2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ސްރީ ލަންކާގެ ޖަލަކުން ފިލި މަރުގެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު 19 އަހަރަށް ފަހު އަތުލައިގެންފިއެވެ.

ފުލުހުން ބުނީ އެ މީހާ އާއި އޭނާގެ ބޭބެ ހައްޔަރުކޮށްފައިވަނީ 2001 ވަނަ އަހަރު ރާގަމާ ސަރަހައްދުގައި މީހަކު މަރާލުމާއި ގުޅިގެން ކަަމަށެވެ.

ބަންދުގައި ބަހައްޓަން އަމުރުކުރި އެ މީހާ ފިލާފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ނެގަމްބޯ ޖަލުން އެހެން ޖަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.

މިއާއެކު މި މައްސަލައިގެ ތަހުގީގުކޮށް، މައްސަލައިގެ ހުކުމް ކޮށްފައި ވަނީ އޭނާގެ ޢައިރު ހާޒިރު ގައެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރި އޭނާގެ ބޭބެ 2012 ވަނަ އަހަރުގެ މެއި މަހު ދޫކޮށްލިއިރު، ފިލި މީހާ މެރުމަށް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.

ނަމަވެސް މިހާރު އުމުރުން 54 އަހަރުގެ އެ މީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްްޔަރުކޮށްފައި ވަނީ ރޭ ރަގަމާ ޓައުން އިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިއަދު ވެލިސާރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.