ހަމާސް ޖަމާއަތުގެ މުޖާހިދުން ހައްޔަރު ކޮށްފައި ތިބި ނިރުބަވެރި އިސްރާއީލުގެ މީހުން ދޫކޮށްލުމަށް ރަޝިއާއިން ގޮވާލައިފިއެވެ.

ރަޝިއާގެ އިން އެގޮތަށް ގޮވާލާފައިވަނީ އެގައުމުގެ ޑެޕިއުޓި ފޮރިން މިނިސްޓަރ، މިޚައިލް ބޮގްޑަނޮވް ހަމާސް ޖަމާއަތާއި ފަލަސްތީނާއި ގުޅުންް އޮންނަ އެހެނިހެން ފަރާތްތަކަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަމުންނެވެ.

ރަޝިއާއިން އެފަދައިން ގޮވާލާފައިވާއިރު، ރަޝިއާގެ ރައީސް، ވްލަޑްމީރް ޕޫޓިންއާއި އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން މެދުއިރުމަތީގެ ލީޑަރުންނާއި އެކީ ޕޫޓިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ރަޝިއާއިން އެފަދައިން ގޮވި ނަމަވެސް، ހަމާސް ޖަމާއަތާއި ޣައްޒާއާއި ގުޅުން ތިބި ފަރާތްތަކުން އެކަމާއި ގުޅޭ ގޮތުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރަހީނުން ދޫކުރުމުގެ މަސައްކަތް ރަޝިއާއިން ކުރާއިރު، ދެފަރާތުގެ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލައި ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމެއް މީގެ ކުރިން ހެދިއެވެ. އެހެން ނަމަވެސް ހަމާސް ޖަމާއަތުން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށް ބުނެ ނިރުބަވެރިން ވަނީ އަނެއްކާ ވެސް ހަމަލާތައް ދޭން ފަށާފައެވެ. މި ހަމަލާތަކުގެ ކުރިން ދެފަރާތުން ވެސް ބައެއް ގައިދީން ބަދަލުކޮށްފައެވެ.

ރަޝިއާއިން މިހާރު ބުނަމުން އަންނަނީ އެމީހުންގެ ބޭނުމަކީ ހަމާސް ޖަމާއަތް އެއްކޮށް ނައްތާލުން ކަމަށާއި އެކަން ހާސިލު ކުރުމަށްފަހު، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އެމީހުންގެ 100 އަށްވުރެ ގިނަ މީހުން މިނިވަން ކުރާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ހަމާސްއިން ބުނެފައިވަނީ އިސްރާއީލަށް ދޫނުދޭނެ ކަމަށާއި އެމީހުންގެ ގައިދީން ލިބެން އޮތް ހަމައެކަނި ގޮތަކީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ޣައްޒާގެ ރައްޔިތުން މިނިވަން ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަނގައޭނުކިޔަބަލަ

    ރަޝިއާ ބޯގޯސްވާހަކަދައްކާނެކަމެއްނެތް އިސްރާއިލުން ކުށަކާނުލާ ހައްޔަރުކޮށްފައިތިބި ފަލަސްތީނުގެ ނިކަމެތިން ފުރަތަމަދޫކުރާށޭބުނޭ ﷲތައާލާ ގުރުއާނުގައި ބަޔާންކޮށްފައިވޭ ތި ޔަހޫދީންގެ ނުބައިވާހަކަ އެއީ ވައުދުފުއްދާބައެއްނޫން އަނިޔާވެރިން ފިތުނަވެރިން ތިމީހުންނަށް އިތުބާރުކޮށް ހަމާސްއިން ރަހީނުން ދޫކޮށްފިއްޔާ ބޮޑު ބޮނޑިއެއްލިބޭނީ އެއިރުން އިޒްރޭލުން
    ރަހީނުން ދޫނޮކޮށްފިއްޔާ އަތައްގޮވީ ..ރަޝިއާ ތިއީ ޔަހޫދީންނާ ގުޅުންއޮންނަ ޖައްބާރެއް

    30
  2. އަސްލުގ

    އިޒްރޭލުގަ ތިބި ފަލަސްތީނުގެ ރަހީނުން ދޫކޮށްލުމަށް ރަޝިއާއިން ގޮވައިނުލީ ކީއްވެ ؟؟؟

    31
  3. ޕުއްޕުޓިން

    ނުޖެހޭ ދޫކުރާކަށް. ފަލަސްތީނުގެ ރަހީނުކޮށްފައިވާ އެތައް ހާސް މީހުން އިޒްރޭލުން ދޫކޮށް، ގައްޒާއަށް ދެމުންދާ ހަމަލާ ހުއްޓާލައި އަދި އެތަނުން ނުފައިބަނީސް ނުޖެހޭ އެންމެ މީހެއްވެސް ދޫކުރާކަށް. ރަޝިޔާ އަކީވެސް ދެފުށް ދެގޮތް ބައެއް.

    • ޕޫޓިން

      ރިޕޯޓަރައް މިސްޓޭކެއް ލިޔެވުނީތަ ނޫނީ އަސްލުވެސް ރަށިޔާ މީހުން ބުނިތަ ހަމާސް ނައްތާލަން ބޭނުމޭ ބުނެފީއްޔާ އެލިބޭނީ ބޮޑު މެސެޖޭ މުސްލިމު އުމްމަތައް އުމްމައި އެކުވެރި ވެ ހަލީފާއެއް އައިޔަން ކުރަން ފެނޭ ވީ އެންމެ އަވަހަކައް