އިސްރާއީލާއި ޣައްޒާއާއިން ކުރަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގެ ތެރެއިން 20 ވަރަކަށް މިނެޓު ތެރޭ ޣައްޒާއިން އިސްރާއީލަށް 5،000 ރޮކެޓް ހަމަލާ ދީފިއެވެ.

މިއަދު ހެނދުނު ޣައްޒާއާއި އިސްރާއީލުން ހަމަލަ ބަދަލު ކުރުންތައް ފަށާފައިވާއިރު، ޣައްޒާއިން ހަމަލާ ދީފައިވަނީ އިސްރާއީލުގެ މެދު ސަރަހައްދަށާއި އުތުރުގެ ސަރަހައްދުތަކަށެވެ. މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ބޮޑު ބައެއް އެލާޓަށް ވަނީ ގެނެސްފައެވެ.

ފަލަސްތީނުގެ ހަމާސް އިން ބުނެފައިވަނީ އެ ހަމަލާތަކަކީ އެފަރާތްތަކުން އިސްވެ ތިބި ދިން ހަމަލާތަކެއް ކަމަށާއި ހަމަލާގައި 20 ވަރަކަށް މިނެޓް ތެރޭ 5000 ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.

މި ހަމަލާތަކުގައި އިސްރާއީލުން މަރުވި މީހުންގެ ސީދާ އަދަދެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް 100 އަށްވުރެ ގިނަ މީހަކު ޒަހަމް ވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕްރައިމް

    ވާއު ގަދަ

    15
  2. Anonymous

    ވަރަށް އުފާ ވެރި ހަބަރެއް.. މުސްލިމުންނަށް ނަސްރު ދެއްވާށި.....

    23
    0
  3. ބަބޫ

    5000 ރޮކެޓް. މަރުވީ 44 މީހުން. އަތުގަ ހުރި ހުރިހާއެއްޗެއް ފޮނުވައިގެން ވީވަރު ތީ. ދެން އެމީހުން ބޮޑެތި ހަމަލާދިނީމަ ރައްދުގަ ހަމަލާދޭނެ ވަރުނެތީސް ތިހެން ހެދީމަ މަރުވެގެންދާނީ ފަލަސްތީނުގެ ނިކަމެތި މީހުން ކޮޅު. ހަމަލާދެންޔާ ވާނެ ދެން ކޮޅަށް ނުތެދުވެވޭ ފެންވަރުގަ ހަމަލާދޭން. އިސްރާއީލް ވާނެ ފުނޑުފުނޑު ކޮށްލަން.