ވަކި ގައުމަކަަށް "ފަސްޓް" ނުވަތަ ހާއްސަ އިސްކަމެއް ދީގެން ސިޔާސަތެއް ނުގެންގުޅޭނެކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެެވެ.

އޭނާ އެގޮތަށް ވިދާޅުވީ އެމެރިކާއާއި ރަޝިއާއާ އެކު ވެސް ގުޅުން ބާއްވާތީ އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ޖައިޝަންކަރު ވިދާޅުވީ ރަޝިއާއާއެކު އޮންނަ ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި އެހެނެކޭ ކިޔާފައި އެމެރިކާއާ ގުޅުން ނުބޭއްވެންވީ ސަބަބެއް ނެތް ކަމަށެވެ.

އެހެންކަމުން ވަކި ގައުމަކާއެކު ހާއްސަ ގުޅުމެއް ބޭއްވުމަކީ އިންޑިއާއިން ގެންގުޅޭނެ ސިޔާސަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ބޭނުންވަނީ އެއް ވަގުތެއްގައި ގިނަ ގައުމުތަކާއެކު ގުޅުން އިތުރަށް ބަދަހިކުރަން ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

އެއީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެ ގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރަޝިއާއިން ޔުކްރޭންއަށް އަރައިގަތް ފަހުން އިންޑިއާއިން ރަޝިއާއާއެކު ބާއްވާ ގުޅުމާ ގުޅިގެން ހުޅަނގުން އެކަމާ ވަރަށް ނުރުހެ އެވެ. ރަޝިއާއިން ތެޔޮ ގަތުން ހުޅަނގުގެ ގައުމުތަކުން ހުއްޓާލައިފައިވާ އިރު އިންޑިއާއިން ދަނީ ރަޝިއާގެ ތެޔޮ އަގުހެޔޮކޮށް ގަންނަމުން ނެވެ.

އޭގެ އިތުރުން އިރާނާއެކު އިންޑިއާއިން ބާއްވާ ގުޅުމާ މެދު ވެސް ހުޅަނގުން ނުރުހެ އެވެ.

ރަޝިއާއާއެކު ބާއްވާ ގުޅުމާމެދު ހުޅަނގުން ނުރުހޭ އިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދި ފަހުން ވަނީ އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޜަރާ އަޙްމަދު

    ވަކިޤައުމަކާމެދު ފަސްޓް ޕޮލިސީ ނުގެންގުޅުއްވާނެކަމަށް ވިދާޅުވާއިރު އިންޑިޔާގެ خارجی سیاسة އިސްކުރުމަށްރާއްޖެއަށް މަޖުބޫރުވަނީ ކީއްވެބާ؟ އަދި ރާއްޖެ އިން އިންޑިޔާ ގެ ފަސްޓްޕޮލިސީ ދަމަހައްޓަނީ މިނިވަން ދައުލަތެއްގެ ޙައިޝިއްޔަތު ނެތީމާބާ؟ ދެސަރުކާރުން ވެސް ކިޔާ އެއްޗަކާއި ކުރާކަމަކާއި ދިމަލެއްނުވެއެވެ.

    32
  2. ހަގީގަތް

    އިންޑިޔާ ވެއްޖެޔާ ފަސްޓް ފޮލެސީއެއް ނޯވޭ ރާއްޖެވިއްޔާ އިންޑިޔާ ފަސްޓް ފޮލެސީ މަޖުބޫރު

    25
    2
  3. ސުރުވާ

    މީ ކަންމަތީ ރޭޕިސްޓެއް

    17
    1
  4. ސާމް

    ތިއީ ހަމަ އެންމެ ރަނގަޅު ސިޔާސަތު. ތިކަން ނޭނގެނީ މިތާ އުޅޭ ބޮލުރޮދިކެނޑިފަތިބޭ ވެރިންނަށް. މިނިވަން މުސްތޚިއްލު އެއްވެސް ގައުމަކަށް ނުޖެހޭނެ އެެހެން ގައުމެއް ފަސްޓު ކުރާ ޕޮލިސީއެއްގެންގުޅޭކަށް. އެފަދަ ކަންކަމާއި ސިޔާސަތަކީ އަޅުވެތިވެފައިތިބޭ ވަސާލް ގައުމުތަކުން އެމީހުންގެ މާސްޓަރުން ހިންހަމަޖައްސަން ގެންގުޅޭ ސިޔާސަތެވެ.

  5. 221

    ކޮބާހީވޭ ދެންކީއްވެތޯ ރާއްޖެއިން ފަސްޓް ޕޮލިސީއަކަށް ވެއްޓިގެން އެއިން ނެއްޓިގެން މިއުޅެނީ