00:01

ދިވެހިންގެ ފަރާތުން ފަލަސްސތީނުގެ ޣައްޒާގެ ރައްޔިތުންނަށް ފޮނުވި އެހީގެ ލޮރީތައް ފުރަތަމަ ފަހަރަށް ޣައްޒާ އަށް އެތެރެވެއްޖެ.

23:51

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މިހާތަނަށް އައިއިރު ފަލަސްތީނުގެ 117 ރައްޔިތުން ދޫކޮށްލައިފި.

21:28

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު އިތުރު ދެ ދުވަހަށް ހުއްޓާލަން އެއްބަސްވެއްޖެ.

18:34

އިސްރާއީލުގެ ސިފައިން ދެ ހޮސްޕިޓަލެއްގެ ވެރިން ހައްޔަރުކުރުމާ މެދު ރެޑް ފަލަސްތީނު ކްރެސެންޓް ކަންބޮޑުވުން ފާޅުކޮށްފި.

ޑަބްލިއުއެޗްއޯ އިން ތަކުރާރުކޮށް ގޮވާލި ނަމަވެސް އެމީހުން ތިބި ތަނާއި އެމީހުންގެ ހާލާ ބެހޭ އެއްވެސް މައުލޫމާތެއް ދިނުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ދެކޮޅު ހަދާފަ.

18:30

ފަލަސްތީނު ސަރުކާރުން ބުނާ ގޮތުގައި ގަތަރު، މިސްރު، އެމެރިކާއާއި އީޔޫ އަދި ސްޕެއިން އިން ހަތަރު ދުވަހުގެ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް.

ޕީއޭގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މަލީކީ ވިދާޅުވީ މިހާރު ކުރިއަށްދާ ހަނގުރާމަ މެދުކެނޑުމުގެ މުއްދަތު "ދެތިން ދުވަހަށް" އިތުރު ކުރެވިދާނެ ކަމަށާއި ނަމަވެސް ސީދާ ކިހާ ދުވަހަކު ކަމެއް އެއްވެސް މީހަކަށް ބުނަން ނޭނގޭ ކަމަށް.

17:00

ހަމާސްއަށް އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ނިރުބަވެރިން ބުނެފި.

16:28

ޣައްޒާއަށް ދިން ހަމަލާތަކުގައި ވެސް ކުޑަކުދިންގެ މޫނު މަތިން އުފާވެރިކަން. ގިނަ ކުދިން ތިބޭ ލިބުނު އަނިޔާތަކަށް ބެލުމެއް ނެތި ކުޅުމުގައި.

15:41

ނިރުބަވެރިން ދީފައިވާ ހަމަލާއެއްގެ ސަބަބުން ޣައްޒާގެ އިމާރާތަކަށް ލިބިފައިވާ ގެއްލުން

 

15:17

ހަނގުރާމައަށް 52 ދުވަސް ވެފައިވާއިރު، ފާހަގަ ކޮށްލަން ޖެހޭ މުހިންމު ކަންކަން:

  • މިއަދަކީ އިސްރާލާއި ހަމާސްއާ ދެމެދު އެއްބަސްވެފައިވާ ހަނގުރާމަ މެދުކަނޑާލައި، މީހުން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ފަހު ދުވަސް. މިކަމުގެ މެދުވެރިން އަންނަނީ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް މަސައްކަތް ކުރަމުން.
  • މިދިޔަ ހުކުރުން ދުވަހުން ފެށިގެން ހަމާސް އިން ވަނީ 58 މީހަކު މިނިވަން ކޮށްފަ. އޭގެ ތެރޭގައި އިސްރާއީލް، ތައިލޭންޑް، އެމެރިކާ އަދި ރަޝިއާ މީހުން ހިމެނޭ.
  • ރޭގެ ވަގުތެއްގައި ނިރުބަވެރިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ރޭޑު ޖަހައި، ރެފިއުޖީ ކޭމްޕަކާއި ހަމައަށް އެމްބިއުލާންސަށް ދިއުމަށް ހުރަސްއެޅި.
  • އެއްބަސްވުމުގެ ކުރިން ނިރުބަވެރިން ހަމަލާދީން އަލް-ޝިފާ ހޮސްޕިޓަލާއި އިންޑޮނޭޝިއަން ހޮސްޕިޓަލުން އަދި ވެސް ލިބުނު ގެއްލުންތަކުންނާއި އަނިޔާވެފައި ތިބި މީހުންނަށް ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވޭ.
  • އެމެރިކާގައި ކިޔަވަމުން ދިޔަ ފަލަސްތީނުގެ ތިން ފިރިހެނަކު އިއްޔެ ވަނީ ޝަހީދު ކޮށްލާފަ.

15:13

ޣައްޒާގައި ހިންގަމުން އަންނަ ހޮސްޕިޓަލްތަކުގެ ޖެނެރަލް މެނޭޖަރ، ޑރ. މުހައްމަދު ޒާޤޫތު:

ގައިދީން ބަދަލު ކުރުމުގެ މަރުހަލާގެ ތެރެއިން ޣައްޒާގެ އުތުރުގައި ހުންނަ ހޮސްޕިޓަލްތަކަށް އެއްވެސް ވަރަކަށް ތެޔޮ ލިބިފައި ނުވޭ.

ޣައްޒާގައި ހިނގަމުން އަންނަ ފީލްޑް ހޮސްޕިޓަލްތަކުގެ ހިދުމަތް ފެށެން ފަސް ދުވަހާއި 7 ދުވަހުގެ މުއްދަތެއް ނަގާނެ.

ނިރުބަވެރިން ޣައްޒާގެ 21 ޕްރައިވެޓް ހޮސްޕިޓަލްތަކާއި ސަރުކާރުގެ 13 ހޮސްޕިޓަލެއް ސުންނާފަތި ކުރި.

މިވަގުތު ޣައްޒާގެ އުތުރާއި މެދު ތެރޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތަކުގެ ތެރެއިން މިހާރު ހިދުމަތް ދެމުން އަންނަނީ އަހްލީ އަރަބް ހޮސްޕިޓަލް، ކަމާލް އަދްވާން ހޮސްޕިޓަލުގެ އިތުރުން އަލް-އަވްދާ ހޮސްޕިޓަލް.

14:17

އިސްރާއީލުން ބުނާ ގޮތުގައި އެލޮން މަސްކް ވަނީ އިސްރާއީލުގެ ހުއްދަ އާއި ނުލާ ޢައްޒާގައި ސްޓާލިންކް އެކްޓިވޭޓް ނުކުރާނެކަމަށް އެއްބަސްވެފަ.

14:12

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ގުޅޭގޮތުން ސަލާމަތީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ޗައިނާއިން ބަލަހައްޓަނީ

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ގުޅޭގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ މިހަފުތާގައި ނިއުޔޯކަށް ވަޑައިގަންނަވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި

13:27

ވިޔަފާރިވެރިޔާ އެލޮން މަސްކް އިސްރާއީލަށް ކުރައްވާ ދަތުރުފުޅުގައި ހޯމަ ދުވަހު އިސްރާއީލުގެ ރައީސް އައިޒަކް ހަރްޒޯގްއާ ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން ބުނެފި

12:45

ދޫކޮށްލާ ފަލަސްތީނުގެ އިތުރު ގައިދީންގެ ނަންތަކުގެ ލިސްޓު ލިބިފައިވާ ކަމަށް އިސްރާއީލުން ބުނެފި.

12:21

ފަލަސްތީނުގެ ދަރިވަރުންތަކަކަށް ބަޑިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން އެމެރިކާ ފުލުހުން ހަރަކާތްތެރިވާން ފަށައިފި.

އެ ކުދިންނަަަށް ހަމަލާދީފައި ވަނީ އެމެރިކާގެ ވާމޮންޓް ސްޓޭޓްގެ ޔުނިވާސިޓީއެއްގެ ކައިރީގައި ހޮނިހިރު ދުވަހު.

12:16

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތީގޮތުން ހުއްޓާލި މުއްދަތު ހަމަވާން ކައިރިވެފައިވާއިރު، އިސްރާއީލާއި ފަލަސްތީނުގެ ހަމާސްއިން ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

12:03

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 5،000 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

11:41

އިސްރާއީލުހެ ހަނގުރާމައިގެ ޖަރީމާތަކުގައި އިނގިރޭސިން ބައިވެރިވާ ކަމަށް ބުނެ ލަންޑަނުގެ ޓޭޓް އިނގިރޭސިވިލާތުގެ މަސައްކަތްތެރިން މުޒާރާގައި

11:09

ޝާޓީ ރެފިއުޖީ ކޭމްޕަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: ރޮއިޓާސް
ޝާޓީ ރެފިއުޖީ ކޭމްޕަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: ރޮއިޓާސް
ޝާޓީ ރެފިއުޖީ ކޭމްޕަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: ރޮއިޓާސް
ޝާޓީ ރެފިއުޖީ ކޭމްޕަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: ރޮއިޓާސް

11:07

ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން މީގެ ކުރިން ފޮނުވާލި ކަމަށް ކުރިން ރިޕޯޓްކޮށްފައިވާ ދެ ބެލިސްޓިކް މިސައިލް ވެއްޓުނީ ގަލްފް އޮފް އެޑަން ކައިރިން ދަތުރު ކުރަމުންދިޔަ ވިޔަފާރި އުޅަނދަކަށް ކަަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި.

"މި ހާދިސާގައި އެއްވެސް އުޅަނދަކުން އެއްވެސް ގެއްލުމެއް ނުލިބޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.

10:26

އިސްރާއީލުގެ ބޮމުގެ ހަމަލާތަކަށް ހަތް ހަފުތާއަށް ވުރެ ގިނަ ދުވަސް ފަހުން ޣައްޒާގެ އުތުރުގައި އޮންނަ ތަލް އަލް ޒަތާރުގެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ވީޑިއޯއެއް އަލްޖަޒީރާއިން އާއްމުކޮށްފި

10:24

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގެ ސްކޫލްތަކުގެ ޓީޗަރުން ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާތަކުގައި ބައިވެރިނުވުމަށް އިންޒާރު ދީފި

10:16

ޙަލީލް ސަހަރު އިރުމަތީގައި އޮންނަ ބަނީ ނާއިމް އަވަށް އަދި ރަމަاللهގެ ކަފްރު ނިޢްމާ އަވަށުން ނިރުބަވެރިން އިސްރާއީލުން ބޮޑު އަދަދަކުން މީހުން ހައްޔަރުކޮށްފި.

މިދެ އަވަށުން ހައްޔަރު ކުރި މީހުންގެ އަދަދު 51 އަށް އަރާ ކަމަށް ރިޕޯޓްކޮށްފި.

09:38

ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް 175 މީހަކު މިނިވަން ކޮށްފި.

އޭގެ ތެރޭގައި ހިމެނެނީ:

  • ހަމާސްއިން މިނިވަން ކުރި އިސްރާއީލުގެ 39 މީހަކު. މި މީހުން ދޫކޮށްފައިވަނީ 13 މީހުންގެ ތިން ގްރޫޕަކަށް ބަހައިގެން.
  • ނިރުބަވެރިން ދޫކުރި ފަލަސްތީނުގެ 117 މީހަކު. މި މީހުން ދޫކޮށްލާފައިވަނީ 39 މީހުންގެ ތިން ގްރޫޕަކަށް ބަހައިގެން.
  • ހަމާސްއިން ދޫކުރި ތައިލޭންޑުގެ 17 މީހަކު.
  • ހަމާސްއިން ދޫކުރި ފިލިޕިންސްގެ އެކަކު.
  • ހަމާސްއިން ދޫކުރި އިސްރާއީލް-ރަޝިއާގެ އެކަކު.

ހަމާސްއިން ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން އެމީހުންގެ ބެލުމުގެ ދަށުގައި ތިބި 50 މީހަކު، އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބި 150 މީހަކު ދޫކުރުމުން މިނިވަން ކުރެވޭނެ.

09:30

ޔަމަނުގެ ހޫތީން ހިފެހެއްޓި އާގު ބޯޓަކީ އިސްރާއީލުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެޔާލް އޮފާގެ ބޯޓެއް ކަމަށް ރިޕޯޓްތަކުން ބުނެފި.

އޭނާގެ ޒޯޑިއަކް މެރިޓައިމް ކުންފުންޏަކީ ދުނިޔޭގައި ވެސް ތިބި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ކުންފުނި. އެގޮތުން މިހާރު ވެސް 128 ބޯޓެއް ކުންފުނީގައި އޮންނަ ކަމަށް ވަނީ ރިޕޯޓް ކޮށްފަ.

09:18

ހަމާސް ޖަމާއަތުން ހައްޔަރު ކޮށްގެން ގެންގުޅުނު ނިރުބަވެރި އިސްރާއީލުގެ އަންހެނަކު މިނިވަން ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފި. ރިޕޯޓްތަކުން ބުނާ ގޮތުގައި އުމުރުން 84 އަހަރުގެ އެއަންހެން މީހާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ ސޮރޮކާ ހޮސްޕިޓަލުގެ އައިސީޔޫގައި.

ނިރުބަވެރިން ބުނާ ގޮތުގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ފާއިތުވި ދުވަސްތަކުގައި ހަމާސް ޖަމާއަތުގެ އިހުމާލުން.

09:16

ޣައްޒާގައި ކައްކާ ގޭސް ގަންނަން ހަދާފައިވާ ކިޔު ލައިނުގެ ދިގުމިން 2 ކިލޯމީޓަރަށް ދިގުވެއްޖެ ކަމަށް އދ. އިން ބުނެފި-- ފޮޓޯ: އޭއެފްޕީ

08:30

ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގެ ހުޅަނގުން އޮންނަ އޮފަރ ޖަލު ކައިރީގައި އިސްރާއީލުގެ އަސްކަރިއްޔާއާ ފަލަސްތީނުގެ ރައްޔިތުންނާއި ދެމެދު ކުރިމަތިލުންތައް ހިނގައިފި.

ރިޕޯޓްތައް ބުނާގޮތުން މި ހާދިސާ ހިނގާފައިވަނީ އިސްރާއީލާއި ހަމާސް އާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކުޑަކުދިން ދޫކޮށްލުމުގެ އިންތިޒާރުގައި ޖަލުގެ ބޭރުގައި އެއްވި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ފަހަތަށް ޖައްސަން އަސްކަރިއްޔާއިން މަސައްކަތް ކުރަމުން ދަނިކޮށް.

އިމަޖެންސީ ހިއުމެނިޓޭރިއަން ގްރޫޕުން ބުނީ އަނިޔާ ލިބުނު މީހުންގެ ތެރޭގައި ބަޑީގެ ޒަހަމްތައް ލިބުނު ހަތް މީހުންގެ އިތުރުން ރަބަރު ބުލެޓުން ޖެހި ހަތަރު މީހަކާއި ކަރުނަ ގޭސް އަމާޒުވި 10 މީހުން ހިމެނޭ ކަމަށް.

އަދި ޒަހަމްވި ގިނަބަޔަކު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށްވެސް ބުނެފައިވޭ.

މިތަނުން 63 ފަލަސްތީނުގެ ކުޑަކުދިން ވަނީ ދޫކޮށްލާފައި.

08:26

ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ހުށަހެޅުން އަދިވެސް އޭނާގެ ޖަމިއްޔާއިން "އިވެލުއޭޓް" ކުރަމުން އަންނަ ކަމަށް އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) ޖަމާއަތުގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ.

ދާއޫދު ޝިހާބް ވިދާޅުވީ އިސްލާމީ ޖިހާދަކީ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ފަލަސްތީނުގެ ރައްޔިތުންގެ މަސްލަހަތަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށް.

އޭނާ ވިދާޅުވީ އެ ޖަމާއަތުން މަސައްކަތް ކުރަނީ ހަނގުރާމަ ހުއްޓުވުމަށް ކަަމަށް. ޣައްޒާގެ ރައްޔިތުންގެ މައްޗަށް އިސްރާއީލުން ބާރު އެޅުމުގެ ފުރުސަތެއް ނުދޭނެ ކަމަށް.

08:23

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ރޭވެސް އިތުރު ހަމަލާތަކެއް ދީފި.

މީސް މީޑިއާގައި އާންމުކޮށްފައިވާ އަދި އަލްޖަޒީރާގެ ސަނާދު ނިއުސް އެޖެންސީން ކަށަވަރުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ހަމާސް ގައިދީންނާއި ފަލަސްތީނުގެ ބަންދުގައި ތިބޭ މީހުންގެ މުއާމަލާތްތައް ކުރިއަށް ދާއިރު، އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ރޭގަނޑުގެ އިތުރު އޮޕަރޭޝަންތައް ދަނީ ހިންގަމުން.

08:22

މިނިވަންކުރި ފަލަސްތީނު ގައިދީން ހިފާފައިވާ ހުޅަނގު އައްސޭރީގައި ތިބި ގެތަކަށް އެނބުރި ދިއުމުން އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުން އެ މީހުންގެ ގައިގައި ބައްދާލައިފި.

އިސްރާއީލުން ފަލަސްތީނުގެ 117 ގައިދީއަކު މިހާރު ދޫކޮށްލާފައިވާއިރު އޭގެ ތެރޭގައި ގިނައީ 18 އަހަރުން ދަށުގެ ފިރިހެން ކުދިން. ބައެއް ގައިދީންނަކީ 14 އަހަރުން ދަށުގެ ގައިދީން.

ފޮޓޯ: އޭޕީ
ފޮޓޯ: އޭއެފްޕީ
ފޮޓޯ: އޭއެފްޕީ
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

08:16

ހަތަރު ދުވަހުގެ ހަނގުރާމަ ހުއްޓާލި މުއްދަތު އިތުރުކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވެއްޖެ.

"މާދަމާއަށް ވުރެ އިތުރަށް ހަނގުރާމަ ހުއްޓާލުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އެއީ ރަހީނުކޮށްފައިވާ އިތުރު މީހުން ނުކުމެ، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން،" އެމެރިކާގެ ޓައިމް އާދީއްތަ ދުވަހު އެކްސްގައި ދެއްވި މެސެޖެއްގައި ބައިޑަން ވިދާޅުވި.

08:14

ހަމާސް އިން މިނިވަންކުރި މީހުން ގޮވައިގެން ހެލިކޮޕްޓަރު އިސްރާއީލުގެ ޕެޓާ ޓިކްވާގައި ހުންނަ ޝްނައިޑާ ޗިލްޑްރަންސް މެޑިކަލް ސެންޓަރަށް ޖެއްސުމުން ގިނަބަޔަކު އުފާ ފާޅު ކުރަން އެއްވެފައި.

ފޮޓޯ: އޭއެފްޕީ
ފޮޓޯ: އޭޕީ
ފޮޓޯ: އޭއެފްޕީ

08:12

ހަމާސް ޖަމާއަތުން ދޫކޮށްލި ތައިލެންޑުގެ ތިން ގައިދީންގެ ހާލު ރަނގަޅު ކަމަށް ތައިލެންޑުގެ ބޮޑުވަޒީރު ރެތާ ތަވިސިން ވިދާޅުވެއްޖެ.

08:11

ޣައްޒާ އޮތީ "ބަނޑުހައިހޫނުކަމުގެ އައްސޭރީގައި" ކަމަށާއި ހަތަރު ދުވަހުގެ ހަނގުރާމައިގެ ނިމުން ގާތްވަމުން އަންނައިރު، ވަށާލާފައިވާ ސަރަހައްދަށް އިތުރު އެހީދިނުމަށް އެމެރިކާގެ ޓީވީ ޗެނަލެއް ކަމަށްވާ ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި އދގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ޑިރެކްޓަރު ސިންޑީ މެކޭން ގޮވާލައިފި

 

08:09

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުންދާ "ހަމަލާތައް" ފުޅާ ދާއިރާއެއްގައި އަދި ދާއިމީ ގޮތެއްގައި ހުއްޓާލުމަށް ފަލަސްތީނުގެ ސިޔާސީ ޖަމާއަތެއް ކަމަށްވާ ފަތުހު ޖަމާއަތުން ގޮވާލައިފި.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތުގެ މުޖާހިދުން ފެށި ހަނގުރާމައަކީ މިހާތަނަށް މުޖާހިދުން ދިން ހަމަލާތަކުގައި ނިރުބަވެރިންނަށް އެންމެ ބޮޑު ސިހުމެއް ލިބިގެން ދިޔަ ހަނގުރާމައަށެވެ. މަހަކަށްވުރެ ގިނަ ދުވަހަކަށް ދެމިގެން ދިޔަ މި ހަނގުރާމަ އިތުރަށް ވަރުގަދަ ވެގެން ގޮސްފައިވާއިރު، މިދިޔަ ހުކުރު ދުވަހު ދެފަރާތުން ވަނީ ހަމަލާތައް މެދުކަނޑާލައި، ގައިދީން ބަދަލު ކުރުމަށް އެއްބަސްވެފައެވެ.

މިއެއްބަސްވުމުގެ ދަށުން މިހާތަނަށް ގިނަ ބަޔަކު މިނިވަން ކޮށްފައިވާއިރު، މިއަދަކީ އެއްބަސްވި ތިން ދުވަސް ނިމޭ ދުވަހެވެ. ތިން ދުވަސް ނިމޭއިރު، މިހާރު މީޑިއާތަކުގައި އަޑު ފެތުރެމުން އަންނަނީ އެ މުއްދަތު އިތުރު ކުރުމަށް މުޖާހިދުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މުޖާހިދުން މިކަން ސީދާ ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލައި، ގައިދީން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް، މިހާރު ވެސް ނިރުބަވެރިން އަންނަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް ޣައްޒާގެ ބަޔަކު ޝަހީދުކޮށް، ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާ ދީފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާއާއި އިސްރާއީލާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.