ފަލަސްތީނުގެ ހަމާސް ޖަމާއަތާ އިސްރާއިލާއެކު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ކާޓޫން އުފެއްދުމުގައ ދެވަނައެއް ނެތް މަޝްހޫރު ޑިޒްނީ ކުންފުނިން އިސްރާއިލަށް ދެ މިލިއަން ޑޮލަަރުގެ އެހީ ދީފި އެވެ.

އެ އެހީ ދީފައިވަނީ ހަނގުރާމައާ ގުޅިގެން އިސްރާއިލުގެ އެތެރޭގައި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކަށެވެ.

ޑިޒްނީގެ ސީއީއޯ ބޮބް އިގާ ބުނީ ހަނގުރާމައާ ގުޅިގެން ކުށެއް ނެތް މީހުންނާއި އަދި ކުޑަކުދިންނަށް އެހީވާން ޖެހޭ ކަމަށެވެ.

ޑިޒްނީ އިސްރާއިލަށް އެހީ ދިން ނަމަވެސް ގައްޒަާގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން މަރުގެ ތުންފަތްމަތީގައި ތިބިނަމަވެސް އެ މީހުންނަށް އެހީއެއް ނުދެއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 2200 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، 8500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި އިސްރާއީލުން ވަނީ ޣައްޒާ ބަންދުކޮށް، ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ ތަކެތި ލިބޭނެ މަގުތައްވެސް ބަންދުކޮށްފައެވެ.

އިސްރާއިލުން ގައްޒާއަށް ވަރުގަދަ ހަމަލާތަކާއެކު އިސްރާއިލުގެ ސިފައިން މިހާރު ދަނީ ގައްޒާއަށް އެރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން 10،000 އަށް ވުރެ އިސްރާއިލުގެ ސިފައިން ގައްޒާއަށް ފޮނުވަން ދަނީ މަސައްކަތް ކުރަމުންނެވެ.

އިސްރާއިލުން މިހާރު ވަނީ ގައްޒާގެ އުތުރުގައި ތިބޭ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ވެސް އަންގައިފައެވެ.

މިދިޔަ ބުދަ ދުވަހުއްސުރެ ޣައްޒާއިން ކަރަންޓު ކެނޑިފައިވާއިރު އެކަމުގެ ސަބަބުން ޣައްޒާ އަށް ފެން ލިބުމަށްވެސް ވަނީ ދަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުޙައްމަދު

    މި ކާފަރު ކަލޭގެ ވިޔަފާރި ބަނގުރޫޓު ކުރައްވާ ނިކަމެތި ކުރައްވާފާނދޭވެ

    29
  2. ދ

    ޑިސްނީ ބޯއޮކޮޓް ކުރަން ރާއްޖޭގައި ޕަަބްލިކް ކޮށް ގޮވާލަން. ޑިސްނީ ވަނީ އެއްޖިންސު މައްސަލާގަ ވަރަށް ބޮޑައް ވެއްޓިފަ.

    24
    1
  3. ކާޅު ބާޒުު

    ޔާﷲ! މި ނުބައިވެގެންވާ ކުންފުނި އަވަސްގޮތަކުން ބަނގުރޫޓްކޮށް ނެތިކުރައްވާންދޭވެ. އާމީން

    25
  4. އަހުމަދު އަލިމަނިކު

    އެއްވެސް މީހާކު މިމީހުންނަކީ ދުނިޔޭގަ އުލޭ ބަޔަކު ކަމުގަ ވެސް ދެކިގެން ނުވާނެ. ބޮއިކޮޓް ފްރޮމް ނަވް.

    21
  5. Anonymous

    އަހަރެންގެ ދަރިއަކައް ތިޔަ ޑިޒްނީ ބުރޭންޑުގެ އެއްޗެއް ދިނުންވެސް ގަނެދިނުވެސް މަނާވާނެ މީގެ ފަހުން.

    19
  6. ނައިޖާ

    މިޞްރާއި އީރާނާއި ސަޢޫދީ ޢަރަބިއާ ފަދަ ޤައުމުތަކުގައި ހުރި ބާރު ގަދަކަން އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ދައްކާލާއިރު ވަރަށް ފަޚުރުވެރިވެ ވާހަކަ ދައްކަން އެނގޭ. އެކަމަކު ކުށެއް ނެތް މުސްލިމް އެތައް އިންސާނުންގެ މައްޗަށް ޢާންމުވެގެންވާ ބޮޑު ޤަތުލު ޢާންމެއް ޔަހޫދީ ކާފިރުން ހިންގަމުންދާއިރު މިދެންނެވި ޤައުމުތަކުން މިކަމަށް ކަންކުރަންޖެހޭ މިންވަރާއި ގާތަށްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނޭ. މިދެންނެވި ހުރިހާ ޤައުމަކަށް މިައަދު އަމުރު ކުރަމުންދާތަން ފެންނަނީ ޔަހޫދީ އިޒުރޭލުން. ހިތާމަހުރި.