މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިޖީރިއާ މީހަކަށް ސްރީލަންކާގައި މަރުގެ ހުކުމް އިއްވައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ކޮލަމްބޯ ހައިކޯޓުން ކުރި މަރުގެ ހުކުމަކީ އޭނާ މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އެތެރެ ކުރަން އުޅުމުގެ ކުށުގެ ދައުވާ ސާބިތުވުމުން އިއްވި ހުކުމެކެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ތަފްސީލެއް މީޑިއާތަކުން އާންމު ކޮށްފައެއް ނުވެއެވެ. އަދި އެ ވޭދަނައާއި ބެހޭ އިތުރު މައުލޫމާތެއް ވެސް އާންމު ކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް އެކި ވަސީލަތްތައް މެދުވެރިކޮށް ގައުމުތަކަށް މަސްތުވާތަކެތި އެތެރެ ކުރުން އިތުރުވެފައިވާ ކަމަށް ގިނަ ގައުމުތަކުން ވަނީ ހާމަ ކޮށްފައެވެ. އެތަކެތި އެތެރެ ކުރި ނަމަވެސް، އެތަކެތި އެތެރެ ކުރާ ފަރާތްތަކާއި މެދު އެދެވޭ ފިޔަވަޅެއް ނޭޅި، އެމީހުން މުޖުތަމައު އަށް ދޫވަމުންދާތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ނުރުހުން ވެސް ފާޅު ކުރަމުންނެވެ.

މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަދު ދެމުން އަންނަނީ މަދު ގައުމެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައްގު

    މިގައުމުގައި ކަން ހިނގާ ގޮތަކީ އެކިއެކި ޖަރީމާތަކުގައި ގައުމު ސުންނާފަތި ވިޔަސް ވެރިންނަށް ތިބޭބަޔަކަށް މުހިންމުވަނީ ކުށް ކުރާމީހާގެ އިންސާނީ ހައްގުތައް. އެވަރިހަމަ އޭނާ އެތައްބަޔެއްގެ ހައްގުތަކަށް އަރައިގަނެފައިވީނަމަވެސް. ކުށްވެރިޔާގެ އިންސާނީ ހައްގު ބޮޑުކަމުން އަނިޔާ ލިބޭފަރާތްތަކުގެ ލޯތަކުން ކަރުނައެއް ނުހިކޭ. މަސްތުވާ ތަކެތި ގައުމަށް އެތެރެކޮށް އޭގެ ވިޔަފާރި ކުރުމާއި ބޭނުންކުރުމަކީ ފަސާދައިގެ އަމަލެއް ކަމަށް ގަބޫލުކުރާ އަދި މަސްތުވާތަކެތި މިގައުމުން ނައްތާލުމުގެ އަޒުމުގައި ހުރި ވެރިޔަކު މިގައުމާ ހަވާލުވާ ދުވަހަކުން މިގައުމު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވަމުން ދާނެ.

  2. ހުސޭނުބޭ

    މި ޤައުމުގައި ޖުޑިޝަރީން ކުރާކަމަކީ ބަތްކައްކާކުޅުން. ހިސާނުމެންނަށް ތިތަން ނުފެނޭތަ؟

  3. ޙާލަތު

    މިއީ ކުއްވެރިން ހިމާޔަތްކުރާ ގާއިމް ސަރުކާރުގައި ބޮޑުތަނުން ފެއިލްވެފައި