެ ބައްކުރަން..އެހެން މީހުން ތިބެން ޖެހޭނީ ސްޓޯން އޭޖުގަ..އެހެންނެއް އަބަދަކު ނުވާނެ ދޯ...ކިތަންމެ ރުޅިއަޔަސް އިންޒާރު ދީދީ ތިބެން ޖެހޭނީ...

    24
  4. ބަބުރު

    އީރާނުގެ އާރާއިބާރު ކަލޭމެން ފުރާންސައް ނުފެނުމަކީ ކަލޭމެންގެ ބާރު ނެތްކަމުގެ މިސާލެއް.

  5. ޖަނަވާރުންގެ ސިފަ

    ހައްހައްހާ ގުޅާބަލަ އިޒުރޭލައް ގުޅާފަ ތިޔަބުނާ އދ ގެ ގަރާރުކިޔައިދީބަލަ

  6. Anonymous

    މެކްރޮންއަކީ ޔަހޫދީއެއް އެހެންވެ އެހާ ފުއްޕަނީ

  7. ނުރަބޯ

    ފްރާންސްގެ ތާރީޚްގައިވެސް މިހާ އެމެރިކާގެ ޕަޕެޓް ރައީސަކު ވެރިކަމަކަށް ނާދޭ.