23:26

ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނިސް އަވަށު އިރުމަތީ ސަރަހައްދުތަކަށް ނިރުބަވެރި ޒަޔަނިސްޓުންގެ ވައިގެ އަސްކަރިއްޔާ އިން ދަނީ ރަހުމުކުޑަ ވަރުގަދަ ހަމަލާތަކެއް ދެމުން.

23:25

ނިރުބަވެރިން ހުއްޓުމެއް ނެތި ހަމަލާތައް ދެމުން އަންނަ ޣައްޒާގައި މިމަހު ވިހަން ޖެހޭ 5،000 މާބަނޑު މީހަކަށް ފަރުވާއެއް ނުލިބި ގޮތް ހުސްވެއްޖެ

23:06

ޣައްޒާއިން ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ކުރަމުން ދިޔަ މީހުންނަށް ނިރުބަވެރިން ހަަމަލާ ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

23:05

އެމެރިކާއިން ޔަމަނަށް ފޮނުވި ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ޔަމަނުން ބުނެފި.

ޔަމަނުން ވައްޓާލާފައި ވަނީ އެމެރިކާގެ އެމްކިޔު-9 ރީޕަރ ޑްރޯން.

22:58

ހަމާސް: މިއަދު ހިނގި ކުރިމަތިލުމެއްގައި ނިރުބަވެރި ސިފައިންގެ އިސް މީހަކު މަރާލައިފިން

22:50

އިޓަލީން ޣައްޒާގައި ފަރުވާ ބޭނުންވެފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަރުވާ ދިނުމަށް ހާއްސަ އުޅަނދެއް ފޮނުވަން ނިންމައިފި

22:12

ޣައްޒާގެ ރައްޔިތުންނާއި ދެކޮލަށް ނިރުބަވެރި އިސްރާއީލުން ހިންގަމުން އަންނަ ގަތުލު އާންމުގެ ތެރެއިން ޣައްޒާގެ ތެރެއަށް ވަދެ އުޅުނު ނިރުބަވެރި ސިފައިންގެ މީހަކު މަރާލައިފި

21:47

ނިރުބަވެރި އިސްރާއީލަށް ހަމަލާތަކެއް ދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ހަމާސްގެ މުޖާހިދުން އާންމު ކޮށްފި.

 

20:59

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އިތުރު ދެ މިސްކިތެއް ބިމާ ކޮށްފަލައިފި. މިއީ ފާއިތުވި 4 ވަރަކަށް ގަޑިއިރު ތެރޭ ނިރުބަވެރިން ސުންނާފަތި ކޮށްލި ހަތަރު ވަނަ މިސްކިތް.

20:55

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެމީހުންގެ އޮޕަރޭޝަންތަކަށް ޣައްޒާގައި ހުންނަ ހަމްދް ބިން ޚަލީފާ ހޮސްޕިޓަލް ނުވަތަ ޤަތަރީ ހޮސްޕިޓަލް ބޭނުން ނުކުރާ ކަމަށް އަލްޖަޒީރާ ނޫހުން ހިންގި ތަހުގީގުން ބުނެފި

20:30

ރަފަޙްގެ އިރުމަތީ ސަރަހައްދުތަކަށްް ނިރުބަވެރި އިސްރާއީލުން ދަނީ ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް މިވަގުތު ދެމުން.

20:10

ށ. ފޭދޫ ސްކޫލުގެ ބެޖް ވިއްކައިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

19:58

ހުޅަނގު އައްސޭރީގެ ބެތެލެމްގައި ނިރުބަވެރިންނާިއ ހިނގި ކުރިމަތި ލުމެއްގައި 29 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ރެޑްކްރެސެންޓުން ބުނެފި.

19:38

ޣައްޒާގެ ގިނަ ރައްޔިތުން ތަކެއް ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލަކަށް ނިރުބަވެރިން ބޮމުގެ ހަމަލާތަކެއް ދީފި

19:35

ނިރުބަވެރިން ޣައްޒާގެ އުތުރުގައި އޮންނަ ބެއިތް ލާހިއާއަށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދު ނުވަތަ މަރުވެއްޖެ.

ނިރުބަވެރިން ޣައްޒާގެ ބެއިތް ލާހިއާއަށް ދިން ހަމަލާގައި މީހުން ސަލާމަތް ކުރަނީ

19:33

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުއާންމު ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓާލުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

19:25

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އިތުރު ދެ މިސްކިތެއް ސުންނާފަތި ކޮށްލައިފި

18:24

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލެއް ކައިރިއަށް ހަމަލާދީފި.

18:09

ޚާން ޔޫނިސްގަ ހުންނަ ނާސިރު ހޮސްޕިޓަލް ވަށައިގެން ވަރަށް ވަރުގަދަ އަށް ބޮން އަޅަމުން އެބަ ގެންދާކަމަށް ރިޕޯޓްކޮށްފި

17:40

ލުބުނާނުގެ ދެކުނުން "އަވިވިމް" ބޯޑަރު ކައިރީ ހުރި ޔަހޫދީންގެ ގެތަކާ ދިމާލަށް ގައިޑެޑް މިސައިލެއް ފޮނުވާލައިފި.

17:38

އައިތާ އަލް ޝާބް އަވަށު ބޭރު ސަރަހައްދަށް އަމާޒުކޮށް ނިރުބަވެރި ޒަޔަނިސްޓުން ފޮސްފަރަސް ބޮމެއް ގޮއްވާލައިފި.

17:35

ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ އުތުރުގައި އޮންނަ އަލް ސަތަރު އަލްޣަރުބީ ސަރަހައްދުގައި، އަލްސަހުވާ މިސްކިތައް ނިރުބަވެރިން ވައިގެ ހަމަލާއެއް ދީ ބިމާ ހަމަކޮށްފި.

17:33

ޣައްޒާ ސިޓީގެ އަންސާރު ކޮމްޕްލެކްސް ކައިރީގައި މުޖާހިދުންނާ ނިރުބަވެރި ޒަޔަނިސްޓު ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާ ބަދަލު ކުރުން ތަކެއް މިވަގުތު އެބަ ހިނގާކަމަށް ރިޕޯޓްކޮށްފި.

17:31

ބައިތުލްމަޤްދިސްގައި ނިރުބަވެރިން ޖެހި ބަޑީގެ ވަޒަންތަކެއް އަރައި 6 މީހަކު ޒަހަމްވެއްޖެ.

17:29

ޚާން ޔޫނިސް އިރުމަތީ ސަރަހައްދުތަކަށް ނިރުބަވެރިންގެ މަތިންދާބޯޓުތަކުން ވަރަށް ވަރުގަދަ އަށް ބޮން އަޅަން ފަށައިފި.

17:27

ގައްސާމް ބްރިގޭޑްސް: “ހެނދުން ފެށިގެން އަލް ގައްސާމް ބްރިގޭޑްސް އިން ވަނީ ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ނިރުބަވެރި ދުޝްމަނުންގެ 15 އުޅަނދެއް ގޮއްވާލާފައިވާކަން އިއުލާންކޮށްފަ އަދި އަލްތަވާމް ސަރަހައްދުގައި ސިފައިންގެ މީހަކު ސްނައިޕްކޮށް ޒަހަމްކޮށްލި ކަން އިއުލާނުކޮށްފަ.

17:24

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން އިސްރާއީލަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބެލިޖިއަމްގެ ޑެޕިއުޓީ ބޮޑު ވަޒީރު ގޮވާލައިފި.

17:23

ސަރަޔާ އަލް ޤުދުސް ބްރިގޭޑްސްއިން "ނީރް އިސްހާގު" އަށް މިސައިލް ބެރޭޖް އެއް ފޮނުވާ ލައިފި.

15:59

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރާ އިސްރާއީލް ސިފައިންގެ އިތުރު ނިރުބަވެރިއަކު މަރާލައިފި.

 

15:47

ފަލަސްތީނުގެ ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން ދިޔަ ޓްރަކްތަކަކަށް އިސްރާއީލްގެ ނިރުބަވެރި ސިފައިން ހަމަލާ ދީފި.

15:35

ޕާކިސްތާނުގައި ކުރިއަށްދާ މުޒާހަރާ.
ޕާކިސްތާނުގައި ކުރިއަށްދާ މުޒާހަރާ.
ޕާކިސްތާނުގައި ކުރިއަށްދާ މުޒާހަރާ.

15:08

ޣައްޒާގެ ރަދްވާން އަވަށުގައި އިސްރާއީލުން ވެހިކަލަކަށް ހަމަލާ ދީފި. އޭގައި ތިބި މީހުން ޝަހީދުވެ، ބައެއް މީހުން ޒަހަމްވި. މި ހަމަލާގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭ.

15:07

ޣައްޒާގެ ހުޅަނގުން ނުސެއިރާތު ރެފިއުޖީ ކޭމްޕް ސަރަހައްދުގައި ދިން ހަމަލާއެއްގައި ޒަހަމްވި މީހުން ކާރުތަކުގައި ހޮސްޕިޓަލާ ހަމައަށް ގެންނަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ.

14:50

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާ ހޮސްޕިޓަލްގައި ވަގުތީ ހިޔާވަހިކަން ހޯދަމުން އަންނަ ކުދިންތަކެއް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ ކުދިންގެ ހާލަތު ދުނިޔެ އަށް ކިޔައި ދީފި.

13:18

އަލް ގުދުސް ބްރިގޭޑްސް އިން ޔަހޫދީންގެ ވެހިކަލަކަށް ހަމަލާދީ އެ ވެހިކަލް އެއްކޮށް ސުންނާފަތިކޮށްލައި، އޭގައި ތިބި އެންމެން މަރާލައިފި. އޭގައި ތިބި މީހުންގެ އަދަދެއް ސާފެއް ނޫން.

13:18

ޣައްޒާގައި ހަރަކާތްތެރިވި ދެ ޓޭންކަށާއި މީހުން އުފުލާ އުޅަނދަކަށް ހަމަލާދީ ގޮއްވާލައިފި. އަލް-ޣައްސާމް ބްރިގޭޑްސް އިން ބުނި ގޮތުގައި މި އުޅަނދުތަކަށް ހަމަލާ ދިނީ އަލް-ޔާސީން 105 ރޮކެޓް ބޭނުންކޮށްގެން.

12:51

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރާ އިސްރާއީލް ސިފައިންގެ އިތުރު ނިރުބަވެރިއަކު މަރާލައިފި.

12:05

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަލަސްތީނުގެ ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ސާމާނު މިސްރަށް ފޮނުވައިފި.

11:48

ދެކުނު އެފްރިކާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އީއެފްއެފްގެ ރައީސް ޖުލިއަސް މަލެމާ ވިދާޅުވީ ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެން ޖެހޭ ކަމަށް.

11:47

އިސްރާއީލުން ޣައްޒާގެ ހުޅަނގުގައި ހުންނަ ސްކޫލަކަށް ހަމަލާ ދީފި. އެ ތަނަކީ ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު މިހާރު ދިރިއުޅެމުން އަންނަ ތަނެއް.

11:47

ގުދުސްގައި ތިބި އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ އަންހެން ކުއްޖަކު ސްކޫލަށް ދަނިކޮށް ބަލާ ފާސް ކުރާ ވީޑިއޯއެއް އާންމުވެއްޖެ.

11:46

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލްގެ ޔަހޫދީ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ހައްޔަރުކޮށްފި.

 

11:45

ހަމާސް އާއި އިސްރާއީލްއާ ދެމެދުގައި މިދިޔަ ދެ ގަޑިއިރު ތެރޭގައި ވެސް ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހަމަލާ ބަދަލު ކުރުންތައް ހިނގަމުން އެބަދޭ. އިސްރާއީލުން ވަނީ އިރުއުތުރުގައި އޮންނަ އަލް-މަޣާޒީ ކޭމްޕަށާއި އުތުރުގައި އޮންނަ ބެއިތު ހަނޫން އަށް ވައިގެ ހަމަލާތަކެއް ދީފައި. އަދި ހާން ޔޫނުސް އަށް ވެސް ހަމަލާތަކެއް ދިން. އެންމެ ވަރުގަދަ ހަމަލާ ބަދަލު ކުރުންތައް ކުރިއަށް ދަނީ ޣައްޒާގެ އުތުރުގައި.

11:23

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ގދ. ތިނަދޫ ވިމެންސް އެންޕަވާމަންޓް އެސޯސިއޭޝަން އޮން ތިނަދޫ (ވީޓް) އިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި.

10:52

އިސްރާއީލްގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޣައްޒާގައި ހުރި ހުރިހާ ބޭކަރީއެއް ބަންދުކޮށްފައިވާ ކަމަށް އދ. އިން ބުނެފި.

10:38

ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދަށް އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާގައި ވެސް ހަތަރު މީހުން ޝަހީދުވެއްޖެ.

10:37

ޣައްޒާގައި ތިބި ފިލިޕީންސްގެ 40 ރައްޔިތުން ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ވަދެއްޖެ. އޭޕީން ބުނާ ގޮތުގައި ފަލަސްތީނު ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ފިލިޕީންސްގެ ޖުމްލަ 134 މީހުން ޣައްޒާގައި ދިރިއުޅޭ.

10:22

ރިޕޯޓު: ކޮންމެ ފޯނު ކޯލަކުން ލިބެނީ މީހެއްގެ މަރުގެ ޚަބަރު، ހަމަޖެހިގެން ހިތާމަކޮށްލެވެން ނެތް!

 

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމަ އަށް އެއް މަސް ފުރި، އިތުރު މަހަކަށް އެޅިގެންދިޔަ އިރު، އިސްރާއީލްގެ ނިރުބަވެރި ސިފައިން ޣައްޒާގައި ހަމަލާ ނުދޭ ދިމާލެއް ނެތެވެ. ޣައްޒާގެ އުތުރުގައި ތިބި މީހުން ދެކުނަށް ބަދަލުވާން އެންގި ނަމަވެސް އިސްރާއީލުން ދަނީ އެ ސަރަހައްދަށް ވެސް ބޮން އަޅަމުންނެވެ. މިދިޔަ ދެ ތިން ދުވަހު ރަފަހް އާއި ހާން ޔޫނިސް ފަދަ ސިޓީތަކަށް އިސްރާއީލުން ދަނީ ބޮން އަޅައި ގިނަ ބަޔަކު ޝަހީދު ކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރޭގައި ވެސް އިސްރާއީލުން ވަނީ އަލް ޝިފާ ހޮސްޕިޓަލް ކައިރިއަށާއި އިންޑޮނޭޝިއަން ހޮސްޕިޓަލް ކައިރިއަށް ބޮން އަޅައިފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންތަކެއް ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި ކުޑަކުދިންތަކެއް ވެސް ހިމެނެއެވެ.

އިސްރާއީލުން ވަނީ ހާން ހޫނުސް އަށާއި ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރާތު އަދި އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ވެސް އާ ހަމަލާތަކެއް ދީފައެވެ.

  • ޔަހޫދީން ދެން އެންމެ ހަރަކާތްތެރި އެއް ދިމާލަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައެވެ. ހަމާސްގެ މުޖާހިދުންނަށް އަމާޒުކޮށްގެން ކަމަށް ބުނެ، އިސްރާއީލުން ދަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ވަރަށް ގިނަ ރައްޔިތުންނަށް އަނިޔާކޮށް ޝަހީދު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިފާން

    ވަކި ބަޔަކަށް ބެލުމެއްނެތި ޤައުމެއްގައި ދިރިއުޅޭ ހުރިހާ މުސްލިމުން ނަށް ބާރުގަދަ އެތައްހާސް ބޮމުގެ ޙަމަލާތައްދީ އެބައިމީހުން އެއްކޮށް ނައްތާލަމުން ދާއިރު އެޤައުމާ އިންވެގެން ތިބި ޢަރަބި އިސްލާމީ މުއްސަނދި ޤައުމުތަކުން މި ލާއިންސާނީ ޢަމަލު ހުއްޓުވަން މަސައްކަތް ކުރަންޖޭވަރާއި ގާތަށްވެސް މަސައްކަތް ނުކުރާ ކަން ފާހަގަ ކުރެވޭ. ހުރި ހިތާމައެއްގެ ބޮޑުކަމާޢެވެ.