ނިރުބަވެރި އިސްރާއީލު ސިފައިންގެ ޓޭންކަރުތައް ފަލަސްތީނުގެ ޣައްޒާގެ ރަފަހްއަށް ވަދެއްޖެއެވެ.

މި ތަނަކީ ޣައްޒާގެ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ތަނެކެވެ. އެތަނުން މީހުން ބޭރު ކުރުމުގެ މަސައްކަތް އިއްޔެ ފެށިއެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން އިއްޔެ ރަފާހަށް އެރުމަށް ތައްޔާރުވާން ފެށިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުގެ ޓޭންކަރުތައް މިހާރު ވަނީ ރަފަހްއަށް ވަދެފައެވެ. އޭގެ ތެރެއިން ބައެއް ޓޭންކަރުތައް މިހާރު ޣައްޒާގެ މައި އެހީގެ ލައިފްލައިންތައް ކައިރީގައެވެ.

"401 ވަނަ ޑިވިޝަނަލް ކޮމްބެޓް ޓީމާއި ގިވަތީ ބްރިގޭޑްގެ ޑިވިޝަނަލް ކޮމްބެޓް ޓީމްގެ ސިފައިން ހަމާސް އާއި ހަމާސްގެ އިންފްރާސްޓްރަކްޗާތަކާ ދެކޮޅަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ،" އިސްރާއީލުގެ އަސްކަރިއްޔާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވާގޮތުގައި 20 ހަނގުރާމަވެރިން ޝަހީދުކޮށްލުމާއި އެ ސަރަހައްދުގައި ހަމާސްގެ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލުމުގެ އިތުރުން އެ ގައުމުގެ ސިފައިންނަށް "އޮޕަރޭޝަނަލް ތިން ތަނެއް" ވެސް ވަނީ ފެނިފައެވެ.

ރަފަހްއަކީ 1.5 މިލިއަން މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ތަނެކެވެ. އެތަނަށް ނޭރުމަށް ބައިނަލްއަގުވާމީ ކޮމިއުނިޓީތަކުން ވަނީ އިސްރާއީލަށް އަންގާފައެވެ. އެފަރާތްތަކުން ބުނެފައިވަނީ އެއީ ހިތާމަވެރި ކަމެއް ކަމަށެވެ.