ސައުދި އަރަބިއްޔާގެ މައްކާގައި އުމްރާގެ އަޅުކަން އަދާ ކުރުމަށްފަހު ގެއަށް ދަނިކޮށް އުރުދުންއަށް ނިސްބަތްވާ އާއިލާއެއް އެކްސިޑެންޓްވެ އާއިލާގެ ފަސް މީހަކު ނިޔާވެއްޖެއެެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ސައުދީގެ މައްކާ-ރިޔާޒް މަގުގައި މިދިޔަ ހޯމަ ދުވަހެވެ.

ޔޫއޭއީގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ މި އާއިލާ އުމްރާގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ޔޫއޭއީއަށް ދަތުރުކުރަމުން ދަނިކޮށް މި އެކްސިޑެންޓް ހިނގާފައި ވަނީ އެހެން ކާރެއްގައި އެ މީހުންގެ ވެހިކަލެއް ޖެހިގެންނެވެ.

އަލް ނަޝާމާ ފޯރަމްގެ ހިއުމެނިޓޭރިއަން އެންޑް އެކްސިޑެންޓްސް ކޮމިޓީގެ ވެރިޔާ ހައިތަމް ޚައްތާބު ވިދާޅުވިގޮތުގައި، މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ބައްޕަ މަލިކް އަކްރަމް ޚަރްމާ އާއި އޭނާގެ ހަތަރު ދަރިން ކަމަށްވާ އަކްރަމް، މާޔާ، ޑާނާ އަދި ދީމާ އެވެ.

މި އެކްސިޑެންޓުގައި ހަތަރު ކުދިންގެ މަންމަ ސަލާމަތްވެ، ސައުދީ އަރަބިއްޔާގެ ހޮފުފް ސަރަހައްދުގެ ކިންގް ފަހުދު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ސްޓޭބަލް ކަމަށް ވެއެވެ.

މި އެކްސިޑެންޓް ހިނގުމާއެކު އެ ސަރަހައްދު ކައިރީގައި ދިރިއުޅޭ މީހުން އަވަސް އިޖާބަދީ، އަވަސްވެގަތީ އިމަޖެންސީ ހިދުމަތްތަކަށް އެކަން އަންގާ މީހުން ސަލާމަތް ކުރުމުގައި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަބްދުﷲ

    އެ ޢުމުރާ ވެރިންނަށް ރަޙްމަތް ލައްވައި ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށި!

    32
    • ޢަލީ

      އާމީން

  2. އިޚްލާޞް

    ކޮންފަދަ ބޮޑު އިމްތިހާނެއް. ކުދިންގެ މައްމައަށް ކެތްތެރިކަން ދެއްވާ ވަކިވެ ދިޔަ އެންމެން އެކުގައި ޖަންނަތުލް ފިރުދައްުސް އަށް ވައްދަވާށި! އަދި ޤިޔާމަތް ދުވަހުން އެ އެންމެން އެތަން ކުރަށްވާ މަންމައާ ބައްދަލު ކުރަށްވާށި!