ސިނާއީ މަސައްކަތްތައް ކުރާ، އަދި ކުނި ނައްތާލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ތިލަފުށި ފަޅުތެރޭ އޮތް ލޯންޗެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ތިލަފުށީ އަލަށް ހިއްކި ސަރަހައްދުގެ މޫދުގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން ތިލަފުށީ ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 11:47 ހާއިރު ކަމަށާއި މި ހާދިސާގައި ލޯންޗްގެ ގެގަނޑު އެއްކޮށް އަނދާފައި ވާއިރު ކައިރީގައި އޮތް ދޯންޏަކަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ ތިލަފުށި ފަޔާ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން މިއަދު މިއަދު 12:15 ހާއިރުއެވެ.