ޗައިނާގެ ހިއްސާ ބާޒާރުގައި ހިއްސާގެ އަގުތައް ދަށަށް ދާތީ އެ ގައުމުގެ ސަރުކާރަށް ޕްރެޝަރާ ކުރިމަތިވެއްޖެއެވެ.

ޗައިނާގެ ހިއްސާގެ ބާޒާރު ދަށަށް ދާތާ މިއީ ޖެހިޖެހިގެން ތިންވަނަ ހަފްތާއެވެ. އެ ގައުމުގެ ފައިސާ ކަމަށްވާ ޔުއާންގެ އަގު ވެސް މިހާރު ހުރީ ފާއިތުވެދިޔަ އަށް މަސް ތެރޭގައި ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ.

ޗައިނާގެ ޕްރިމިއާ ލީ ޗިއާންގް ވަނީ ވިޔަފާރިތަކަށް އެހީވުމަށް ސްޓިމިއުލަސް ޕެކޭޖުތައް ދޭނެ ކަން އިއުލާން ކުރައްވައިފައެވެ. އެކަމުގެ މާ ބޮޑު ތަފްސީލެއް ނުލިބުނަސް، އެއީ އިންވެސްޓަރުން ބޭނުންވާ ފެންވަރުގެ ސްޓިމިއުލަސް ޕެކޭޖްތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިގްތިސާދީ ތަޖުރިބާކާރުންނާ އެކު، ލީ ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވީ އިގްތިސާދު ހަމައަކަށް އެޅުވުމުގައި މިއީ ވަރަށް މުހިންމު ވަގުތުކޮޅެއް ކަމަށެވެ. އަދި މި ޕެކޭޖްތައް ވާނީ އިގްތިސާދީ ކުރިއެރުން ގެނެސް ވަޒީފާތައް ދަމަހައްޓާނެ ޕެކޭޖުތަކަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފޮރިން އިންވެސްޓުމަންޓުތައް އިތުރު ކުރުމަށް ޗައިނާ އިން މަސައްކަތް ކުރި ނަމަވެސް އެ ގައުމުގެ ގާނޫނުތަކާ ހެދި އިންވެސްޓް ކުރުމަށް އަންނަނީ ފަސް ޖެހެމުންނެވެ.

ކޮމިއުނިސްޓް ޕާޓީން އިސްވެ އޮވެ އިގްތިސާދާ ގުޅޭ ގޮތުން ވަރަށް މުހިންމު ބައްދަލުވުމެއް މި މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްޓިމިއުލަސް ޕެކޭޖްތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރާ ގޮތަށް ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު