އިންޑިއާގެ އަލާހާބާދު ޔުނިވާސިޓީގެ ދަރިވަރެއްގެ ހޮސްޓެލް ކޮޓަރީގައި ހަދަމުން ދިޔަ ބޮމެއް އޭނާގެ އަތުގައި އޮއްވާ ގޮވައިފިއެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި އެ ކުއްޖާ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

އެ ދަރިވަރު ބޮން ހަދަނީ ކީއްވެގެން ކަމެއް އަދި ނޭނގެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ޝިވްކުޓީ) ރާޖޭޝް ކުމާރު ޔާދަވް ވިދާޅުވީ އަލާހާބާދު ޔުނިވާސިޓީގެ އެމްއޭ ކިޔަވަމުން އަންނަ ޕްރަބާތު ޔާދަވް ޕީސީ ބެނާޖީ ހޮސްޓެލްގައި ހުންނަ އޭނާގެ ކޮޓަރީގައި ބޮމެއް ތައްޔާރު ކުރަމުން ދަނިކޮށް އޭނާގެ ކަނާއަތަށް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

އަދި އޭނާގެ ހާލު ސީރިއަސްވެ އެސްއާރްއެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާގައި އިތުރު ދަރިވަރަކަށް ކުދި ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

އޭސީޕީ ވިދާޅުވީ ޕްރަބާތު ޔާދަވްއާ ދެކޮޅަށް ވަރަށް އަވަހަށް އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު