ޣައްޒާގައި ތިބި ފަލަސްތީނުގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ރޮކެޓް ހަމަލާތައް ދެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާގެ ކައިރީގައި އޮންނަ އަޝްކެލޯން އާއި ސްޑެރޯޓް ސިޓީތަކުގައި ވައިގެ ހަމަލާތަކުގެ ސައިރަންތައް ވަނީ ގުގުމާލައިފައެވެ.

"ހާރެޓްޒް" ނޫހުން ބުނީ ސްޑެރޯޓަށް ދެ ރޮކެޓް އަމާޒުވި ކަމަށާއި އޭގެ ތެރެއިން އެއް ރޮކެޓް ގެއަކަށް ވެއްޓިފައިވާ ކަމަށް ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއިލްގެ އަސްކަރިއްޔާއިން އިއްޔެ ބުނިގޮތުގައި ހޮނިހިރު ދުވަހުން ފެށިގެން ޣައްޒާއިން 6،000 އަށް ވުރެ ގިނަ ރޮކެޓް ވަނީ ފޮނުވާލާފައެެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށި މި ކުއްލި ހަނގުރާމައާ ގުޅިގެން ޔަހޫދީން ވަނީ ޣައްޒާ އެއްކޮށް ބަންދުކޮށްލައި، ޣައްޒާއަށް ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓާއި، ތެޔޮ ނުލިބޭނެ ގޮތް ހަދާފައެވެ. އަދި ޣައްޒާގައި ހުންނަ ހަމައެކަނި އިންޖީނުގެއިން ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާއިން ވަނީ ކަރަންޓު ކެނޑިފައެވެ.

ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 1،537 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 6،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސް

    ޔާ الله މުޖާހިދުން އެ ފޮނުވާލާ ހަމާލާތައް އަމާޒުތަކަށް ވާސިލުކޮށްދެއްވާ، އެހަމަލާތަކުގެ ބާރު ގަދަކޮށްދެއްވާ، ޔަހޫދީންނަށް ލިބޭ ގެއްލުންވެސް ބޮޑުކޮށްދެއްވާންދޭ، އިބަ އިލާހުގެ ރަހުމަތް ފިޔަވާ ރަހުމަތެއްނުވޭ، ނަސްރު ލިބުންވަނީ އިބަ އިލާހުގެ ހަޟުރަތުންނެވެ.

    30
    1