ނިރުބަވެރިން ޣައްޒާގައި ހިންގަމުންދާ ގަތުލު އާއްމުގައި އިތުރު ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަލްގުދުސް ޓުޑޭގެ ޑައިރެކްޓަރު، ނޫސްވެރިޔާ ވައިލް ފަނޫނާ ޝަހިދުކޮށްލާފައި ވަނީ ޣައްޒާގެ މެދުތެރޭގައި ނިރުބަވެރިން ދިން ބޮމުގެ ހަމަލާއެއްގައެވެ.

އޭނާއަކީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ޣައްޒާގައި ޝަހީދުވި 119 ވަނަ ނޫސްވެރިޔާއެވެ. އަދި މިއީ އަލްގުދުސް ޓުޑޭއިން ޝަހީދުވި 9 ވަނަ ނޫސްވެރިޔާއެވެ.

ޣައްޒާގައި ކައިރި ކައިރީގައި ނޫސްވެރިން ދަނީ ޝަހީދު ކުރަމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 24،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.