23:26

ހަނގުރާމައަށްވުރެ ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި މީހުން މަރުވެދާނެ ކަމަށް ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވެއްޖެ.

ސްވިޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ފަލަސްތީނު އިންވެސްޓްމަންޓް ފަންޑުގެ ޗެއާޕާސަން މުހައްމަދު މުސްތަފާ ވިދާޅުވީ މިފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށއ.

"އަޅުގަނޑުމެން ސަމާލުކަން ނުދީފިނަމަ، ހަނގުރާމައަށްވުރެ، ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުން މަރުވެދާނެ. އެހެންވީމާ، އަޅުގަނޑުމެން ބޭނުމެއް ނޫން، މިކަން ހިނގާތަން ބަލަން މާގިނަ އިންތިޒާރެއް ކުރާކަށް. އަޅުގަނޑަށް ހީވަނީ މިހާރު ބަދަލުވާންވީ ވަގުތު ޖެހިއްޖެހެން،" އޭނާ ވިދާޅުވި.

23:24

ޣައްޒާއަށް ބޭސްފަރުވާގެ އެހީ ވަނުމާ ގުޅޭ ގޮތުން ސިލްސިލާ މަޝްވަރާތަކެއް ކުރުމަށްފަހުވެސް، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތާއެކު އިސްރާއީލުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ގޯސްވެއްޖެ.

21:15

ރަތް ކަނޑުގައި ޔަމަންގެ ހޫތީން ދެމުން ގެންދާ ހަމަލާ ތަކުގެ ސަބަބުން ހޫތީންނަކީ ނިރުބަވެރި ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައަޅަން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި

20:21

އިސްރާއީލުން ޣައްޒާގައި ފަލަސްތީނާ ދެކޮޅަށް ޖަރީމާ ހިންގަމުންދާ ކަމަށް ބުނެ އދ.ގެ އެންމެ މަތީ ކޯޓުގައި ހިނގަމުންދާ ދެކުނު އެފްރިކާގެ މައްސަލައަށް ތާއީދު ނުކުރާ ކަމަށް ފަރަންސޭސި ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ.

20:20

ރަތް ކަނޑުގެ އުޅަނދުތަކަށް ހޫތީން ދިން ހަމަލާތަކުގެ އަސަރުން އެކްސްޕޯޓްކުރާ ފަރާތްތައް ސަލާމަތް ކުރުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދީފި.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު އީރާނުގައި ހޯމަ ދުވަހު ބޭއްވެވި މަޝްވަރާތަކުގައި ރަތް ކަނޑުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވާފައި.

20:19

ޖެނުއަރީ 12 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ނުލިބޭއިރު، މިއީ މިއީ ހަނގުރާމަ ފެށުނު ފަހުން ދެމެހެއްޓެނިވި ގޮތެއްގައި ޓެލެކޮމިއުނިކޭޝަން ހިދުމަތަށް ހުރަސް އެޅިގެން ދިޔަ އެންމެ ދިގު މުއްދަތު ކަމަށް ތަޖުރިބާކާރުން ބުނޭ.

18:40

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ޚާން ޔުނިސްގެ ހުޅަނގު ދެކުނުގައި އޮންނަ އޮސްޓްރިއާގެ އަވަށުގެ ގަބުރުސްތާނުގެ ބައެއް ހަލާކުކޮށްލައި، ބައެއް މީހުންގެ ހަށިގަނޑުތައް ގެންގޮސްފި

18:22

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރެމް ރެފިއުޖީ ކޭމްޕަށް އަސްކަރިއްޔާއިން ދިން ހަމަލާގައި އިސްރާއީލު ސިފައިންގެ މީހަކަށް "ސީރިއަސް ޒަހަމްތަކެއް" ލިބިފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން މި ހަމަލާ ދެމުން އަންނަތާ ގާތްގަނޑަކަށް ނުވަ ގަޑިއިރު ވެއްޖެ.

18:21

އިސްރާއީލް ސިފައިން އަދިވެސް ތިބީ ތުލްކަރެމް ރެފިއުޖީ ކޭމްޕްގައި ހަތިޔާރު އެޅި މީހުންނާ ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުން.

އިސްރާއީލް ސިފައިން ގޭގެއަށް ގޮސް، ބައެއް ފަހަރު އެތަނަށް ވަނުމަށް ދޮރުތައް ވެސް ގޮއްވާލާ ކަމަށް އާންމުން ބުނޭ. އަދި އެމީހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ސުވާލުކޮށްފައި.

18:18

ޣައްޒާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާއިރު، ޣައްޒާގެ ކޮންމެ މީހަކުވެސް ބަނޑުހައި ހޫނުކަމުގައި ދިރިއުޅެމުންދާ ކަމަށް އދ.ގެ ތަޖުރިބާކާރުން ބުނެފި.

އައްސޭރިފަށުގެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ 2.3 މިލިއަން މީހުންނަކީ މުޅި ދުނިޔޭގައި ބަނޑުހައިހޫނުކަން ނުވަތަ ނުރައްކާތެރި ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ދުނިޔޭގެ އާބާދީގެ 80 އިންސައްތަ.

18:16

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރެމް ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާގައި ހާލުގައި ޖެހުނު މީހުންނާ ހަމައަށް ވާސިލުވާން އުޅުމުގެ ތެރޭގައި އެ ޖަމިއްޔާގެ އެމްބިއުލާންސްގައި މަސައްކަތް ކުރާ ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނެފި.

 

18:15

ހޫތީން އިސްރާއީލާ ގުޅުން ހުރި އުޅަނދުފަހަރަށް ހަމަލާތައް އަމާޒުކުރުމަމުންދާއިރު، މި މުހިންމު ކަނޑުގެ މަގުގައި ހަމަނުޖެހުން އުފެދުމަކީ ދުނިޔޭގެ ވިޔަފާރީގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)ގެ ވެރިޔާ އެންގޯޒީ އޮކޮންޖޯ-އިވެއާލާ ވިދާޅުވެއްޖެ.

18:13

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގައި ހުންނަ އުރުދުންގެ މިލިޓަރީ ފީލްޑް ހޮސްޕިޓަލަށް އިސްރާއީލުގެ ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އުރުދުންގެ އަސްކަރިއްޔާއިން ބުނެފި.

އެ ގައުމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވުމުގެ ޒިންމާ އިސްރާއީލުގެ ބޮލުގައި އެޅިފައިވާ ކަމަށް.

 

18:12

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ތުލްކަރެމް ރެފިއުޖީ ކޭމްޕަށް ހަމަލާދީފި - ފޮޓޯ: އޭޕީ
އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ތުލްކަރެމް ރެފިއުޖީ ކޭމްޕަށް ހަމަލާދީފި - ފޮޓޯ: އޭޕީ
އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ތުލްކަރެމް ރެފިއުޖީ ކޭމްޕަށް ހަމަލާދީފި - ފޮޓޯ: އޭޕީ

18:11

ޣައްޒާގެ ހުރިހާ ކްރޮސިންއެއް ހުޅުވައި، ރިލީފް އަދި މެޑިކަލް ސާމާނު ގެނައުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ޕްރެޝަރު ކުރުމަށްފަލަސްތީނު އޮތޯރިޓީގެ މިނިސްޓަރ އޮފް ސޯޝަލް ޑިވެލޮޕްމަންޓް ގޮވާލައްވައިފި.

18:10

އިސްރާއީލުން ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނާއި އެތެރޭގެ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ތިބީ އެކަމަށް ބޭނުންވާ އެހީތެރިކަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ނުފޯރާނެތީ ކަންބޮޑުވެފައި.

ޣައްޒާގެ އުތުރާއި ދެކުނުން ޣައްޒާއަށް ހަމަލާތައް ދެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.

18:09

އެހެން ގައުމުތައް ޣައްޒާހެ ހަނގުރާމައިގެ ތެރެއަށް ވައްޓާލުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ.

18:01

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި އެތަނުގައި ތިބި އިސްރާއީލުގެ ގައިދީންނަށް ބޭސް ފޯރުކޮށްދިނުމަށް ގަތަރާއި ފަރަންސޭސިވިލާތުން އެއްބަސްވި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލް ހަމާސް އިން ހާމަކޮށްފި

17:04

އީރާނުން އިރާޙުގެ އެރްބިލް ސިޓީއަށް ދިން ހަމަލާތަކާ ގުޅިގެން އދ އަށް މައްސަލައެއް އިރާގުން ހުށަހަޅައިފި

16:48

ޕާކިސްތާނާއި އަފްޣާނިސްތާނާ ގުޅިފައިވާ އީރާނުގެ ބަލޫޗިސްތާން ބޯޑަރަށް ދިން ނިރުބަވެރި ހަމަލާ ނާކާމިޔާބުކޮށްލިކަން އީރާނުގެ ބޯޑަރ ގާޑް ކޮމާންޑުން އިއުލާނުކޮށްފި.

އީރާނުން ވަނީ އަސްކަރީ ވެހިކަލަކާއި ހަތިޔާރު ހިފަހައްޓައި، ހަމަލާދިން މީހުންގެ ތެރެއިން އެކަކު މަރާލާފައި. އަދި އެ މީހުންގެ ތެރޭގައި ބާކީ ތިބި މީހުން ޒަހަމްކޮށްލި ކަަމަށްވެސް ބުނެފައިވޭ.

16:45

އީރާނުގެ ތެހެރާނުގައި މިވަގުތު ހުންނެވި އީރާނުގެ ސަފީރު ޕާކިސްތާނުން ބޭރުކޮށް، އެނބުރި ޕާކިސްތާނަށް ނުދިއުމަށް އަންގައިފި

15:44

15:43

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 163 މީހުން ޝަހީދުކޮށްލައިފި.

15:29

އިސްރާއީލުން މިއަދު ވެސް ވަނީ ހުޅަނގު އައްސޭރީގެ ތުލްކަރެމް އަށް ޑްރޯން ހަމަލާއެއް ދީފައި.

15:28

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެން ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާ އެކުގައި މަސައްކަތް ކުރަން ޖެހޭ.

15:26

ރަތް ކަނޑުގައި ހޫތީންނާއި އިނގިރޭސިވިލާތާއި އެމެރިކާ އިން ހަމަލާތައް ބަދަލުކުރަމުންދާތީ ރަތް ކަނޑުން ދަތުރު ކުރަން ހަމަޖެހިފައި އޮތް ގަތަރުގެ ބޯޓުތަކެއް މިސްރާބު ބަދަލުކޮށްފި.

15:16

އިސްރާއީލުގެ އަނިޔާވެރި ޔަހޫދީ ސިފައިން ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރި އަދި ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ގޮވާލަން ޖެހޭ ކަމަށް ޔަމަނުގެ ސަރުކާރުން ބުނެފި.

14:30

ތުލްކަރެމް ރެޕިޑް ރެސްޕޮންސް ބެޓަލިއަންގެ މުޖާހިދުން ދަނީ އެ އަވަށު އެކި ސަރަހައްދުތަކުގައި ނިރުބަވެރިންނާ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުން.

14:28

ނިރުބަވެރި އިސްރާއީލުގެ ފައުޖުތައް ތުލްކަރެމް ހިސޯރުކޮށްގެން ތިބިތާ 6 ގަޑިއިރަށް ވުރެ ގިނަ އިރުވެފައިވާ އިރު އެ އަވަށުން ޝަހީދުވީ މީހުންގެ އަދަދު ވަނީ 4 އަކަށް އަރާފަ.

ފިނޑި އިސްރާއީލުން ދަނީ ތުލްކާމް އަށް ދަތުރު ކުރަމުން ދާ އެމްބިއުލާންސްތައް ހުއްޓުވާ، އެމްބިއުލޭންސް ކްރޫ އިން ހައްޔަރުވެސް ކުރަމުން.

14:16

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޣައްޒާ އަށް ގެންދިޔަ އަސީރުންނަށް ބޭސް ފޯރުކޮށްދިނުމަށް އިސްރާއީލާއި ގަތަރާ ދެމެދު ގާއިމުކުރި އެއްބަސްވުމުގެ ދަށުން ބޭސް ހިފައިގެން ދެ މަތިންދާ ބޯޓެއް މިސްރަށް ގޮސްފި.

14:03

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސްގެ މުޖާހިދުންނަށް ޖާސޫސްކޮށްދޭ ފަލަސްތީނުގެ ރައްޔިތަކު ޝަހީދުކޮށްލާފައިވާ ކަމަށް ބުނެ، އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަސްކަރިއްޔާގެ ނިރުބަވެރި ސިފައިން އެ ވާހަކަ "މޮޅު"ކޮށްގެން ދައްކަން ފަށައިފި.

13:51

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ ތުލްކަރަމް ރެފިއުޖީ ކޭމްޕުގައި އިސްރާއީލު ސިފައިން ހަމަނުޖެހުން ހިންގަމުން އެބަދޭ.

11:45

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނަބުލުސްގައި ކާރަކަށް ޑްރޯން ހަމަލާއެއްދީ އެ ކާރުގައި ތިބި ބަޔަކު ޝަހީދުކޮށްލާފައިވާނެ ކަމަށް. އެމީހުންނަކީ "ޓެރަރިސްޓުންތަކެއް" ގޮތުގައި އިސްރާއީލުން ސިފަކޮށްފައިވޭ.

މި ހަމަލާގައި ކިތައް މީހުން ޝަހީދުކޮށްލި ކަމެއް އަދި ސާފެއް ނޫން. އޭގައި ޒުވާން ފިރިހެނުންތަކެއް ތިބި ކަމަށްވޭ.

އިސްރާއީލުން ވަނީ ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީގެ އެމްބިއުލާންސްއަކަށް ވެސް ހަމަލާދީފައި.

11:42

އިސްރާއީލްގެ އަސްކަރީ ސައިޓުތަކަށް އަމާޒުކޮށް ލުބުނާނުން ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި.

10:05

ފަލަސްތީނުގެ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަނިކޮށް އިސްރާއީލްގެ އިތުރު ދެ ނިރުބަވެރިއަކު މަރާލައިފި.

09:12

ރަތް ކަނޑުގައި އަމާންކަން ދަމަހައްޓައި، ހޫތީންގެ ބިރުވެރިކަން ނައްތާލަން ކަމަށް ބުނެ އެމެރިކާ އާއި އިނގިރޭސިވިލާތުން ހޫތީންގެ އަމާޒުތަކަށް ހަމަލާ ދެމުން ދިޔަ ނަމަވެސް ރަތް ކަނޑު އަދިވެސް ވިޔަފާރި ދަތުރުތަކަށް ނުރައްކާތެރި ކަމަށް ބޭރު ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ މާހިރުން ބުނެފި.

09:11

އިސްރާއީލުގެ މަސައްކަތުގެ ދާއިރާތަކުގަައި ވަޒީފާ އަދާކުރާނެ މީހުން ހޯދުމަށް އެ ގައުމުގެ ޓީމެއް އިންޑިއާ އަށް ގޮސްފި.

09:10

ރަތްކަނޑުން ދަތުރު ކުރަމުން ދިޔަ ކާގޯ ބޯޓަކަށް އިއްޔެ ދިން މިސައިލު ހަމަލާގެ ޒިންމާ ހޫތީން އުފުލައިފި.

09:08

ހަނގުރާމައާ ދެކޮޅަށް އިސްރާއީލްގެ ވެރިރަށް ތެލް އަވީވްގައި މުޒާހަރާ ކުރަނީ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ބޮން އަޅާތާ މިއަދަށް ވަނީ 103 ދުވަސްވެފައެވެ. އިސްރާއީލް ސިފައިންގެ އަމާޒު މިވަގުތު މުޅިން ހެން ހުރީ ޣައްޒާގެ ދެކުނަށެވެ. އަދި ޣައްޒާގެ މެދުތެރެއަށާއި އުތުރަށް ވެސް ދޭތެރެ ދޭތެރެއިން ހަމަލާތައް ދޭ ފަހަރު އާދެއެވެ.

އެގޮތުން ޣައްޒާގެ ދެކުނުން އޮންނަ ހާން ޔޫނުސް އަށް ދިން ވައިގެ ހަމަލާއެއްގައި ރޭގައި ވަނީ 13 މީހަކާއި ދެ ކުޑަ ކުއްޖަކު ޝަހީދުކޮށްލައިފައެވެ. އަނެއްކޮޅުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިންގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މި އަހަރުގެ މިހާތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި ހުޅަނގު އައްސޭރީން އެކަނި ވެސް 30 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

ޣައްޒާގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން މުއާސަލާތީ ހިދުމަތް މެދުކެނޑިފައިވާ އިރު، މިއަދަށް ވަނީ ހަތަރު ދުވަސްވެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 24،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.