އުރުދުން އިން ސީރިއާ އަށް ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ 9 މީހަކާއި ކުޑަ ދެ ކުއްޖަކު މަރާލައިފިއެވެ.

އުރުދުންގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެ ގައުމުގެ ވައިގެ އަސްކަރިއްޔާގެ ޖެޓްތައް ބޭނުންކޮށްގެން ވައިގެ ހަމަލާ ދީފައި ވަނީ ޑްރަގް ޓްރެފިކް ކުރާ ބަޔަކަށް އަމާޒުކޮށް ކަމަށެވެ. މި ހަމަލާގައި އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނޫނެވެ. އުރުދުން އިން ސީރިއާއާ ގުޅިގެން މީގެކުރިން ވެސް މިފަދަ ތަފާތު އޮޕަރޭޝަންތައް ހިންގާފައި އެބަހުއްޓެވެ. އެގޮތުން މަސްތުވާތަކެއްޗާ ހަތިޔާރު އެތެރެކުރުމާ ދެކޮޅަށް މިފަދަ އޮޕަރޭޝަންތައް ހިންގާފައިވެއެވެ.

ސްވޭދާ24 ނޫސް ވެބްސައިޓުން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާތައް ވަނީ ސީރިއާގެ އުރްމަން ސަރަހައްދަށެވެ. އަދި ވައިގެ ހަމަލާތަކުގައި މަރުވެފައިވާ މީހުންނަކީ އެއް އާއިލާއެއްގެ ބައެއް ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އުރުދުން އިން ސީރިއާ އަށް ހަމަލާ ދިން އިރު، އިރާނާއި ޕާކިސްތާނުން ވެސް ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ވައިގެ މަގުން ހަމަލާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އިސްލާމީ ޤައުމަކަށް ހަމަލާދޭންވީމާ ބޮންތަކާއި މަތިންދާބޯޓުތަކާވެސް އޮވޭދޯ އެބަ! އެކަމަކު އިސްރޭލާ ދެކޮޅަށް އެއްޗެއް ބުނަންވީމާ ދެލޯކަނު މަންމަން ވާގިނެތިފައި ތިބޭ މަސްބުރިތަކެއް!

    21
    1