މައިންގެ އަގު ވަޒަންކުރުމަށް ކޮންމެ އަހަރަކުވެސް މެއި މަހުގެ 12 ވަނަ ދުވަސް "މަންމައިންގެ ދުވަހުގެ" ގޮތުގައި ފާހަގަކުރެއެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަންމައިންގެ ދުވަސް ފާހަގަކުރަމުންދާއިރު، މައިންގެ ފަރާތުން ދަރިންނަށް ލިބޭ ލޯބި މިއަދު ހާމަވެގެންދެއެވެ. ދަރިންނަށް ދެވޭ ތަރުބިއްޔަތާއި، މަންމަގެ ފަރާތުން ދަރިފުޅަށް ކުރާ ރަނގަޅު އަސަރު މިއަދު އެނގިގެންދެއެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ވެސް އެކި ކަހަލަ މަންމައިން ހަރަކާތްތެރިވަމުންދެއެވެ. އޭގެތެރޭގައި ދަރިން ބަލަން ގޭގައި ތިބޭ މައިންނާއި ވަޒީފާ އަދާ ކުރާ މައިންނާއި ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މައިން ވެސް ހިމެނެއެވެ. މި ދުވަސް ޚާއްސަ މިކޮށްލަނީ މިފަދަ ތިން މަޔެއްގެ ތަފާތު ވާހަކަތަކަށެވެ. މި…