ޔަހޫދީން ފަލަސްތީނުގެ ޣައްޒާ ސިޓީ ހިފުމަށާއި ހަމާސްގެ ލީޑަޝިޕް "ހަލާކުކޮށްލުމަށް" 10،000 ސިފައިން ފޮނުވަން ނިންމާފައިވާ ކަމަށް ޔަހޫދީ ދައުލަތުގެ އަސްކަރީ އޮފިސަރުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނެފިއެވެ.

ހަމާސް އާއި ޔަހޫދީންނާއި ދެމެދު ހަނގުރާމަ ފެށުނުތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ހަމާސްގެ ކުއްލި ވަރުގަދަ ހަމަލާތަކާއެކު ޔަހޫދީންވެސް ހަމަލާތައް ވަރުގަަދަކޮށް، ހުއްޓުމެއް ނެތި ދަނީ ހަނގުރާމަ ކުރަމުންނެވެ.

ރިޕޯޓްގައި ބުނެފައިވަނީ މި ހަމަލާވެގެންދާނީ 2006 ވަނަ އަހަރުގެ ދެވަނަ ލުބްނާން ހަނގުރާމައަށް ފަހު ދިން އެންމެ ބޮޑު ހަމަލާއަށް ކަމަށެވެ. އަދި ވަގުތީ ގޮތުން ޣައްޒާގެ ބައެއް ސަރަހައްދުތައް ހިފަހައްޓަން އައިޑީއެފްއިން މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ހަމާސްގެ އޮފިޝަލަކު އެ ނޫހަށް ވިދާޅުވީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ޔަހޫދީ ސިފައިންނާއި ދެކޮޅަށް ހައިރާންކޮށްލާ ވަރުގެ ހަމަލާތައް ބަދަލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޔަހޫދީންގެ އޮފިޝަލުން ބުނާ ގޮތުގައި އައިޑީއެފްގެ އެންގޭޖްމަންޓް އުސޫލަށް ލުއިތަކެއް ދެމުން އަންނަ އިރު، ތުހުމަތު ކުރެވޭ މީހުންގެ ގަޔަށް ފަސޭހައިން ބަޑި ޖެހުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އަދި ހާއްސަކޮށް ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލުމަށް ސިފައިންގެ ސަމާލުކަން ދޭނެ ކަމަށް ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ރިޗަޑް ހެޗްޓް ބުނެފައި ވެއެވެ.

"އަހަރެމެންގެ ނަޒަރު އޭނާއަށް ވަނީ ހުއްޓިފައި. އޭނާ އޭނާ އަކީ ދިރިހުއްޓަސް މަރުވެފައިވާ މީހެއް.". ހެކްޓާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    ޔާ ﷲ މި ނުބާ ޔަހޫދީން ނެތިކުރައްވާށި . އާމީން

  2. Anonymous

    ކޮބާ އިސްލާމީ ޤައުމުތައް އަރަބި ވެރިންތައް.
    ރާއްޖެއިން މިހާރުން މިހާރަށް އިސްރާއީލުގެ ޕާސްޕޯޓު ބަލާނުގަންނަކަމާއި ވިޔަފާރީގެ އެެއްވެސް ގުޅުމެެއް ނުބާއްވާކަން އިޢްލާންކުރަންޖެހޭ