ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކޮށްފައި ތިބި އެއްބަޔަކީ ކުޑަކުދިންނެވެ. ވަންނަނާނެ ގެދޮރު ގެއްލި، އާއިލާތައް މި ދުނިޔެ ދޫކޮށް ގޮސްފައިވާއިރު، އެކުދިންގެ މުޅި ދިރިއުޅުން ވަނީ ހަލާކުވެފައެވެ.

ހަނގުރާމައިގެ ތެރެއިން މިހާތަނަށް ނިރުބަވެރިން އަދި މުޖާހިދުން ވެސް ކުޑަކުދިންގެ ހައްޔަރު ކޮށްފައިވާއިރު، މިމަހުގެ 24 ވަނަ ދުވަހު ވަނީ ހައްޔަރުގައި ތިބި މީހުން ބަދަލު ކުރުމުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިއެއްބަސްވުމުގެ ދަށުން މިހާތަނަށް ގިނަ ބަޔަކު ދެފަރާތުން ވެސް ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

ގިނަ ދުވަސްތަކަކަށް ބަންދުގައި ތިބުމަށްފަހު، މިނިވަންވުމަކީ އެކުދިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ ލިބެމުން ދިޔަ އަނިޔާއިން އެންމެ ފަހުން ސަލާމަތްވުމުންނެވެ. ނަމަވެސް މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ނިރުބަވެރިންނާއި މުޖާހިދުންގެ ތަފާތު ވަރަށް ބޮޑަށް ފެނިގެންދެއެވެ.

މަތިން ފެނިގެން ދަނީ ނިރުބަވެރިއަކު ކުއްޖަކު ކަރުގައި ހިފައިގެންދާ މަންޒަރު

އެގޮތުން އާންމުވެފައިވާ ފޮޓޯއިން ފެނިގެން ދަނީ ނިރުބަވެރިން ކުޑަކުދިންނާއި މެދު އަމަލު ކުރާ ގޮތާއި މުޖާހިދުން ކުޑަކުދިންނާއި މެދު އަމަލު ކުރާ ގޮތެވެ. ތަފާތު ހުރި ވަރެވެ. ނިރުބަވެރިން ކުޑަކުއްޖަކު ގެންދާއިރު، ކަރުގައި ހިފައިގެންދާއިރު، މުޖާހިދުން ދަނީ ކުއްޖާގެ ގައިގައި ބައްދައިގެންނެވެ. އަދި ވަކި ހިސާބަކުން ރެޑްކްރެސެންޓުގެ ވޭނަށް އަރުވާފައި ވެސް ކުދިންނާއި ވާހަކަ ދައްކައެވެ.

މިފޮޓޯތައް އާންމުވުމާއި އެކީ އެތަކެއް ބަޔަކު ވަނީ މުޖާހިދުންނާއި ނިރުބަވެރިންނާއި ހުރި ތަފާތަކީ އެއީ ކަމަށް ބުނެ، ނިރުބަވެރިންނަކީ އަނިޔާވެރިން ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބެއްޔާ

    ނިރުބަވެރިން އެގެންދަނީ އެމީހުންގެ ދުޝްމަނުންކަމަށް އެމީހުން ގަބޫލުކުރާ އެމީހުނާ ތިމާގެކަމެއް ގުޅުމެއްނެތްކުދިން. މުޖާހިދުން ގެންދަނީ އެމީހުންގެދަރިން. އެތަފާތު އެފެންނަނީ.

    9
    6
    • މުޖާހިދު

      މުޖާހިދުން އެގެންދަނީ، އިސްރާޢީލުގެ ކުޑަކުދިން. މުޖާހިދުންގެ އަސީރުންގެ ގޮތުގައި ބައިތިއްބާފަ ތިބި

  2. އނ

    ބެއްޔާއަށް ނޭނގޭ ވާހަކަ ނުދައްކާ؛ މުޖާހިދުން އެގެންދަނީ އިޒުރޭލު ކުޑަކުއްޖެއް އަދި އެތަނުގައި އެތިބީ އިޒުލޭލުގެ ޢާއްމުން. މުޖާހިދުންނާމެދު ހިތުުގައި އޮންނަ ރުޅިވެރިކަން ތިހާމަ ކުރަނީ

  3. ބެއްޔާގެ އައްޕަ

    ބެއްޔާގެ އައްޕަ ބުނަން އޮތީ! ބެއްޔާ ފަކީރާ ދޯއޭ! ބެއްޔާ ވާނުވަގައި ހުރެ ނުލިޔާށޭ.
    ހޭވެރިވޭމާ ލިޔާށޭ! 6 ގަޑިއިރު ފަހުންވިޔަސް. މިޒާތުގެ ކަންކަމާ ބެއްޔާ ނޫޅުނިއަޔާ މާ ރަނގަޅެއް ނުންހޭ؟ ބެއްޔާގެ އައްޕަގެ ހައިސިއްޔަތުން ބުނެލަން އޮތީ!

  4. Anonymous

    އެއީ އީމާންކަމާއި ކުފުރުގެ ތަފާތު. އެއަށްވުރެން ބޮޑަށް މުސްލިމުންނާ ޔަހޫދީންގެ ތަފާތު