އިރުމަތީ ޣޫޠާ ސަރަޙައްދުގައި ސީރިޔާ ސިފައިންގެ ބާރު ގަދަކުރަމުން އަންނައިރު، އެސަރަޙައްދު ދޫކޮށް އާއްމުންގެ އެތައް ބަޔަކު ދަމުން އަންނަކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ

އިދިކޮޅު ފަރާތްތަކުގެ އަތްދަށުގައި އޮންނަ އިރުމަތީ ޣޫޠާ ސަރަޙައްދުގެ ހަތަރު ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް، ބަޝާރުގެ ސިފައިންގެ އަތްދަށަށް މިހާރު ގެނެސްފައިވާއިރު، ޙަމަލާތައް އިތުރަށް ވަރުގަދަ ކުރާނެކަމަށް އަނިޔާވެސް ބަޝާރުލް އަސަދުވަނީ ބުނެފައެވެ.

"އޭއެފްޕީ" ނޫސް އެޖެންސީން ބުނެފައިވާ ގޮތުގައި 2000 މީހުން މިހާތަނަށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވެފައިވާކަމަށް ބެލެވޭއިރު، ގިނަ މީހުން ގޮސްފައިވަނީ ހުޅަނގު ޣޫޠާއަށެވެ. އަދި، އެހެންވެސް ގިނަ ފަރާތްތަކެއް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ބޭނުންވާކަމަށް ޣޫޠާގައި ތިބި ނޫސްވެރިންނާ ހަވާލާދީ އެއޭޖެންސީން ބުނެފައިވެއެވެ.

ޙަމަލާތަކުގެ ސަބަބުން އިރުމަތީ ޣޫޠާގައި އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީގެ ތަކެތި ވަރަށް އަވަހަށް ފޯރުކޮށްދޭނެކަމަށް އދ. އިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޞިއްޙީ އަދި އެނޫންވެސް އިންސާނީ އެހީގެ ތަކެއްޗާއެކު ބޮޑު ޓްރަކެއް، ހޯމަ ދުވަހު ޣޫޠާގެ އެންމެ ބޮޑު އަވަށް، ދޯމާ އަށް ފޮނުވާލާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ގޯޓާގައި ބައްޝާރާ ދެކޮޅައް ހަނގުރާމަ ކުރާ ބަޔަކު ނެތް. އެތާނގައި ތިބީ މުރުތައްްދު ސަހަވާތުން ވަނީ ބައްޝާރުގެ ކާފަރު ސިފައިންނާއި ޑީލް ހަދާރައްކާވެފަ. ގޯޓާގައި ބައްޝާރުގެ ކާފަރު ސިފައިންނާއި ހަނގުރާމަ ކުރަމުންދަނީ އުޚްތުންތަކެއް.

    • އަމާ

      ކަލޭ ހާދަ ކުރީގަ ތިއުޅެނީ؟!