ބޮލީވުޑްގެ ތަރި އަދި މަޝްހޫރު މޮޑެލް މަލައިކާ އަރޯރާގެ ނަމުގެ ފަހަތަށް "ޚާން" އަންނާތީ އަރުޖުން ކަޕޫރު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މަލައިކާ އާއި އޭނަގެ ކުރީގެ ފިރިމީހާ އަރުބާޒު ޚާން ވަރިވިތާ މިހާރު ހަ އަހަރު މިވަނީވެފައެވެ. ނަމަވެސް މީޑިއާތަކުގައި ހަބަރުތައް ގެނެސްދިނުމުގައި މަލައިކާގެ ނަމުގެ ފަހަތަށް ޚާން ލާތީ މަލައިކާގެ ލޯބިވެރިޔާ އަރުޖުން ކަޕޫރު އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

އަރުޖުން ބުނިގޮތުގައި މަލައިކާގެ ނަމުގެ ފަހަތަށް "ޙާން" ލައިގެން އެކި މީޑިއާ ތަކުގައި ހަބަރު ފެތުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެ ދެމީހުންގެ ކައިވެނި ރޫޅުމާއި އެކު މަލައިކާގެ ނަމުގެ ފަހަތަށް ކުރީގެ ފިރިމީހާގެ ނަން ނާންނާނެ ކަމަށް ބުނެ އެގޮތަށް ހަބަރުތަކުގައި ހުންނާތީ ހިތްހަމަނުޖެހޭ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
މަލައިކާ އާއި އަރުޖުންގެ ގުޅިފައިވަނީ 2018 ވަނަ އަހަރު ތެރޭގައެވެ. މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފަސް އަހަރުވެފައިވާއިރު މި ދެމީހުންގެ ކައިވެނި އަންނަ އަހަރު އޮންނާނެ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެދެމީހުންގެ ފަރާތުން މިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ.
މަލައިކާ އާއި އަރުޖުންގެ ގުޅުމާއި އެކު އެންމެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވީ އެ ދެމީހުންގެ އުމުރުގެ ހަފާތައަށެވެ. އަރުޖުން އޭނާއަށް 12 އަހަރު ދުށީ މަލައިކާއާއި ރައްޓެހި ރައްޓެހި ވެގެން އުޅޭތާހަތަރު އަހަރު ވެފައި ވާއިރު، މި އަހަރުގެ ތެރޭގައި އެ މީހުން ކައިވެނިކޮށްފާނެ ކަމަށް ވެސް ވާހަކަ ދެކެވެއެވެ.
49 އަހަރުގެ ކުރީގެ ސުޕަމޮޑެލް އާއި އަރުޖުން، 37، އާއި ރައްޓެހިވެގެން އުޅޭތާ މިހާރު ހަތަރު އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. އަރުޖުން އާއި ރައްޓެހި ވުމުގެ ކުރިން އޭނާ އުޅުނީ ސަލްމާންގެ ކޮއްކޮ އަރްބާޒް އާއި ކައިވެނި ކޮށްގެންނެވެ. އަދި އެދެމީހުންގެ 20 އަހަރުގެ ދަރިއެއްވެސް ހުރެއެވެ.
މަލައިކާ ބުނި ގޮތުގައި އޭނާއަށް ވުރެ 12 އަހަރު ހަގު މީހަކާ ލޯބީގެ ގޮތުން ގުޅުމަކީ ގޯސް ކަމެއް ކަމަކަށް އޭނާ ނުދެކެ އެވެ. އެކަމުގެ ސަބަބުން އޭނާ އިތުރަށް ޒުވާން ވެއްޖެކަމަށް މަލައިކާ ދެކެ އެވެ.