08:07

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ބަޑި ޖެހުމުގެ ހާދިސާގައި މަރުވެފައި ވަނީ ދެ މީހުން ކަމަަށް. އޭގެ އިތުރުން ބަޑި ޖެހި މީހާ ވެސް ވަނީ އަމިއްލަ އަށް މަރުވެފައި. މީގެ އިތުރުން ބަޑި ޖަހާ 11 މީހަކު ޒަހަމް ކޮށްލާފައިވާ ކަމަށާއި އެމީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނި.

00:04

ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އެކަކު މަރާލައިފި. ނަމަވެސް ހަމަލާ ދިނުމުގައި އިތުރު ބަޔަކު ބައިވެރި ނުވާކަމެއް އަދި ކަށަވަރެއް ނުވޭ.

23:54

ޝެރިފް އޮފީހާއި ހަވާލާދީ "އޭޕީ" އިން ބުނީ ބަޑި ޖެހުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް.

23:53

"ސީއެންއެން" އިން ބުނީ ބަޑި ޖަހާފައި ވަނީ ވީޑިއޯ ގޭމް މުބާރާތެއް ކުރިއަށް ގެންދިޔަ ރެސްޓޯރެންޓެއްގެ ތެރޭގައި ކަމަށް. އެއިވެންޓް އޮންލައިންކޮށް ސްޓްރީމް ވެސް ކޮށްފައިވޭ. އިވެންޓް ސްޓްރީމް ކުރަމުން ދިޔަ ވަގުތު ވަރަށް ގިނަ ފަހަރަށް ބަޑި ޖެހި އަޑު އިވުނު ކަމަށް "ސީއެންއެން" އިން ބުނޭ.

23:49

ބަޑި ޖެހުމުގެ ހާދިސާގައި މަރުވީ ކިތައް މީހުންކަން ޝެރިފް އޮފީހުން އަދި ކަށަވަރު ކޮށްނުދިން ނަމަވެސް ބައެއް ލޯކަލް މީޑިއާތަކާއި ހަވާލާދީ "އާރްޓީ" އިން ބުނީ ބަޑި ޖެހުމުގެ ހާދިސާގައި ހަތަރު މީހަކު މަރުވެ ދިހަ މީހަކު ޒަހަމްވެފައިވާ ކަމަށް.

ބަޑި ޖެހުން ހައްދު ފަހަނައަޅާފައިވާ އެމެރިކާގައި މީގެ އިރުކޮޅެއް ކުރިން ބަޑި ޖެހުމުގެ ބޮޑު ހާދިސާއެއް ހިނގައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބަޑި ޖަހާފައި ވަނީ 600 އަށް ވުރެ ގިނަ މީހުން ތިބި ގޭމް ކުޅޭ ތަނެއްގައެވެ.

އެމެރިކާގެ ފްލޮރިޑާގެ އަވަށެއްގައި ހުރި އެތަނުގައި ބަޑި ޖަހާ މަރާލާފައި ވަނީ ކިތައް މީހުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަތަންޔާހޫ

    ތީ ބަޑި އެމެރިކާ. އެއްމެފަހުން އަތަށް ގޮވަނީތިޔަ. ބޭހާއި ނުކުޅޭތި ބަޑި

  2. ހުސޭނުބޭ

    ބަޑިޖެހުމުގެ ހަޤީޤީ ގޭމެއް ކުޅެލީ!