ސީރިޔާގެ އިރުމަތީ ޣޫތާއަށް އެޤައުމުގެ އަސްކަރިއްޔާ އިން މިހާރު ދެމުން ހަމަލާތަކުގައި، މިއަދަކީ އެންމެ ނުރައްކާތެރި އަދި އެންމެ ހިތާމަވެރި ދުވަސްކަމުގައި ސީރިޔަން އޮބްޒަވޭޓަރީ ފޯރ ހިއުމަން ރައިޓްސް އިން ބުނެފިއެވެ.
އެއޮބްޒަވޭޓަރީ އާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފައިވަނީ އެއްގަމާއި ވައިގެ މަގުން ދިން ހަމަލާތަކުގައި މިހާތަނަށް 70 މީހުން ވަނީ މަރުވެފައެވެ. އަދި، އެހީގެ ތަކެއްޗާއެކު ދިޔަ އުޅަނދުތަކަށް، އެހީގެ ތަކެތި ފޯރުކޮށްދެވޭ ގޮތްވަނީ ނުވެފައެވެ.
ސީރިޔާއަށް މަދަދުވެރިވާ ރަޝިޔާގެ ފުރިހަމަ ތާއީދާއެކު ހަމަލާ ދިނުން ހުއްޓާލުމަށް މުއްދަތެއް ކަނޑައަޅާފައިވީނަމަވެސް، ބަޝާރުގެ ފައުޖުތަކުންވަނީ މި ނިންމުމާ ޚިލާފުވެފައެވެ. އަދި، ހަނގުރާމަ އިތުރަށް ކުރިއަށް ގެންދާނެކަމަށް ބަޝާރުވަނީ ބުނެފައެވެ.
ވަރުގަދަ ހަމަލާތަކުގެ ސަބަބުން އިރުމަތީ ޣޫތާގެ ރައްޔިތުން ހާލުގައި ޖެހިފައިވާއިރު، އެސަރަޙައްދަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިއްޔެވަނީ އެސަރަޙައްދަށް 46 ލޮރީވެސް ފޮނުވާފައެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައިސީއާރްސީ) އާއި ސީރިޔާގެ ރެޑް ކްރެސެންޓް އަދި އދ. ގުޅިގެން ފޮނުވި އެހީގެ ތަކެތީގެ ލޮރީތަކަށް، މަސް ދުވަސްފަހުން އިއްޔެވަނީ އެޤައުމުގެ ސަރުކާރުން ހުއްދަވެސްދީފައެވެ.
ނުލަފާ ޖައްބާރެެއް ބައްޟާރަކީ..... ?????
އަދިވެސް ރާއްޖެ ކަންތައްތަކަށް އަނގަ އަރުވަން ތިބޭ އދ އިން. ނުފެނޭތަ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ކުރާ އަނިޔާ
ބައްޝާ ރެއެއް ނޫނޭ ގޯހީ. އެމެރިކާ އަދި ހުޅަނގުން ބޭނުން ހާގޮތަ ކަށް ގައުމު ހިންގާކަށް ބައްޝާރު ބޭނުން ނުވާތީ، ބައްޝާރަކީ ވަރުގަދަ ލީޑަރެއް، އިސްލާމީ ހުރިހާ ގައުމެއް އެމެރިކާ ބޭނުން ހާގޮތަކަށް ބައްޓަން ކުރަމުން އެދަނީ. ޔަހޫދީން ނަށް ގައުމު ދޫކުރާކަށް ބޭނުން ނުވާތީ އެގޮތުގަ އެހުންނަވަނީ، ސީރިޔާގެ މަރުވަމުން ދާ ކޮންމެ ރަށްޔިތަކީ ޝަހީދެއް. ޔާ ﷲ ސީރިޔާއަށް ނަސްރުދެއް ވާދެށި.. އާމީން