ހދ. ހަނިމާދޫއާ 2،250 ކިލޯމީޓަރު ދުރުން ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ އަންޑަމަންސް އައިލެންޑްސް އިންޑިއާ ރީޖަންއަށް ބިންހެލުން އައިސްފައިވަނީ ރޭ ދަންވަރު 4:01 ގައި ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 5.1 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ބިންހެލުން އައި ސަރައްހަދަކީ ހަނިމާދޫއާ 2250 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ. މި ބިންހެލުމުގެ ސަބަބުން ރާއްޖެ އަށް އަސަރެއް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެއްޔާ

    ހަނިމާދޫއަށްވުރެ މާރަނގަޅުވީސް މާފަރު ޕޮއިންޓެއްގެގޮތުގައިބަލާފާ މިންއެޅިނަމަ. އޭރުން މާކައިރިކަމަށް ދެއްކީސް.

    4
    2
  2. ޢަޅާލަ

    މިއުޅެނީ ކައިރި ނުވެގެންބާ ޥީހާވެސް ދުރުވިވަރެއް ނޫންތަ ރަގަޅުވާނީ