ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ މޭޔަރަކު ޝަހީދުކޮށްލައިފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޝަހީދު ކޮށްލާފައިވަނީ ލުބުނާނުގެ ތައިބާ އަވަށުގެ މޭޔަރު، ހުސެއިން މަންސޫރު 80އ އެވެ. އޭނާ ޝަހީދު ކޮށްލާފައިވަނީ ހިޒްބުﷲއާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ލުބުނާނުގެ ބޯޑަރު ސަރަހައްދަށް ދިން ހަމަލާއެއްގައެވެ.

މީޑިއާތަކުން ބުނީ އެހަމަލާގެ ތެރެއިން އޭނާގެ ގެއަށް ހަމަލާދީފައިވާ ކަމަށެވެ.

އެހަމަލާ އަމާޒުވީއިރު، އޭނާއާއި އެކީ އިތުރު މީހުންވެސް ތިބި ކަމަށާއި ނަމަވެސް އޭގެއިން މީހަކު ޝަހީދު ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ލުބުނާނުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 120 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެ ނުވަތަ ޝަހީދުވެވައެވެ.