ހަމާސް އިން މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލަށް ކުއްލިއަކަށް ދިން ހަމަލާގެ ކުރިން އެފަދަ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ކަށަވަރު ކަމާއިއެކު ލިބިފައި ނެތް ކަމަށާއި ނަމަވެސް ހަމާސް އިން ތަމްރީނެއް ކުރިއަށް ގެންދަން އުޅޭ ކަމުގެ ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ލިބުނު ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލްގެ ޖާސޫސުންނަށް އެއްވެސް ހިލަމެއް ނުވެ ހަމާސް އިން ދިން ކުއްލި، ވަރުގަދަ ހަމަލާގެ ސަބަބުން އިސްރާއީލްގެ އިތުރުން މުޅި ދުނިޔެއަށް ވެސް ވަނީ ހައިރާންކަން ލިބިފައެވެ. އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމާސް އިން ޑްރިލްއެއް ނުވަތަ ތަމްރީނެއް ކުރިއަށް ގެންދަން އުޅޭ ކަމަށް މައުލޫމާތު ލިބިގެން އިސްރާއީލްގެ އަސްކަރީ ވެރިން ތިބީ ހޮނިހިރު ދުވަހު އެކަމާއި ގުޅޭ އިތުރު މަޝްވަރާތައް ކުރަން ތައްޔާރުވެގެންނެވެ. ނަމަވެސް އެމަޝްވަރާތައް ނުކުރެވެނީސް ކުއްލިއަކަށް އިސްރާއީލަށް ހަމާސްގެ ހަމަލާ އަމާޒުވެ އިސްރާއީލް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލީއެވެ.

ހަމާސް އިން ބޮޑު ކަމެއް ހިންގަން އެބައުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެމައުލޫމާތު އިސްރާއީލާއި ހިއްސާކޮށްފައި ވާނެ ކަމަށް މިސްރުން ކުރިން ވަނީ ބުނެފައެވެ. މިސްރުން ބުނާ ގޮތުގައި ހަމަލާގެ ތިން ދުވަސް ކުރިން މިސްރުގެ އިންޓެލިޖެންސް އޮފިޝަނުން ވަނީ އެމައުލޫމާތު އިސްރާއީލަށް ދީފައެވެ. ނަމަވެސް އިސްރާއީލުން ވަނީ އެކަން ދޮގު ކޮށްފައެވެ.

އިސްރާއީލުން އެކަން ދޮގު ކުރި ނަމަވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންޓެލިޖެންސް ކޮމެޓީގެ މެންބަރަކު ވެސް ވަނީ އިސްރާއީލަށް ހަމަލާ އަމާޒުވާން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު މިސްރުން އިސްރާއީލަށް ފޯރުކޮށްދިން ކަމަށް ބުނެފައެވެ.

ހަމާސް އަށް ސިއްރުން އިސްރާއީލަށް މިދިން ވަރުގަދަ ހަމަލާ އަކީ އިސްރާއީލްގެ މުޅި އަސްކަރިއްޔާ ފެއިލްވުން ކަމަށް އިސްރާއީލުން ވެސް ގަބޫލު ކުރެއެވެ. ނަމަވެސް އިސްރާއީލްގެ އޮފިޝަލުން ބުނާ ގޮތުގައި މިހަމަލާގެ މައުލޫމާތު ކުރިން ނޭނގުނު ސަބަބުތައް ތަހްގީގު ކުރާނީ ފަހުންނެވެ. މިހާރު އިސްރާއީލުން އިސްކަން ދޭނީ ހަނގުރާމައަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ސީސީ މީ ޔަހޫދީއެއް

    33
    1
  2. ޢަލީގެ ދަރި

    މިތަނުން މިލިބުނު އެއް ފިލާވަޅަކީ މޮސްރަކީ ސަހްޔޫނީންގެ ބައިވެރިއެއްކަން. ސްހްޔޫނީންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަން

    46
    1
  3. ކާސިންބެ

    މިސްރުން ވެސް އިސްރާއީލްގެ ދިފާއުގަ

    47
    2
    • ނަނަނަ

      ބަލަ ފިރުއައުނަކީ ވެސް ޔަހޫދީ އެންނު.. އެހެންވީމަ މިސްރު މީހުން ޔަހޫދީންނަށް އެހީވާނެނު..

  4. ލާލު މަންނަ

    މުރްޞީ ސަހީދު ކޮއްލެވުނީ އެ ސަބަބަށް ޓަކައި.. މުރްޞީ އަކީ ކާފަރުންގެ ޕަޕެޓަކަށް ނުވާނެތީ.. ﷲ ސީސީ ގެ މައްޗަށް ގަދަވެގެންވާ އަޒާބރއފޮނުއްވައި ހަލާކު ކުރްއްވާންދޭވެ.. އަދި އެކަމަކީ މުޅި ދުނިޔެއަށް ވާ އިބުރަތެއް ކަމުގައި ލައްވާންދޭވެ.. އަދި އިމާމް މަހްދީގެފާނު ފޮނުއްވައި ހަގީގީ މުސްލިމުންނަށް ފަތަހަ ދެއްވާންދޭވެ...

  5. ޥަހީދު

    މިސްރު އެކަންޔެއްނޫން - އަރަބިން ވެރިންގެ ލަދުހަޔާތް ކުޑަކަން ވަރައްރަނގަޅައް އެބަހާމަވޭ - ހުޅަނގުގެ ސައިތާނުން އިސްރާއީލައް ހަތިޔާރު ދޭއިރު ވި ބައިމީހުން ކަހާތަން ހިރުވަވެސްނުލާ - އެއްދީނެއްގެ އެއްބަހަކުންވާހަކަދައްކާ ބަޔަކު ތަޅާމިމަރނީ ހުޅަގުން ހަތިޔާރު ދީގެން - މި ބައިގަނޑު މިނތިބެނީ ދެލޯމަރައިގެން ' ހީވާކަހަލަ މި ބަިގަނޑުގެ ކަލަކީ އެމެރިކާއޭ ' މުޅި އިސްލާމީއުންމަތް ހަލާކުކޮއްފި

  6. Anonymous

    ޙަމާސް އިން ޙަމަލާދިންއިރު ޔަހޫދީން ރާބޮއިގެން މަސްތުވެގެން އުޅޭތާ އެއް ހަފުތާ ވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އެމީހުން ރާ ބޮއިގެން އުޅުނީ އެމީހުންގެ ދީނީ އީދެއް ފާހަގަކުރުމަށެވެ.

  7. ުޝާން

    މިސްރުމިހާދަ ނުބައި ބަޔެކޭ.

  8. ކާނިވާއިން

    މިސްރު ސަކަރާތް، މިސްރަކީ އިސްރާއީލް ބަލިކުރެވޭނެ ހަމައެކަނި މެދުއިރުމަތީ ގައުމު. މަރަށް ބިރުގަންނަނަނަމަ، އެކަމެއް ނުވާނޭ.

  9. ރިލްވާން

    މިސްރު އެކަނިތޯ އިސްރާއީލް އަށް ތާއީދު ކުރަނީ؟ ކޮބާތަ ސައުދީ އަރަބިއްޔާ ؟ އެމީހުން މުސިލުންގެ އަތުން ހައްޖަށް ދާން ނަގާ ފައިސާއިން ކީއްތޯ ކުރަނީ ؟ ކެސިނޯ އެޅުމާއި ތިއޭޓަރތަށް އެޅުން އެމީހުންގެ ކަމަކީ ސައުދި އަރަބިއްޔާގަ ނެތް މުސްލިމުންނަށް ހަމްދަރުދީވާ ވެރިންނެއް. މުސްލިމުން އެފަދަ ހާލެއްގަ އުޅޭއިރު ކޮންކަމެއްތޯ ސައުދީން ނޫނީ އެހެން މުސްލިމް ގައުމުތަކުން ކޮށްދެނީ؟ ގައިމު ތިޔަބުނާ ތުރުކީ،އިރާން،ޖޯޑަން،ސީރިޔާ،ކުވައިތް،މިސްރު ގަ ނެތީތޯ ފަލަސްތީނަށް ދޭނެ ހަތިޔާރު ... ނަމުން މުސްލިމުން ކަމުން ފަރަންޖީން. ދިވެހީން ކުރާވަރުވެސް ނުކޮށްްދެވޭ.

  10. ފިރުދައުސް

    މުޅި ދުނިޔެ އިސްރާއީލުގެ ދިފާއުގައި ހުރިހާ އަރަބިން އިޒުރޭލުގެ ދިފާއުގައި

    3
    1
  11. އަވަށުމީހުން

    ކުރިންވެސް ޢަރަބި ޤައުމްތައް އެއްވެގެން އިޒްރޭލާއި ދެކޮޅަށް ކުރަން އުޅުނު ޙަނގުރާމަވެސް ލީކްކޮއްލީ އަރަބި ޤައުމެއް ޖެޓްތައް ރެޑީކޮއްފައި އޮއްވާ އިޒްރޭލުން އެއަރޕޯޓްތަކަށް ބޮންއެޅީ އެ ހަދުވަހުގެ ހަނގުރާމައަށްފަހު އެޤައުމްތަކުގެ ބިންތަކުން ބައެއް އިޒްރޭލުން ހިފާގެން އެތިބެނީ