ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި 4 އަހަރުގެ ޖަލު ހުކުމްބާތިލުކޮށް، އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން މިއަދު ހައި ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމާއި ރިޝްވަތި ހިފުމުގެ ކުށުގެ ދައުވާއަށް ކުރި ހުކުމުން އެމަނިކުފާނު ވަނީ މިނިވަން ވެފައެވެ. މިމައްސަލައިގެ ހުކުމް އިއްވުން މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، 18:45 ގައި މަނީލޯންޑްރިންގެ ކުށުގެ ދައުވާގައި އިއްވާފައިވާ ހުކުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވަން ވަނީ ތާވަލު ކޮށްފައެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022ގަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރުމުގައި ހަދާފައި ހުރި ގޯސްތައް ފާހަގަކޮށްފައެވެ. އެގޮތުން އެމަނިކުފާނަށް ޝަރީއަތް ކުރުމުގައި ލިބެންޖެހޭ ގިނަ ހައްގުތަކެއް ގެއްލޭ ގޮތަށް ޝަރީއަތް ހިންގާފައިވާކަން ހުކުމުން ވަނީ ހާމަވެފައެވެ.

ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އިސްތިއުނާފުގެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފާހަގަކޮށްފައިވަނީ ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ރައީސް ޔާމީނަށް އެތައް ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ފަރާތުން ދިފާއީ ހެކިތައް ނަފީކުރުމަށް ހުށަހަޅާފައިވާ އާ ހެކިތައް ދަށު ކޯޓުން ބަލައިގަތީ ގޯސްކޮށް ކަމަށް ވެސް މިއަދުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން އިސްތިސްނާ ހާލަތެއްގައި ބަލައިގަންނަ ހެކިތައް ދަށުކޯޓުން ބަލައިގަނެފައިވަނީ އެކަށީގެންވާ ސަބަބެއް ބަޔާން ކުރުމެއްނެތި ކަމަށާއި މި މައްސަލަައިގައި ރައީސް ޔާމީނާއި ވަކީލުންނާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ދީފައިނުވާ ކަމަށް ވެސް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.

ތިން ފަނޑިޔތާރުންގެ އިއްތިފާގުވީ މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށެވެ.

އޭގެ އިތުރުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދެވެން ނެތްކަން ނިންމި ނިންމުމަކީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 މާއްދާ ތަސައްވަރުކުރާ ގޮތަށް ފަނޑިޔާރަކު ގޮތެއް ނިންމައި ހަސްމުންނަށް ފޯރުކޮށްދެވިފައިވާ ނިންމުމެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މި އިޖުރާއަތާ އެއްގޮތަށް މައްސަލަ ބެއްލެވި ފަނޑިޔާރު އަމަލު ކޮށްފައިވަނީ ސަބަބުވެރި ގޮތެއްގައި ބެލެވޭނެ ހަމައެއް ނެތް ކަމަށް ވެސް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެ މައްސަލާގައި ދަށު ކޯޓުން ހެކިތައް ވަޒަންކުރީ ހުރިހާ ހެކިތައް އެއްކޮށް ކަމަށް ހުކުމުގައިވެ އެވެ. އަދި ޔާމީންގެ މާލީ ބަޔާނުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ބެލީ ގާނޫނާ ހިލާފަށް ކަމަށެވެ. އެކަމަކު އެމަނިކުފާނު ތަހުގީގު މަރުހަލާގައި ހަނު ހުރެފައިވާތީ އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްގެ ގޮތުގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުނުގައި ގާނޫނީ ގޯހެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހައިކޯޓުން ފާހަގަކޮށްފައިވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާއި ލިޔުމުން އޮތް ހުކުމާއި ތަފާތުވުމުން، ޖިނާއީ އިޖުރާއަތުގެ 156 ވަނަ މާއްދާ އާއި 157 ވަނަ މާއްދާ އާއި ހިލާފުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިސްތިއުނާފީ ހައްގަށް ހުރަސް އެޅިފައިވާ ކަމަށް ރައީސް ޔާމީނުގެ ފަރާތުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލައާ ގުޅިގެން ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކޮށް، އެ މައްސަލައިގެ ހެކިތަކަށް ބަދަލު އައުން އެކަށީގެންވާތީ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ދަށު ކޯޓަށް މި މައްސަލަ އަލުން ބަލަން ހުކުމް ކޮށްފައިވާއިރު، ރައީސް ޔާމީނާ ގުޅޭ އިތުރު މައްސަލަތަކެއްގެ ޝަރީއަތްތަށް މިހާރުވެސް ދަނީ ހިނގަމުންނެވެ. މީގެ ކުރިން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވި ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތްތަކާއި ގުޅޭ މައްސަލައިންވެސް އެމަނިކުފާނު ވަނީ ސަލާމަތްވެ ވަޑައިގެންފައެވެ. އެ މައްސަލައިގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީކޮށް އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ސްޕްރީމް ކޯތުގައި އިސްތިއުނާފު ކުރުމުން އެ ކޯތުން ވަނީ އެ މަނިކުފާނުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޔ

    ޢަލްހަމްދުލިﷲ .މުއިއްޒުގެ ކެތްތެރިކަން.

    78
    12
    • ޙައްގުބަސް

      އިބޫ ސަރުކާރުން ބުނިގޮތަށް ޔާމީންގެ މައްސަލާގައި ބޮޑެތި ގޯސްތައް ހަދާ ގަސްތުގައި ނުބައި ޙުކުމެއްކުރި ފަނޑިޔާރު ޝަކީލް ހޯދަން ޖެހުނީ ނޫންތޯ މިކަން ބަލަން!! އޭނަ ވަނީ ހުރިހާ ގޯހެއް ހަދާފަ އެންމެ ފަހު ވަހުތު ރިޓަޔާ ކޮށްފަ މުޅި އުމުރަށް މަންފާ ލިބޭގޮތަށް މެލޭޝިޔާއަށް ދިރި އުޅުން ބަދަލުކޮށްފަ!! އަދި އެވެސް އަޑުއިވޭ ގޮތުގަ ބުނިގޮތަށް ޙުކުން ކުރީމާ ލިބުނު މާލީ ކަޅު ޕެކޭޖާއެކު ކަމަށް ގިނަބަޔަކު އެބަބުނޭ! މީހުންނަށް ގަސްތުގައި އަނިޔާދީފަ ފިލައިގެން ނުތިބެވޭނެ!! މިކަން ބަލަން ޖެހޭ!!

  2. ޑުރައިވަރު

    މުއިއްޒު ޒިންދާބާދު

    74
    12
  3. އަމާޒު

    ތާހިރުވެއްޖެ ނުން އަނނިބެ އާ ސާލިހުބެއައް ވ ސަލާމް

    68
    4
  4. ބުރިބެ

    ސީދާ މުއިޒު ބޭނުންވާގޮތަށް. މިނިވަން ކޮއްފިޔާ ޒަމާންދާނެކަން އެނގޭ

    24
    37
    • ޢަޒްރާ

      ރައީސުލް ޖުމްހޫރިއްޔާ ދެއްވާ މަޢާފަކާއި ޝަރުޢި ކޯޓަކުން މިނިވަން ކުރާ ކުރުމަކީ ވ ތަފާތު ދެކަމެއް ކޯޓުން ދޫކޮއްލުމުން އެނގގެް ދިޔައީ ޝަރުޢީ ކޯޓަކުން ޙަރާމް ޙުކުމެއް ކުރިކަން

      2
      1
  5. ސުދާ

    ވަރައްތާހިރެއްނު . ހަމަ ސަދޫމް މީ

    36
    12
    • ކަކާ

      ޖޭއެސްސީ އަދިވެސް އޮތީ އެމްޑީޕީ އަތްދަށުގަ. ކޯޓުތަށް ބޭނުންކޮށް ޔާމީނު މިނިވަންކޮށް އިބޫ އާއި ޔާމީނު އެކުގަ، ވެރިކަމުގެ ދަހިވެތިކަމުގަ ނިކުތުން ދުރެއް ނޫން. މަތީ އާއިލާގެ ބޭފުޅުންގެ ބަދަލުގައި އާންމު ދިވެއްސެއް ވެރިކަން ކުރުމަކީ އެމީހުނަށް ކެއްކުރަން ދަތިވާނެ ކަމެއް

      1
      2
    • ނުބައި

      ނުބައިކޮށް އެއްވެސް ފަރާތެއްގެ ޙައްގެއް ގެއްލޭގޮތަށް ޝަރުއީ މަރުޙަލާތަކާއި ޙުކުމްތައްކުރުމަކީ ނުބައެއް. އެއީ ސަދޫމް. މިގޮތަށް ޙައްގު ގެއްލޭގޮތަށް ޙުކުމްކުރި ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ގޮވާލަން

  6. އަބުދުﷲ ހަސަން

    ސަދޫމުހަމަ ލަދެއްވެސް ގަންނަނަމަހަރާމް!!!!!

  7. އަބުދުﷲ ހަސަން

    މަރްޚަބާ މުބާރަކް ރ ޔާމީނު

    3
    1
  8. ހަޖަމް

    މަމީ މުއިއްޒުނަމަ ޔާމީންއަށް ދައުވަތުދޭނަން ރައީސްއޮފީހަށް އައުމަށް. ފުރިހަމަ އޮނާރ އާއެކީ.....

  9. ސަންފަ

    ކޮބާ ހައިކޯޓުން ކޯޓްތަކުގެ ހުރުމަތް ކަނޑައިގެން ބަޔާނެއް ނުނެރޭނެބާ. ގޮތެއް ނެތް ބައެއް ހައިކޯޓުން އެބުނަނީ ޔާމީނު ޝަރީއަތުގައިވެސް ގިނަ ގޯސްތަކެއްހަދާފައިވާ ކަމަށް. މިހާރު ކީކޭެ ކިޔާފަ ކޮންތާކު ބައްދަލުވުން ބާއްވާފަބާ ބަޔާން ތައް ނެރޭނީ. މިހާރު ތިތިބީ ހަމަ ބިމަށް ތިރިވެފަ.

  10. ޢަޒްރާ

    ރައީސުލް ޖުމްހޫރިއްޔާ ދެއްވާ މަޢާފަކާއި ޝަރުޢި ކޯޓަކުން މިނިވަން ކުރާ ކުރުމަކީ ވ ތަފާތު ދެކަމެއް ކޯޓުން ދޫކޮއްލުމުން އެނގގެް ދިޔައީ ޝަރުޢީ ކޯޓަކުން ޙަރާމް ޙުކުމެއް ކުރިކަން

    1
    1
  11. މއކ

    ބާތިލް ކުރީ 4 އަހަރު. ދެންއޮތް 7 އަހަރަށް ގޮތެއް ނުނިންމަނު. އެހެންވީމަ ޔާމިން މިނިވަންވެއްޖޭ ކިޔާ ފަލަ ސުރުހީ ކީއްކުރާކަށް ލިޔާކަށް

  12. ކޮމެންޓްކުރާމީހާ

    ތިކަމުން ވިސްނާ ފިކުރުކުރާ ބަޔަކަށް އެނގިގެން ދިޔައީ ޖުޑީޝަރީއަށް އެމްޑީޕީ އާއި އަސްލަމްމެންގެ ނުފޫޒުއޮތްވަރު.. ޔާމީން ގެ ޝަރީޢަތް ލަސްވާނީ ކީއްވެގެންތޯ ބަލަން ޖުޑީޝަރީއަށް ހުށައަޅާނެކަމަށްބުނެ ދެތިން ދުވަސްތެރޭ އެ މިނިވަންވީ..

    2
    2
  13. ވަގުންގެ ރާއްޖެ

    ބަސްނާ ހާ އުލޭކަމަށް ވީޔާ މައްސަލަ ބަލަން ފަށާނެ...
    ޔާމީނަށް ބިރު ދައްކަން ކޮށްފައިވާ ހުކުމެއް
    މާގިނަ ވާހަކަ ދައްކާފާނެތީ
    މުއިޒް ހުވާކުރިއިރު ވެސް މީހުން ކިޔާ ޔާމީނު ދޫކުރާނީ މަޖިލިސް އިންތިހާބަށް ޔާމީނަށް ނުފޫޒު ނުފޯރުވޭހާ ކުޑަތަން ކޮއްފަޔޯ..

  14. ޑުރައިވަރު

    އަސްލުވެސް މުއިއްޒު ވ ކެއްތެރި. ޔާމިންއަށްވީގޮތަކީ އެމޯޝަނަލްވި ވަގުތުގެ ބޭނުން ޖަމީލުމެން ހިފައި އަދި އިދިކޮޅުން ފިތުނައިގެ ދަރުއަޅާ ރޯކޮއްލީ... ޔާމިންއަށް ހެޔޮވިސްނުންދެއްވާ މުއިއްޒުއާއި އެކުކުރިޔަށް ދިއުމުގެ ހިތްވަރު ދެއްވާށި ... އާމީން

    7
    4
  15. އައްޑޫ

    ކޮބާ މިނިވަންވުމުން އުފަލުގައި ބުރެއް އަޅާލަންވާނެ

    1
    1
  16. Anonymous

    ހޯ ހޯ އަދި ތިކަން ނުނިމޭ 7 އަހަރުގެ ހުކުމެއް އެބައޮތް

    5
    2
  17. ޑައެލޯގް

    މިއިން އިގުނު އެއްޗަކީ އިބޫ ޔާމީނު ޖަލަށްލާފައިވަނީ ހުހައްގުންކަމެވެ.

    7
    1
  18. ޢެބޭ

    ސަރީއަތަކީ ހިލާފުއްގަޑެއް

  19. ދަތްނެތްކުއްޖާ

    ދޮގު ވެރިން ބަލި ކުރުމަށްޓަކައި ބާރަށް ކެމްޕޭނު ޖައްސަންފެނޭ!

    2
    1