އެޓްލަސް އެއާގެ ބޮއިން ކާގޯ މަތިންދާބޯޓެއް ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިންޖީނަށް މައްސަލައެއް ދިމާވެ، މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓަށް އެމަޖެންސީގައި ޖައްސަން ޖެހިއްޖެއެވެ.

އެޓްލަސް އެއާއިން ނެރުނު ބަޔާނެއްގައި ބުނީ މަތިންދާ ބޯޓުގެ ހުރިހާ ސްޓޭންޑަޑް ޕްރޮސީޖާތަކަކަށް ތަބާވެ ރައްކާތެރިކަމާއެކު އެނބުރި މިޔާމީ އެއާޕޯޓަށް ޖައްސާފައިވާ ކަަމަށާއި، ރޭ ހިނގި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓުގެ ވާތު ފިޔައިން އަލިފާން ރޯވެފައި ވެއެވެ.

ނަމަވެސް އެ ވީޑިއޯތަކުގެ ސައްހަކަން ރޮއިޓާސްއަށް ކަށަވަރު ވެފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

ފްލައިޓްއަވެއާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ހާދިސާ ހިނގި މަތިންދާބޯޓަކީ ބޮއިން 747-8 މަރުކާގެ މަތިންދާބޯޓެކެވެ. ބޮއިންގްގެ 747-8 މަރުކާގެ މަތިންދާބޯޓުގައި ހަތަރު ޖެނެރަލް އިލެކްޓްރިކް ޖީއެންކްސް އިންޖީނު ހުރެއެވެ.

މިއާމީ-ޑޭޑް ފަޔަރ ރެސްކިއުއިން ބުނިގޮތުގައި، މި ހާދިސާަގއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ބޮއިންގް، އެފްއޭއޭ އަދި ޖެނެރަލް އިލެކްޓްރިކްގެ ބަހެއް ހޯދުމަށް ރޮއިޓާސް އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.