ޣައްޒާގެ އެތެރެއަށް ވަދެ ހަނގުރާމަ ކުރަމުން ދަނިކޮށް މަރާލި ނިރުބަވެރި ސިފައިންގެ އަދަދު 425 އަށް އަރައިފިއެވެ.

ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ހަނގުރާމަ ފެށިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މިހަނގުރާމައިގެ ފުރަތަމަ ދުވަސްކޮޅު ޣައްޒާގެ ތެރެއަށް ވަދެ ނިރުބަވެރިން ހަމަލާ ނުދިން ނަމަވެސް ފަހުން ވަނީ ޣައްޒާގެ ތެރެއަށް ވަދެ ހަނގުރާމަ ދޭން ފަށާފައެވެ.

ނިރުބަވެރި އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމީހުންގެ 425 ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. އަދި މިހާރު 15 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އަންނަނީ ފަރުވާ ދެމުންނެވެ.

ނިރުބަވެރިން ބުނެފައިވަނީ މީގެ ކުރިން ވެސް ހަމާސްއިން އަމާން ދީފައިވާ ކަމަށާއި ދެން ވެސް ހަމާސް އިން އަމާންދީފިނަމަ އެކަން ބަލައިގަންނާނެ ކަމަށެވެ. އަދި ހަނގުރާމައެއް ވެއްޖެއްޔާ ބޭނުން މުއްދަތަކަށް އިސްރާއީލަށް ހަނގުރާމަ ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.