00:48

ޒަޔަނިސްޓް ނިރުބަވެރިން ވަނީ ހުޅަނގު އައްސޭރި އަވަށެއް ކަމަށްވާ ޓޫބާސްގައި ހުންނަ އަލް ފަރުއާ ރެފިއުޖީ ކޭމްޕުން ނޫސްވެރިޔާ ސުމައްޔާ ޖަވާބްރޭ ހައްޔަރުކޮށްފަ.

ސުމައްޔާ އަކީ ތިން ކުދިންގެ މަންމައެއް ކަމަށާއި އަދި އޭނާގެ ބަނޑަށް 7 މަސް ވެއްޖެ ކަމަށް ފަލަސްތީނު އެއްބައި މީޑީއާ އެބަ ރިޕޯޓް ކުރޭ.

00:25

ޒަޔަނިސްޓު އިސްރާއީލު ނިރުބަވެރިން ބުނީ އެއްގަމު މަގުން އަރާ ފަލަސްތީނުގެ ސަރަހައްދު ދެ ބަޔަކަށް ބަހާލާފައިވާ ކަމަށާއި "މުހިންމު" ހަމަލާތައް ކުރިއަށްދާ ކަމަށް.

" އިސްރާއީލުގެ ސިފައިން ޣައްޒާ ވަށާލައިފި... މިހާރު ދެކުނު ޣައްޒާއަކާއި އުތުރު ޣައްޒާއެއް އެބައޮތް،" - ސިފައިންގެ ތަރުޖަމާނު ޑޭނިއަލް ހަގާރީ.

00:18

ޣައްޒާގެ ރައްޔިތުންނާ އެއްކޮށް ތިބިކަން ދައްކާ ނާބްލުސްގައި ބޮޑު ހިނގާލުމެއް ފަށައިގެން ކުރިއައް އެބަދޭ.

00:16

ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ހަނޫން އަވަށު އިރުމަތީ ސަރަހައްދުތަކަށް ޒަޔަނިސްޓު ނިރުބަވެރިން ދަނީ ބޮން އަޅަމުން.

00:01

ނިރުބަވެރިން މިރޭ ޣައްޒާއަށް ދިން ހަމަލާތަކުގެ މަންޒަރު
ނިރުބަވެރިން މިރޭ ޣައްޒާއަށް ދިން ހަމަލާތަކުގެ މަންޒަރު
ނިރުބަވެރިން މިރޭ ޣައްޒާއަށް ދިން ހަމަލާތަކުގެ މަންޒަރު
ނިރުބަވެރިން މިރޭ ޣައްޒާއަށް ދިން ހަމަލާތަކުގެ މަންޒަރު

23:52

ޣައްޒާގެ އުތުރުގައި އޮންނަ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި އޮތް ސަރަހައްދު ތަކަށ،ް ޔަހޫދީ ނިރުބަވެރިން މިވަގުތު ދަނީ ބޮން އަޅަމުން

23:12

ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ޣައްޒާއަށް ވަންނަން ފަށާނެ ކަމަށް ނިރުބަވެރިން ބުނެފި.

23:03

ޣައްޒާގެ ހޮސްޕިޓަލްތަކުގައި ހަމާސް ޖަމާއަތުގެ މުޖާހިދުން ހަރަކާތްތެރި ނުވާ ކަމަށާއި އެތަނުން ހަމައެކަނި ދެމުން އަންނަ ހޮސްޕިޓަލުން ދޭ ހިދުމަތްކަން ދައްކަން ބޭނުން ކަމަށާއި އެކަމާއި ގުޅިގެން އދ. ގެ ކޮމިޓީއަކުން ތަހުގީގެއް ހިންގަން ފަލަސްތީނުން ބުނެފި.

22:56

ޣައްޒާއާއި ދެކޮޅަށް މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި 346 ސިފައިން މަރުވެފައިވާ ކަަމަށް ނިރުބަވެރި އިސްރާއީލުގެ ސިފައިން ބުނެފި

22:51

ހިޒްބުالل އިން ފޮނުވާލި މިސައިލް ހަމަލާއަކުން ހަތަރު މިސައިލް ޔަހޫދީ އިސްރާއީލުގެ އުތުރު ޑިސްޓްރިކްޓްގައި އޮންނަ ކިރިޔަތު ޝްމޯނާ އަށް އަރައިފި

22:47

ޣައްޒާ މިހާރު
ޣައްޒާ މިހާރު

22:46

ނިރުބަވެރިން މިވަގުތު ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ ހަމާސްއަށް އަމާޒުކޮށްދޭ ހަމަލާތައް ކަމަށް އެފަރާތުން ބުނި ނަމަވެސް ފާއިތުވި ގަޑިތަކުގައި ނިރުބަވެރިން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮސްޕިޓަލްތަކުގެ ކައިރިއަށް ކަމަށް ފަލަސްތީނުން ބުނެފި.

22:20

ޣައްޒާ ރިޕޯޓްތައް: ޣައްޒާ ސިޓީއާއި އުތުރު ޣައްޒާގެ ސަރަހައްދުގައި ތަކުގައި ޔަހޫދީ ޒަޔަނިސްޓުން ދަނީ ވަރަށް ވަރުގަދަ ހަމަލާ ތަކެއް ދެމުން.

ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތައް ދެމުންދަނީ ޣައްޒާ ސިޓީއާއި އެ ސްޓްރިޕްގެ އުތުރަށް.

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި ޒަޔަނިސްޓުން ދަނީ ވަައި، ކަނޑު އަދި އެއްގަމު މަގުން ވަރަށް ރަހުމުކުޑަ ވަރުގަދަ ހަމަލާ ތަކެއް ދެމުން.

ހަމަލާ ދޭ ސަރަހައްދުތަކުގެ ތެރޭގައި ޓެލް އަލް ހަވާ، ޒައިތޫން، ޝުޖައިއްޔާ، އަލްބަސަރާ، ރިމާލް، އަލް ނަސީރު އަދި ކަރަމާ ހިމެނޭ.

22:05

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް 'ފޮސްފަރަސް" ބޮން އަޅައިފި.

21:49

ޣައްޒާގެ އެއާޕޯޓެއް ކައިރިއަށް ނިރުބަވެރިން ހަމަލާދީފި.

21:37

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މުއާސަލާތީ ހުރިހާ ހިދުމަތްތަކެއް އަނެއްކާ ވެސް ކަނޑާލައިފި.

21:00

ޖަބަލިއާ ކޭމްޕް ސަރަހައްދު ކައިރީގައި ހުންނަ އަލް-ޙުލާފާ މިސްކިތް ކައިރީގައި ހުރި ގެއަކަށް ނިރުބަވެރި ސިފައިން ބޮން އަޅައިފި.

20:20

ފަލަސްތީނުގެ 20،000 މީހަކު ޣައްޒާގައި ޝަހީދު ކޮށްލާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފި

20:11

އަލްޤައްސާމް ބްރިގޭޑްސް އިން އޮފިޝަލް ޗެނަލް ތަކަށް ނެރުނު ފަހުގެ އަޕްޑޭޓްތައް:

  • ތަލް އަލް ހަވާގެ ހުޅަނގު ދެކުނަށް ވަދެގެން އައި ޒަޔަނިސްޓް ލަޝްކަރުގެ ޓޭންކެއް “އަލް ޔާސީން 105” ޝެލްއަކުން ގޮއްވާލުން.
  • "ރައީމް" އަސްކަރީ މަރުކަޒަށް މިސައިލް ބެރޭޖަކުން ހަމަލާތަކެއް ފޮނުވާލުން.
  • ޒަޔަނިސްޓް އިސްރާއީލުގެ ދެކުނުގެ އޮންނަ އެންމެ ބޮޑު އަވަށް ބެއަރ ޝެވާ އަށް މިސައިލް ބެރޭޖަކުން ހަމަލާތަކެއް ފޮނުވާލުން.

19:52

ޣައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިތަލުގެ ކައިރިއަށް ނިރުބަވެރި އިސްރާއީލުން އަނެއްކާ ވެސް ހަމަލާތަކެއް ދީފި.

19:40

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އަލްމަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި 50 އަށްވުރެ މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާއިން ބުނެފި.

18:44

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިތުރު ރެފިއުޖީ ކޭމްޕްކަށް ނިރުބަވެރި އިސްރާއީލުން ހަމަލާދީފި

17:43

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމާއި ދެކޮޅަށް ވޮޝިންޓަންގެ މިލިއަނެއްހާ މީހުން އިސްރާއީލާއި ދެކޮޅަށް މުޒާހަރާ ކޮށްފި.

17:22

ނިރުބަވެރި އިސްރާއީލް ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމު ހުއްޓާލުމަށް ގޮވާލައި ރޭ ބާލިންގައި ބޮޑު ހިނގާލުމެއް ބާއްވައިފި.

17:18

ފަލަސްތީނަށް ނިއުކްލިއާ ބޮމެއް އަޅަން ޖެހޭ ކަމަށް ބުނެ ނިރުބަވެރި އިސްރާއީލުގެ މިނިސްޓަރަކު ވާހަކަ ދެއްކުން ފަލަސްތީނުގެ ފޮރިން މިނިސްޓަރު ކުށްވެރި ކުރައްވައިފި.

 

17:14

ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުން ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ އިތުރުން އިސްރާއީލުން މަރުވި މީހުންގެ ތަފާސް ހިސާބުތައް

ޣައްޒާ:-

ޝަހީދުވި: 9،770

ޒަހަމްވި: 26،000

ހިފާފައިވާ ހުޅަނގު އައްސޭރި:-

ޝަހީދުވި: 152

ޒަހަމްވި: 2،100

އިސްރާއީލް:-

މަރުވި: 1،405

އަނިޔާވި: 5،600

17:12

ލުބުނާނުން ފޮނުވާލި ޑްރޯންތަކެއް އިސްރާއީލުގެ އަޔަން ޑޯމްއިން ނައްތާލާފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފި.

17:05

ނިރުބަވެރި އިސްރާއީލުން ޣައްޒާ ކައިރީ އަލް-ޝުޖައިޔާ، އަލް-ނަސްރު އަދި އަލް-ޒައިތޫން ސަރަހައްދުގެ ގެތަކަށް ދިން ބޮމުގެ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

16:57

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްޓަކައި މައިލޯ ސިޓީ ސްޕޯޓްސް ކުލަބުން 40،000 ރުފިޔާ ހަދިޔާ ކޮށްފި.

16:07

އިސްރާއީލްގެ އަސްކަރިއްޔާ އިން ވައިގެ މަގުން ބޮން އެޅުމުގެ ސަބަބުން ހައްޔަރުކޮށްގެން ފަލަސްތީނުގެ ޣައްޒާ އަށް ގެންދިޔަ 60 އަށް ވުރެ ގިނަ ޔަހޫދީން ގެއްލިފައިވާ ކަމަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލް ޣައްސާމް ބްރިގޭޑްސް އިން ބުނެފި.

15:47

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލް އަސްކަރިއްޔާގެ އިތުރު ނިރުބަވެރިއަކު މަރާލައިފި.

15:24

ލުބުނާނުގައި ހިޒްބުالله އިން ޔަހޫދީ އައިއޯއެފްގެ ޑްރޯނެއް ވައްޓާލައިފި ކަމަށް ލުބުނާނު މީޑިއާ ތަކުން ރިޕޯޓްކޮށްފި

ހިޒްބުالله އިން ވައްޓާލި ޔަހޫދީ އައިއޯއެފް ޑްރޯންގެ ބައެއް

14:58

ހާން ޔޫނިސްގައި ހުންނަ އަލް-ޒިނާހް ސަރަހައްދަށް ބޮން އެޅުމުގެ ސަބަބުން ހަތަރު މީހަކު ޝަހީދުވެ، ތިން މީހަކަށް އަނިޔާވެއްޖެ.

14:57

ގަތަރުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްރާއީލުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ހައްޔަރުކޮށްފައި ތިބި މީހުންނާ ގުޅޭ ގޮތުން ވާހަކަތައް ދައްކަން ވަނީ އުނދަގޫވެފައި.

14:53

އަލް ޝިފާ ހޮސްޕިޓަލްގެ ޑޮކްޓަރު ޑރ. އަހުމަދު މުހައްލަލާތީ ވިދާޅުވީ ތެޔޮ ހުސްވަމުންދާތީ ސަބަބުން ޝިފާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި 100 ބަލި މީހުން ޝަހީދުވުމުގެ ފުރުސަތު އެބައޮތް ކަމަށް. އަދި މިހާތަނަށް އައިއިރު ވެސް ތެޔޮ ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި.

އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ތެޔޮ ބޭނުން ވަނީ ހޮސްޕިޓަލްގެ ބްލަޑް ބޭންކާއި ވެންޓިލޭޓަރާއި އޮކްސިޖަން ޕަމްޕާއި އެހެނިހެން ވަސީލަތްތައް ނުހުއްޓި ދިނުމަށް. ތެޔޮ ހުސްވެ، ކަރަންޓުގެ ހިދުމަތް ހުއްޓިއްޖެ ނަމަ، މި ހުރިހާ ހިދުމަތެއް ވެސް ހުއްޓުމަކަށް އަންނާނެ.

"ޕެޓްރޯލް ސްޓޭޝަންތަކަށް އަންގާފައި ވަނީ ޕެޓްރޯލް ނުވިއްކުމަށާއި ހޮސްޕިޓަލަށް ފޯރުކޮށްދޭން. އެކަމަކު މިކަމަށް ޖާދޫވީ ހައްލެއް ނެތް،"

14:33

ޣައްޒާގެ ހުޅަނގު އުތުރު ސަރަހައްދުގައި ޒަޔަނިސްޓް ޔަހޫދީ ސިފައިންނާ، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު މިވަގުތު ދަނީ ހަމަލާ ބަދަލު ކުރެވެމުން.

14:28

އަލްޤައްސާމް ބްރިގޭޑްސް އިން ތަލް އަލް ހަވާގެ ހުޅަނގު ދެކުނަށް ވަދެގެން އައި ދެ ޒަޔަނިސްޓް ނިރުބަވެރިންގެ ޓޭންކަަށް “އަލް ޔާސީން 105” ރޮކެޓަކުން ހަމަލާދީ ގޮއްވާލައިފި.

14:22

ތަލް އަލް-ހަވާ ސަރަހައްދަށް ބޮން އެޅުމުގެ ސަބަބުން ޒަހަމްވި ބަޔަކު ހޮސްޕިޓަލަށް ގެންނަނީ.

14:21

ފަލަސްތީނަށް އެހީތެރިވުމަށްޓަކައި ދިވެހި ޖަމިއްޔާއަކުން ފަލަސްތީނުގެ 120 އާއިލާއަކަށް ޑޮލަރު ބަހައިފި.

14:16

ޣައްޒާގެ ތަލް އަލް-ހަވާ ސަރަހައްދަށް ބޮން އަޅައި ބައެއް މީހުން ޝަހީދުވެ، އަނެއް ބަޔަކު ޒަހަމްވެއްޖެ.

14:15

މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިސްރާއީލް ރައްޔިތުން ގެނެސްދިނުމަށް ގޮވާލައި ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ރޭ މުޒާހަރާކޮށްފި.

13:28

ޣައްޒާގެ އަލް-ގުދުސް ހޮސްޕިޓަލް ކައިރީގައި ހުރި އިމާރާތަކަށް އިސްރާއީލް ސިފައިން ބޮން އަޅައިފި.

13:02

އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާގައި ހަރަކާތްތެރިވަމުން ދިޔަ ދެ އެމްބިއުލާންސްއަކަށް ހަމަލާ ދީފި. މި ހަމަލާގައި ހަތަރު ޕެރަމެޑިކުންނަށް އަނިޔާވި.

12:32

ޣައްޒާގެ ނުސެއިރާތު ކޭމްޕަށް އިސްރާއީލުން މިހާރު ދަނީ ބޮން އަޅަމުން.

12:32

ހާން ޔޫނުސްގައި ހުންނަ ނަސީރް ހޮސްޕިޓަލްގައި މިހާރު އޮޕަރޭޝަންތައް ކުރަނީ އައްސި ނުކޮށް.

12:05

ފަލަސްތީނުގެ ގުދުސްގައި ހަ ގަޑިއިރު އެކަނިމާއެކަނި އިސްރާއީލް ސިފައިންނާ ކުރިމަތިލި މުޖާހިދަކު ރޭ ޝަހީދުވެއްޖެ.

 

11:12

އިސްރާއީލުން ހިފައިގެން އުޅޭ ފަލަސްތީނުގެ ޖެނިން އަށް ވަންނަން ދިޔަ އިސްރާއީލް ސިފައިންގެ ވެހިކަލެއް ގޮއްވާލާފައިވާ ކަމަށް ހަމާސް އިން ބުނެފި. ހަމާސް އިން ބުނީ އެކަން ކުރީ ޖެނިންގައި ހަރަކާތްތެރިވާ މުޖާހިދުން ކަމަށް. އާންމުވެފައިވާ ވީޑިއޯ ފޫޓޭޖުން ވަރަށް ބޮޑު ދުންގަނޑެއް އަރާ މަންޒަރު ފެނޭ.

11:08

އިސްރާއީލް ސިފައިން އިއްޔެ ހެނދުނު ވަނީ ޣައްޒާގެ އަޒްހަރް ޔުނިވަސިޓީ އަށް ވެސް ބޮން އަޅާފައި.

11:07

މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ކޮންމެ 10 މިނެޓަކުން ޣައްޒާގެ ކުއްޖަކު ޝަހީދުވަމުންދާ ކަމަށާއި މި އަދަދު އަދިވެސް އިތުރުވަމުންދާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން އިއްޔެ ބުނެފި.

10:35

ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކޮށް އިންޑޮނޭޝިއާގައި ބޭއްވި މުޒާހަރާ.
ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކޮށް އިންޑޮނޭޝިއާގައި ބޭއްވި މުޒާހަރާ.
ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކޮށް އިންޑޮނޭޝިއާގައި ބޭއްވި މުޒާހަރާ.

10:21

ޣައްޒާ ސިޓީގެ ބެއިޓް ލާހިޔާ އާއި ޝެއިޚް ރަދުވާން ހުޅަނގު އުތުރުގެ ގުރުދާއަށް ވަން ހައްދުފަހަނަ އަޅާފައިވާ ޒަޔަނިސްޓް ސިފައިންނާ، ފަލަސްތީނު މުޖާހިދުން ދެމެދު ދަނީ ބަޑީގެ ވަރުގަދަ ހަމަލާތަކެެއް ބަދަލު ކުރަމުން.

10:11

ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ބަނީ ސުހައިލާ އަވަށު މެދުތެރޭގައި އޮންނަ ފުލުހުންގެ އިދާރާއެއް ޔަހޫދީން ބޮން އަޅައި ބިމާ ހަމަކޮށްފި އެވެ.

10:08

ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ކޭމްޕް ގެއަކަށް ޒަޔަނިސްޓު މަތިންދާބޯޓުން ވައިގެ ހަމަލާއެއް ދިނުމުގެ ސަބަބުން ޝަހީދުވި ދެ މީހުންނާ ޒަހަމްވި ބައެއް މީހުން އިންޑޮނީޝިއަން ހޮސްޕިޓަލަށް ގެންނަމުން އެބަދެ އެވެ.

09:52

ރޭގައި ޒަހަމްވި ކުއްޖަކަށް މީހަކު އަވަސް ފަރުވާ ދެނީ.
ރޭގެ ހަމަލާގައި ޝަހީދުކޮށްލި ކުޑަކުދިން.
ރޭގެ ހަމަލާގައި ޝަހީދުކޮށްލި ކުޑަކުދިން.
ރޭގެ ހަމަލާގައި ޝަހީދުކޮށްލި ކުޑަކުދިންނާއި ބޮޑެތި މީހުން.

09:17

ޔަހޫދީ މީޑިއަާ ތަކުން ރިޕޯޓް ކުރާ ގޮތުގައި ޖެނިން އަށް ނިރުބަވެރިން ޖަހައިގެން އުޅޭ އަސްކަރީ ބާރުތަކުގެ ރެއިޑް ގައި ފަލަސްތީނު މުޖާހިދުން ވަނީ ގޮވާ އާލާތެއް ބޭނުން ކޮށްގެން އެމީހުން ގެ ބުލްޑޯޒަރެއް ގޮއްވާލާފަ އެވެ.

09:02

ހައްދުފަހަނަ އަޅާފައިވާ ޒަޔަނިސްޓު ނިރުބަވެރިންގެ މަތިންދާބޯޓުތައް ޣައްޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތު ކޭމްޕާއި އަލްމަޣްރާގާ އަވަށް ގުޅުވާލާ ބްރިޖައް ބޮން އަޅާ އެއްކޮށް ގޮއްވާލައިފި އެވެ.

08:58

ޒަޔަނިސްޓު ނިރުބަވެރި ޖެޓްތަކުން ޣައްޒާގެ މެދުތެރޭގެ އަލް މަޣާޒީ ރެފިއުޖީ ކޭމްޕްގެ ގެތަކަށް ވައިގެ މަގުން ބޮން އަޅަ ބޮޑު ގަތުލު އާންމެއް ހިންގައިފި.

ފަލަސްތީނު މީޑިއާ ތަކުން ހަބަރު ދޭ ގޮތުގައި މި ހަމަލާ ގައި 33 މީހަކު ޝަހީދުވި އަދި ގިނައީ ކުޑަކުދިން.

08:47

ޒަޔަނިސްޓް އިސްރާއީލުން ވަރުގަދަ ވައިގެ ހަމަލާތަކެއް، އުތުރުގެ ތަލް އަލް ޒާތަރުގެ މައި ފެންވަޅަކަށް އަމާޒުކޮށްފި އެވެ.

މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގެ މަގުތަކުގައި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ.

08:45

ރޭ މާލެ ގަޑިން 2:30 އެހާއިރު އިންޑޮނޭޝިއާގެ ހޮސްޕިޓަލް ވަށައިގެން ޒަޔަނިސްޓް އިސްރާއީލުން ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ.

************

އިސްރާއީލްގެ ނިރުބަވެރި ސިފައިން ރޭގައި ވެސް ފަލަސްތީނުގެ ޣައްޒާ އަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ހަމަލާއަކީ ޣައްޒާގައި ހުންނަ އަލް މަގާޒީ ރެފިއުޖީ ކޭމްޕަށް ބޮން އަޅައި ރޭ ދިން ހަމަލާގައެވެ. އެ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 30 އަށް ވުރެ މައްޗަށް އަރައެވެ.

ޝަހީދުވެފައިވާ މީހުންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ކުށެއް ނެތް އާންމުންނެވެ. އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. އެމީހުންނަށް ހަމަލާދީ ޝަހީދުކޮށްލާފައިވަނީ ނިދާފައި ތިއްބާ ކަމަށް ވެސް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ކުޑަކުދިންގެ ފޮޓޯތައް މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ.

އިސްރާއީލް ސިފައިން ރޭގައި ވަނީ ބައެއް ހޮސްޕިޓަލްތައް ކައިރި އަށް ވެސް ބޮން އަޅައިފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ބޮން އަޅައި ޣައްޒާ އަށް ހަމަލާ ދިނުމުގެ ސަބަބުން މިހާތަނަށް އައިއިރު، 9،485 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނެވެ. އެގޮތުން 3،900 ކުޑަކުދިންނާއި 2،430 އަންހެނުން ޝަހީދުވެފައިވެއެވެ. މި ހަމަލާތަކުގައި 3،155 ފިރިހެނުން ޝަހީދުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު