ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިިއުނާފީ މައްސަލައިގެ ހުކުމް މާދަމާ އިއްވާ ގޮތަށް ހައިކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގައެވެ. އެ ހުކުމް މިދިޔަ އަހަރުގެ ކުރީކޮޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް އައިއިރު، ހުކުމް އިއްވާފައެއް ނުވެއެވެ. އެކަމަކު، މި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލައި އެ މައްސަލަ އޮތީ ހުކުމަކާ ހިސާބުގައެވެ.

އެމަނިކުފާނުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ވ. އާރަށު މައްސަލައިގެ އަޑުއެހުމެއް މާދަމާ 13:00 އަށް ތާވަލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައި ކޯޓުގައި އެންމެ ފަހުން އަޑު އެހުމެއް ބޭއްވީ މިދިޔަ ނޮވެމްބަރު 21 ގައެވެ.

ޔާމީންގެ އިސްތިއުނާފީ މައްސަލަ ތާވަލްނުކޮށް ލަސްވަމުންދާތީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    އެމްޑީޕީގެ ރޭވުން އޮތްގޮތް ރާއްޖޭގެ ހަމަޖެހިލުން ނަގާލުން

    22
    1
  2. ޒާހިރު

    މިހާރު މިވާގޮތް ދެން ވަރަށް ސާފު

    15
  3. ޖަމީލު

    ވައްކަން ކޮށްފަ އޮތީޔާ އެކަން ސާބިތުވިއްޔާ 11 އަހަރު ޖަލު ހުކުމް ތަންފީޒު ކުރޭ ..... ރައީސްކަން ކޮށްފަ އޮތަސް ގާނޫނު ހިގާނެ

    16
    1
  4. ައަހްމަދު

    ﷲގެ ހެޔޮރަހްމަތާއެކު މާދަމާރައީސް ޔާމީން ސަލާމަތްވާނެ އިންޝާﷲ

    21
    4
  5. Anonymous

    މިހާރުތިޔަރާވަނީ އެމަނިކުފާނައްތާއީދުކުރާމީހުން މާޔޫސްކޮއްލަން(

    10
    2
  6. ވަރައް ވާހަކަ

    އެމްޑީޕީގެ ގުއިރޯނރއްގަ ޕީއެންއެފް ޖެއްސީ

    14
    5
  7. ހުސްބަސްތީ

    އަތްބާނާ ހާވާނިމުނީ، މިނިވަން ނުވާނެކަމަށް ނިންމާފައި، ހުކުމް ކުރަނީ

    12
    4
  8. Anonymous

    ދޮގުހެކި ހުށަހެލިޔަސް ނެތްތް ވަގުންނަކަށް ސަލާމަތްވެވޭކަށް.!

    11
    2
  9. ޥާލުސޮރު

    ޔާމީން މައްސަލައަށްވުރެ ކުރިން އަޑުއެހުން ނިމި ހުކުމާ ހަމައިގާ ވާ މައްސަލަ އެބަހުރި ހަމަ އެ ޝެކްޝަންގަ ކޮންފަދަ ބޭ އިންސާފެއްތޯ ސިޔާސީ ނުވާތީ ދޮއްތޯ

    9
    1
  10. Anonymous

    ސާބަހޭ ކައްޒާބު. ވޯޓަށް އެއް ދުވަހަށް ވީމަ ދޫކޮށްލާ. ދެންވެސް މާ ހެޔޮ މީހަކަށް ހެދިގެން އުޅޭތިި.

    7
    25
    • ޖުއްލާބު

      ހަމަ ތިހެން ތާކުން ތާކު ނުޖެހޭ ކ9މެންޓު ކޮއްލަ ކޮއްލާ ތިބެދާނެ ދޯ.. ކުރިންވެސް ރައީސް ބުނަމުން އައީ އެކަން ކުރަން އޮންނަ މަގުން ރައީސް ޔާމީން މިނިވަން ކުރަނެކަމަށް . ކޯޓުގަ މައްސަލަ ތާވަލް ކުރަނި ރައީސް އެއް ނޫން.. އަދި ތިބީވެސް އެމްޑޕީ ފަނޑިޔާރުން މުޅިންވެސް..

      1
      1
  11. ވަގުންގެ ރާއްޖެ

    ސާބިތެއް ނުވާނެ
    ލިބޭމުސާރަ އާއި ނުބައްދަލު މިއްސަދި ކަމެއް ލިބޭނީ ވައްކަން ކޮއްލައިގެން
    އާންމު ކޮށް ވައްކަން ކޮއްގެން ލިބެފައި ވާނީ ޕުރަމޯސަން
    މިއީ މިގައުމުގައި ކަންހިގާ މަގު
    ކޮބާ އަދީބު
    ފައިސާ ލިބުނު މީހުންގެ ލިސްޓެއް ވެސް ގެންގުޅޭ ވީކަމެއް ނެތް

  12. ވަގުންގެ ރާއްޖެ

    އެންޓިކެންޕޭން ކޮއްފާނެތީ ބާއްވާފައި ތިޔަހުރީ
    ބާބޮޑު ކެންޕޭނެއް ނުވާވަރު ބަލާފަ ސާބިތު ނުވެ ދޫކޮށް ލަނީ

  13. އިސްޢާފް ސަލީމް

    ޝަރީޢަތުގެ މަޖުލިސްތަކުގެ ފަތްފުށްތަކަށް ބަލާއިރު ހައިކޯޓުގެ ޙުކުމުން ރައީސް ޔާމީން މިނިވަންވާނެ! ޙުކުމްކުރުން ލަސްވުމަކީ ރާއްޖޭގެ ޖުޑިސެރީގެހުރި އުނިކަމެއް! މއީ މުޢިއްޒުގެ ކަމެއްނޫންކަން ޗެނަލް 13 އަށް އެގެންވީ! ކުރީފަހަރު ސްޕްރީމްކޯޓުގެ ޙުކުމް އައުން 10 މަހަށް ދެމިގެންދިޔައިރު އޭރުގެ ވެރިޔަކީ މުޢިއްޒު ނޫންކަންވެސް އެގެންވާނެ!

    2
    2
  14. Anonymous

    މަހާ ޗޯރު ޖަލަށް އަލަުން ފޮނުވާ.! ވައްކަން ކޮއްފަހުރީ އަންދާޒާކުރެވޭ ވަރަކަށް ނުން. ރާއްޖޭގެ ހަލާކު.

    2
    2